Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ

އެމްއޭސީއެލްގެ ދަރަނި 16.6 ބިލިއަން ރުފިޔާއަށް: ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތަކާއެކު ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމަށް ނޭދެވޭ އަސަރުތަކެއް!

7 ނޮވެމްބަރު 2026 | ހޮނިހިރު 13:12

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކާއެކު އެމްއޭސީއެލްގެ މިލްކިއްޔާތުގެ އަގު 23.6 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައި. ނަމަވެސް އެއާޕޯޓުގެ މައިގަނޑު މަސައްކަތުން ބޭރުން، ސަރުކާރުގެ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މާލީ ބުރަ އުފުލަން ޖެހުމަކީ ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަން އޮޑިޓް ރިޕޯޓުން ހާމަވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ނޮވެމްބަރު 2026 | ހޮނިހިރު 13:12
ރައީސް މުއިއްޒު ގިރާވަރު ފަޅުގެ މަސައްކަތް ބައްލަވާލަން ކުރި ދަތުރުގެ ތެރެއިން އެމްއޭސީއެލްގެ އެމްޑީ މުހައްމަދު ޝަރީފްއާ އެކު

ރައީސް މުއިއްޒު ގިރާވަރު ފަޅުގެ މަސައްކަތް ބައްލަވާލަން ކުރި ދަތުރުގެ ތެރެއިން އެމްއޭސީއެލްގެ އެމްޑީ މުހައްމަދު ޝަރީފްއާ އެކު | އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު ހުރީ 16.6 ބިލިއަން ރުފިޔާގައި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓުގައި ބުނީ އެމްއޭސީއެލްގެ ދަރަންޏަށް ބަލާއިރު، ބޭންކުތަކާއި ސަރުކާރު މެދުވެރިކޮށް ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު ހުރީ 16.6 ބިލިއަން ރުފިޔާގައި ކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޗައިނާގެ އެގްޒިމް ބޭންކަށެވެ. އެއީ 6.2 ބިލިއަން ރުފިޔާ އެވެ. އަދި ސައުދީ ފަންޑުން ނަގާފައިވާ ލޯނުތަކަށް 1.6 ބިލިއަން ރުފިޔާ ދައްކަން އޮތްއިރު، ކުވައިތު ފަންޑާއި އަބޫދާބީ ފަންޑު ފަދަ އިދާރާތަކަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުރިކަން މާލީ ބަޔާންތަކުން ދައްކަ އެވެ.

Advertisement - newsAdvertisement

މި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، އެ ކުންފުނީގެ މާލީ ހާލަތަށާއި މިލްކިއްޔާތަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މިގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އުމްރާނީ ވަސީލަތްތައް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ދައުލަތުގެ ފެންވަރުގައި ހިންގި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަކީ މި ބަދަލުތައް އައުމުގެ މައިގަނޑު ސަބަބެވެ.

އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލާއި، އައު ރަންވޭގެ އިތުރުން ފިއުލް ފާމް ފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކަށް ދައުލަތުގެ ސޮވަރިން ގެރެންޓީ ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. މީގެއިތުރުން، އެ ލޯނުތަކުގެ މައިގަނޑު ރަހުނެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހުޅުލޭގެ ބިން ކުއްޔަށް ހިފުމުގެ ހައްޤުތަކާއި، އެ ބިމުގައި ހުރި އަދި އަލަށް ބިނާކުރާ އެންމެހައި އިމާރާތްތަކާއި ވަސީލަތްތަކެވެ. ކުންފުނީގެ މާލީ ހިސާބުތަކުގައި ސަރުކާރުގެ ހިލޭ އެހީއެއްގެ ގޮތުގައި ހިމަނާފައިވާ ހުޅުލޭގެ ބިން ބޭނުންކުރުމުގެ ހައްޤުގެ އަގު ހަތް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާއިރު، މިހާރުވެސް އެ ރަށުގެ ބޮޑު ސަރަހައްދެއް ވަނީ ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފަ އެވެ.

މި މާލީ މުއާމަލާތްތަކާ ގުޅިގެން، ކުންފުނީގެ ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އަދި މިހާރު ވެސް މަސައްކަތް ކުރިއަށްދާ ނުނިމިހުރި މަޝްރޫއުތަކުގެ ޖުމްލަ މާލީ އަގު ވަނީ، ކުރިން ހުރި 20.37 ބިލިއަން ރުފިޔާއިން 23.6 ބިލިއަން ރުފިޔާއަށް ބޮޑުތަނުން އުފުލިފަ އެވެ. މިއީ އެމްއޭސީއެލްގެ މުޅި ޖުމްލަ ހަރުމުދަލާއި މިލްކިއްޔާތުގެ ނިސްބަތަށް ބަލާއިރު، 59 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ ބޮޑު ހިއްސާއެއް ކަމަށްވާތީ، މިއީ އެ ކުންފުނީގެ ބެލެންސް ޝީޓުގެ ވަރަށް މުހިންމު އަދި ބޮޑު ބައެއްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމްއޭސީއެލްގެ މާލީ ދެމެހެއްޓެނިވި ކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެ ކުންފުނީގެ މައިގަނޑު މަގުސަދުން ބޭރުން ދައުލަތުގެ ބޮޑެތި ބިންހިއްކުމުގެ މަޝްރޫއުތަކުގެ މާލީ ބުރަ އުފުލަން ޖެހުމެވެ. މިގޮތުން، 18 ސެޕްޓެމްބަރު 2025 ގައި އެމްއޭސީއެލްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި "މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް" (އެމްއައިއައިޑީ) ވެގެން ގޮސްފައިވަނީ އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބޮޑު ލޮޅުމެއް ގެނުވި މައިގަނޑު ސަބަބަށެވެ.

ގިރާވަރުފަޅު ހިއްކުން ފަދަ ސަރުކާރުގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިޔުން ހަވާލުކުރެވުނު އެ ކުންފުނީގެ ބެލެންސް ޝީޓަށް ބަލާއިރު، ނުނިމި ހުރި މަސައްކަތްތަކުގެ އަގު އެކަނިވެސް 1.76 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެއިތުރުން، އުފެދުނުތާ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއްގެ ބޮޑެތި ދަރަނިތަކާއި ކުރު މުއްދަތުގެ މާލީ އިލްތިޒާމްތަކަކާ އެ ކުންފުންޏަށް ކުރިމަތިލާން ޖެހިފައިވާއިރު، އެއާޕޯޓު ތަރައްގީކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން އޮޑިޓުން ވަނީ ހާމަވެފަ އެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މައިގަނޑު ޒިންމާގެ އިތުރުން، ދައުލަތުގެ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މާލީ ބުރަ އެމްއޭސީއެލް އަށް އައުމަކީ، އެ ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އޭގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށާއި މައިގަނޑު އޮޕަރޭޝަންތަކަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީޗައިނާ އެގްޒިމް ބޭންކްމެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގިރާވަރުފަޅު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2026

ބިންހިއްކުމުގެ މަޝްރޫއުތައް ހިންގަން އުފެއްދި ކުންފުނިން 1.05 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް އެއްވެސް އާމްދަނީ އެއް ނުލިބޭ!

07 ނޮވެމްބަރު 2026
ބިންހިއްކުމުގެ މަޝްރޫއުތައް ހިންގަން އުފެއްދި ކުންފުނިން 1.05 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް އެއްވެސް އާމްދަނީ އެއް ނުލިބޭ!
06 ނޮވެމްބަރު 2026

އެމްއޭސީއެލްގެ ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ނިންމައިފި

06 ނޮވެމްބަރު 2026
އެމްއޭސީއެލްގެ ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ނިންމައިފި
30 އޮކްޓޯބަރު 2026

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

30 އޮކްޓޯބަރު 2026
ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!
18 އޮކްޓޯބަރު 2026

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

18 އޮކްޓޯބަރު 2026
ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟
01 އޮކްޓޯބަރު 2026

އެމްއޭސީއެލްގެ ބޯޑުން ކުއްލިގޮތަކަށް ދެ މެންބަރަކު ވަކިކޮށްފި

01 އޮކްޓޯބަރު 2026
އެމްއޭސީއެލްގެ ބޯޑުން ކުއްލިގޮތަކަށް ދެ މެންބަރަކު ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

08 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!
08 ސެޕްޓެމްބަރު 2026

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

08 ސެޕްޓެމްބަރު 2026
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި
26 އޯގަސްޓު 2026

ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި

26 އޯގަސްޓު 2026
ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި
23 ޖޫން 2026

އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި

23 ޖޫން 2026
އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި
26 މެއި 2026

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް