Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓަރމް އިންތިޚާބު

ކޮންގްރެސްގެ ތަހުގީގުތަކަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ސަރުކާރުން ޑިމޮކްރެޓުންނަށް އިންޒާރު ދީފި

12 ނޮވެމްބަރު 2026 | ބުރާސްފަތި 05:29

ކޮންގްރެސްގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ވައިޓް ހައުސްއިން ޑިމޮކްރެޓުންނަށް އިންޒާރު ދިން ނަމަވެސް، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ތަހުގީގުތައް ކުރިއަށް ގެންދާނެ ކަމަށް ރޮބަރޓް ގާސިއާ ވިދާޅުވެއްޖެ. މި ގޮތުން ދިފާޢީ ވަޒީރާއި އެޕްސްޓީންގެ މައްސަލަތައް ބެލުމަށް ޑިމޮކްރެޓުން ރާވަމުންދާއިރު، މިއީ ސިޔާސީ ބިރުދެއްކުން ކަމަށް ރައީސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައި.

ނިއުސް ޓީމް
ނިއުސް ޓީމް | 12 ނޮވެމްބަރު 2026 | ބުރާސްފަތި 05:29
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ ކެލިފޯނިއާގެ މެންބަރު، ރޮބަރޓް ގާސިއާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ ކެލިފޯނިއާގެ މެންބަރު، ރޮބަރޓް ގާސިއާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އޭޕީ

އެމެރިކާގެ ސަރުކާރުގެ އިސްވެރިންނާ ގުޅޭ ތަހުގީގުތައް ހިންގުމަށް ޑިމޮކްރެޓިކް ޕާޓީން ކުރާ މަސައްކަތަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ތުހުމަތުކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ޕާޓީގެ އިސް މެންބަރަކަށް ރަސްމީ ސިޓީއެއް ފޮނުވައިފި އެވެ. ހޯމަ ދުވަހު ފޮނުވައި ބުދަ ދުވަހު އާންމުކުރެއްވި މި ސިޓީ އަމާޒުކޮށްފައި ވަނީ ކެލިފޯނިއާ ތަމްސީލުކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ރޮބަޓް ގާސިއާއަށެވެ. ޖަނަވަރީ 3 ވަނަ ދުވަހު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އައު ޑިމޮކްރެޓިކް އަޣުލަބިއްޔަތު ހުވާކުރުމާއެކު، އެ މަޖިލީހުގެ އޯވަސައިޓް ކޮމިޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ގާސިއާ އެވެ.

"ޑޮނަލްޑް ޓްރަމްޕް ފޮރުވަން އުޅުއްވާ ކަމެއް އޮތް ކަމަށް ބެލެވޭ،" ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ގާސިއާ ވިދާޅުވި އެވެ. "ތަހުގީގުތައް ހިންގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ އިޚުތިޔާރު ކޮންގްރެސްއަށް ލިބިގެންވޭ. އެއީ، ޤާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ޠަބީޢީ ގޮތުން ހިމެނޭ ބާރެއް،" ގާސިއާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ގާސިއާއާއި އެހެން ޑިމޮކްރެޓުން ދާދި ފަހުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، އެ ބޭފުޅުން ކުރިއަށް ގެންދަވަން ރާއްވަވާ ކޮންގްރެސްގެ ތަހުގީގުތަކަކީ ޤާނޫނުއަސާސީން ކޮންގްރެސްއަށް ލިބިދީފައިވާ ބާރުގެ އިމުން ބޭރުވާ ކަންތައްތަކެއް ކަމަށް ވައިޓް ހައުސްގެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ. "ކޮންގްރެސްގެ ތަހުގީގުތަކަށާއި ހާޒިރުވުމުގެ އަމުރުތަކަށް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ އަސާސީ ހުދޫދުތައް ހަނދުމަކޮށްދިނުމަށް މި ސިޓީ ލިޔަން. ތިޔަ ބޭފުޅާއާއި އައު ކޮންގްރެސްގެ މެންބަރުންގެ ކިބައިން ފެންނަނީ އެ ހުދޫދުތައް ފަހަނައަޅައި ދިއުމުގެ ސާފު ނިޔަތެއް،" ވައިޓް ހައުސްގެ ޤާނޫނީ ވަކީލު ވިލިއަމް ޝާފްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ކޮންގްރެސްގެ ޑިމޮކްރެޓުން މަސައްކަތް ކުރައްވަނީ ޖިނާއީ ދަޢުވާ ކުރުމުގެ ބާރުތައް ބޭނުންކުރެއްވުމަށް ކަމަށާއި، އެއީ ސަރުކާރު ހިންގާ ބާރަށާއި ޝަރުޢީ ދާއިރާއަށް ޚާއްސަވެފައިވާ ބާރުތަކެއް ކަމަށް ޝާފް ވަކާލާތު ކުރެއްވި އެވެ. މީގެ އިތުރުން، ގާސިއާ ފަދަ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ޤާނޫނީ މަސައްކަތްތަކަށް ހުރަސްއަޅައި ބިރުދެއްކުމަށް ކަމަށްވެސް ޝާފް ތުހުމަތުކުރެއްވި އެވެ. "އާންމު ޚިދުމަތުން ދުރުހެލިކުރުވުމުގެ މަގުސަދުގައި ސަރުކާރުގެ އިސްވެރިންނަށް ދޭ އިންޒާރުތަކާއި، ހަމައެކަނި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ނުވަތަ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އިޖުރާތުތަކަކީ ފާޅުކަން ބޮޑު ޖިނާޢީ ކުށެއްގެ ދަރަޖައަށް ދާނެ ކަންކަން،" ޝާފް ލިޔުއްވި އެވެ.

ވައިޓް ހައުސްއާއި ޑިމޮކްރެޓުންގެ ބަހުގެ ހަމަލާތައް

ޑިމޮކްރެޓުން ވަޢުދުވެވަޑައިގަންނަވާފައިވާ ތަހުގީގުތައް ކުރިއަށް ގެންދަވައިފިނަމަ ވައިޓް ހައުސްއިން އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް އެ ސިޓީގައި ތަފްސީލުކޮށްދީފައެއް ނުވެ އެވެ. މި ސިޓީ ފޮނުވާފައި މި ވަނީ ރައީސް ޓްރަމްޕް ވެސް މި ފަދަ އިންޒާރުތަކެއް ދެއްވާފައި ވަނިކޮށެވެ. "ޑިމޮކްރެޓުން ދަނީ ވަރަށް ގިނަ ބަޔަކަށް އިންޒާރު ދެމުން،" ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ. "މިއީ އެންމެ މަތީ ދަރަޖައިގެ ބިރުދައްކައިގެން ފައިދާ ހޯދަން އުޅުމުގެ އަމަލެއް. މި ކަމަށް އެ މީހުން ޖަވާބުދާރީ ކުރުވަން ޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ކަން މިހެން އޮތް ނަމަވެސް، އެ ބޭފުޅުންގެ މަގުސަދަކީ ޤާނޫނުހަދާ މަޖިލީހުގެ ޒިންމާގެ ދަށުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރެއްވުން ކަމަށް ގާސިއާއާއި އެހެން ޑިމޮކްރެޓުން ވަނީ ވިދާޅުވެފަ އެވެ. ޤާނޫނުއަސާސީގެ އިމުން ބޭރުވެވަޑައިގަންނަވަނީ އައު ކޮންގްރެސް ނޫން ކަމަށާއި އެއީ ޓްރަމްޕްގެ ސަރުކާރު ކަމަށް ބުދަ ދުވަހު ނެރުއްވި ބަޔާނުގައި ގާސިއާ ވިދާޅުވި އެވެ. "ކޮންގްރެސްއަށް ޤާނޫނުއަސާސީއާ ޚިލާފު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީގެން، ޓްރަމްޕްގެ ސަރުކާރުން ދަނީ ދައުލަތުގެ މުއައްސަސާތައް ސިޔާސީ ހަތިޔާރަކަށް ހަދަމުން،" ބުދަ ދުވަހުގެ ބަޔާނުގައި ގާސިއާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ދައުލަތުގެ ހަމަހަމަ އެއް ބާރު. ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ނުވަތަ ރައީސްގެ ޤާނޫނީ ވަކީލުންގެ ފަރާތުން އަންނަ އަސާސެއް ނެތް އިންޒާރުތަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ގާސިއާ ވިދާޅުވި އެވެ.

އައު ކޮންގްރެސްގެ ބާރުތަކާއި ކުރިމަތިވެދާނެ ހާޒިރުކުރުންތައް

ނޮވެންބަރު 3 ވަނަ ދުވަހު ބޭއްވި މިޑްޓަރމް އިންތިޚާބުގައި، ޑިމޮކްރެޓުން ވަނީ ރިޕަބްލިކަނުންގެ އަތުން ކޮންގްރެސްގެ ދެ ގޭގެ ކޮންޓުރޯލު އަތުލައި، ބޮޑު އަޣުލަބިއްޔަތެއް ހޯދާފަ އެވެ. އައު ކޮންގްރެސް ހުވާކުރުމާއެކު، ސުވާލުތަކަށް ޖަވާބުދާރީވުމަށް ސަރުކާރުގެ އިސްވެރިން ހާޒިރުކުރުމުގެ އަމުރު ނެރުމާއި އަޑުއެހުންތައް ބޭއްވުމުގެ ޒިންމާ އުފުލާ ކޮމިޓީތަކުގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިގެންދާނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައް ކުރައްވާނީ ހަމަ އެ ގޮތަށް ކަމަށް ގާސިއާއާއި އެހެން މެންބަރުން ދާދި ފަހުން ވަޢުދުވެވަޑައިގަންނަވާފައިވެ އެވެ. ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިން ޤާނޫނީ ވަކީލުން ހަމަޖައްސަވައި، ކޮމިޓީއަށް ހާޒިރުވުމުގެ އަމުރަށް ތައްޔާރުވެވަޑައިގެންނެވުމަށް މި މަހުގެ ތެރޭގައި ގާސިއާ ތަކުރާރުކޮށް ގޮވާލެއްވި އެވެ.

ގާސިއާގެ އެ ވާހަކަފުޅުގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ އެހެން ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ވެސް ވައިޓް ހައުސްއިން މި ހަފުތާގައި ފޮނުވި ސިޓީގައި ހަވާލާދީފައިވެ އެވެ. މި ގޮތުން، ކޮރަޕްޓް ވެރިންނަށާއި ބިލިއަނަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވައި، އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރު ކޭޓީ ޕަޑީޔާ ސްޓައުޓް ވަނީ ގާސިއާގެ އެ ގޮވާލެއްވުން ސޯޝަލް މީޑިއާގައި ތަކުރާރުކުރައްވާފަ އެވެ. "ޤާނޫނީ ވަކީލުން ހަމަޖައްސަވާ. ތާވަލުތައް ހުސްކުރައްވާ. އަދި، ކެމެރާތަކުގެ ކުރިމައްޗަށް ނުކުންނަވަން މޭކަޕް ކުރައްވާ،" ސޯޝަލް މީޑިއާގައި ޕަޑީޔާ ސްޓައުޓް ލިޔުއްވާފައިވެ އެވެ. ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކޮމިޓީއަށް ހާޒިރުކުރެވޭނެ ކަމަށް އުންމީދުކުރައްވައި، އުތުރު ކެރޮލައިނާއިން އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑިމޮކްރެޓިކް މެންބަރު ރިޗަރޑް އޮހޭޑާ ވެސް ވަނީ މި ފަދަ މެސެޖެއް ޕޯސްޓްކުރައްވާފަ އެވެ. "އަޑުއެހުން ބާއްވާ ކޮޓަރީގައި އޭނާ ހާސްވެގެން ތެޅޭ މަންޒަރު ބަލާލަން ކެތްމަދުވެފައި މި ހުރީ،" އޮހޭޑާ ލިޔުއްވި އެވެ. ސަރުކާރުގެ އިސްވެރިންނަށް ދޭ އަނިޔާވެރި އަދި ހިތުހުރި ގޮތަކަށް ދޭ އިންޒާރުތަކުގެ މިސާލުތަކުގެ ގޮތުގައި، މި ދެ ބޭފުޅުންގެ ވާހަކަތައް ވެސް ޝާފް ގާސިއާއަށް ފޮނުއްވި ސިޓީގައި ހިމަނުއްވާފައިވެ އެވެ.

ދިފާޢީ ވަޒީރާއި އެޕްސްޓީންގެ މައްސަލަތައް ބެލުމުގެ ރޭވުން

ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި ހިންގި އަސްކަރީ ހަރަކާތްތަކެއްގައި ދިފާޢީ ވަޒީރު ހެގްސެތު އަދާކުރެއްވި ދައުރަށް ބަލާއިރު، އައު އަހަރުގެ ތެރޭގައި ކޮމިޓީއަށް ހާޒިރުކުރެވޭ އިސްވެރިންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ހެގްސެތު މަގާމުން އަޒުލުކުރުމަށް ހުށަހެޅި ޤަރާރު އެއްފަރާތް ނުކޮށް ބޭއްވުމަށް ބޭނުންވާ ވަރަށް އަންގާރަ ދުވަހު ހައުސްގެ ޑިމޮކްރެޓުންނަށް ވޯޓު ހަމަކުރެވިފައެއް ނުވެ އެވެ. ނަމަވެސް، ޑިމޮކްރެޓިކް އަޣުލަބިއްޔަތު ހުވާކުރުމަށްފަހު، ހެގްސެތު އަޒުލުކުރުމުގެ މައްސަލަ އަލުން ބެލުމަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އަންގާރަ ދުވަހު ހުށަހެޅި އަޒުލުކުރުމުގެ ޤަރާރަށް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ހަކީމް ޖެފްރީޒް ވަނީ ތާއީދުކުރައްވާފަ އެވެ. ޖަނަވަރީ މަހު ހައުސްގެ ރައީސްކަމުގެ މަގާމަށް ޖެފްރީޒް ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، ޓްރަމްޕާއި ޖިންސީ ކުށްވެރިއެއް ކަމަށްވާ ޖެފްރީ އެޕްސްޓީނާ ދެމެދު އޮތް ކަމަށް ބުނާ ގުޅުންތައް ފަދަ އެހެނިހެން މައްސަލަތައް ބެލުމަށް ވެސް ހައުސް އޯވަސައިޓް ކޮމިޓީގެ ބޭނުން ހިއްޕަވާނެ ކަމަށް ގާސިއާ ވިދާޅުވެފައިވެ އެވެ. އެޕްސްޓީން ހިންގި ކަމަށް ތުހުމަތުކުރެވޭ ޖިންސީ ވިޔަފާރީގެ ނެޓްވަރކާ ޓްރަމްޕާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް، މިހާރު ރިޕަބްލިކަނުންގެ ބާރުގެ ދަށުގައި އޮތް އެ ކޮމިޓީން މި ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. އޭގެ ބަދަލުގައި، ޓްރަމްޕް އެ މައްސަލައާ ގުޅުވުމަށް ޑިމޮކްރެޓުން މާ ބޮޑަށް ދެވިހިފާފައިވާ ކަމަށް ބުނެ އެ  ކަން ކުށްވެރިކޮށް، އެ މަސައްކަތަކީ އެއްވެސް އަސާސެއް ނެތި ބަޔަކު ފަހަތުން އަޅުވާލައިގެން ކުރާ ކަމެއް ކަމަށް އެ ރިޕޯޓުގައި ސިފަކޮށްފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޑިމޮކްރެޓިކް ޕާޓީ - އެމެރިކާވައިޓް ހައުސްޕީޓް ހެގްސެތުޖެފްރީ އެޕްސްޓީން

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމަން އަބޫދާބީގައި ކުރިއަށްދާ މަޝްވަރާތައް: ސުލްހައިގެ އުންމީދާއެކު ވެސް ދެ ޤައުމުގެ ވިސްނުން ތަފާތު

11 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމަން އަބޫދާބީގައި ކުރިއަށްދާ މަޝްވަރާތައް: ސުލްހައިގެ އުންމީދާއެކު ވެސް ދެ ޤައުމުގެ ވިސްނުން ތަފާތު
11 ނޮވެމްބަރު 2026

ހެގްސެތު އަޒުލުކުރުމުގެ މަސައްކަތް ފޭލުކޮށްލައިފި، އީރާން ހަނގުރާމައިގެ ނުރުހުންތަކާއެކު ވެސް ޓްރަމްޕްގެ ސަފުތައް ބަދަހި

11 ނޮވެމްބަރު 2026
ހެގްސެތު އަޒުލުކުރުމުގެ މަސައްކަތް ފޭލުކޮށްލައިފި، އީރާން ހަނގުރާމައިގެ ނުރުހުންތަކާއެކު ވެސް ޓްރަމްޕްގެ ސަފުތައް ބަދަހި
11 ނޮވެމްބަރު 2026

އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި

11 ނޮވެމްބަރު 2026
އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި
10 ނޮވެމްބަރު 2026

"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި

10 ނޮވެމްބަރު 2026
"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި
10 ނޮވެމްބަރު 2026

އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި

10 ނޮވެމްބަރު 2026
އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި
10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް