Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް: ފައްޔާޒް

10 ނޮވެމްބަރު 2026 | އަންގާރަ 07:40

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތަކަކީ ރައީސްގެ ބަހާއި އަމަލު ދިމާނުވާކަން ހާމަވާ ކަމެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ބޮޑު ނުރައްކަލެއް އެބައޮތް ކަމަށް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ. ވަކިން ހާއްސަކޮށް ރިއަލް އެސްޓޭޓް ބިލުގެ ތެރެއިން ބިންތައް ދޫކޮށްލުމާއި އަބުރުގެ ބިލުން ހިޔާލުފާޅުކުރުން ހުއްޓުވަން މަސައްކަތް ކުރާކަމަށް އޭނާ ތުހުމަތު ކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 ނޮވެމްބަރު 2026 | އަންގާރަ 07:40
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް "ބޮޑުބަދަލު" ގަރާރު ހުށަހަޅުއްވަނީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް "ބޮޑުބަދަލު" ގަރާރު ހުށަހަޅުއްވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާކަން ސާފުވާ ކަމަށެވެ. 

Advertisement - newsAdvertisement

ހޯމަ ދުވަހު ސަރުކާރު ފަރާތުން ވަނީ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛު ކުރުމާބެހޭ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްޤުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު އަދި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. 

އެގޮތުން، ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރަށް ދިވެހި ބިން ދޫކޮށްލުމަށް ހީލަތްތެރި މާއްދާތަކެއް ރިއަލް އެސްޓޭޓު ބިލުގައި އެ އޮތީ ހިމަނާފައިވާ ކަމަށެވެ. އަދި ރަސްމާލެއާ ގުޅޭ ރެފަރެންޑަމަކަށް ގޮސްފިނަމަ ބޮޑުތަނުން ބަލިވާނެކަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާ ކަމަށާއި އެފަދަ ވޯޓަކަށް ގޮވާލުމަށް ވެސް ކެރިވަޑައިނުގެންނެވިީ އެހެންވެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

ހަމައެއާއެކު، އަބުރުގެ ބިލަކީ މި ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލައި ސަރުކާރާ ދެކޮޅު އަޑުތައް އެއްކޮށް ކަނޑުވާލުމަށް ހުށަހެޅި ބިލެއް ކަމަށާއި ބުނާ ބަހަކުން، ލިޔާ ލިޔުމަކުން، ކިޔާ ލަވައަކުން، ކުރާ އިޝާރާތަކުން ދިވެހިން ކުށްވެރިއެއް ނުކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން މަރުގެ އަދަބުގެ ވާހަކަ އަލުން އެ ދެއްކެވީ ވެސް ރަސްމާލެއާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް ކަމަށް ވެސް ފައްޔާޒް ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

މީގަ އަޅުގަނޑުމެންނަށް އުފެދޭ ސުވާލަކީ ރަސްމާލެ ކަންތަކުގައި ދީނީ ތޮއިޕެއް އަޅައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު އެ މުޅިން ދީނާއި ހިލާފު ދީން ދެކެ ލޯބި ނުވާކަން ސާފުވަމުން ރައްޔިތުންނަށް ދާ ވަގުތެއްގައި ކުއްލިއަކަށް މަރު، ކުށްވެރިން މަރާނެ ވާހަކަ ދައްކަން މި ޖެހެނީ އަޅުގަނޑުމެންގެ މުޖުތަމައުގައި އެބައޮތް ކޮންމެވެސް ވަރަކަށް މަރުގެ ހުކުމް ތަންފީޒް ކުރުމަށް ތާއީދު ކުރައްވާ ބަޔަކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ބޭނުމަކީ ރަސްމާލޭގައި ގެންދަވާ ލާދީނީ ކަންކަން އޮއްބާލަން ބައެއްގެ އަޑު ކަނޑުވާލުމަށް ކުރާ ކަމެއް
ފައްޔާޒް އިސްމާއީލް

އެހެންކަމުން، ފައްޔާޒް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް ކަމަށެވެ. 

ފައްޔާޒް އިސްމާއީލް20 ވަނަ ރައްޔިތުންގެ މަޖިލީސްގާނޫނު އަސާސީ އަށް ބަދަލު ގެނައުން

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިސަރުކާރުގެ މިހާތަނަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވޭ: މެންބަރު ޣަފޫރު

09 ނޮވެމްބަރު 2026
ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިސަރުކާރުގެ މިހާތަނަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވޭ: މެންބަރު ޣަފޫރު
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
05 ނޮވެމްބަރު 2026

ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި

05 ނޮވެމްބަރު 2026
ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި
05 ނޮވެމްބަރު 2026

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު

05 ނޮވެމްބަރު 2026
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު
04 ނޮވެމްބަރު 2026

މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު

04 ނޮވެމްބަރު 2026
މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު
04 ނޮވެމްބަރު 2026

ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!

04 ނޮވެމްބަރު 2026
ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!
04 ނޮވެމްބަރު 2026

ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!

04 ނޮވެމްބަރު 2026
ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!
03 ނޮވެމްބަރު 2026

މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް

03 ނޮވެމްބަރު 2026
މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް
02 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް