Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި

26 އޯގަސްޓު 2026 | ބުދަ 06:43

އެހެން މީހެއްގެ ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައި. މި މައްސަލައިގައި ހައްޔަރުކުރި ސަންޖީވާ ރެއްޑީ ޔެލްމާ އެ ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް، އޭނާ އެއަރޕޯޓަށް ވަންނަން އުޅުނީ ވޯކް ވިސާ ކެންސަލްކޮށްފައިވާ މީހެއްގެ ފާސް ބޭނުންކޮށްގެންކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޯގަސްޓު 2026 | ބުދަ 06:43
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެތެރޭގައި ޕަސިންޖަރުން މަޑުކޮށްލައިގެން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެތެރޭގައި ޕަސިންޖަރުން މަޑުކޮށްލައިގެން | ރާއްޖެއެމްވީ

ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، ހުއްދަ ނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ 45 އަހަރު ސަންޖީވާ ރެއްޑީ ޔެލްމާ އެވެ. 

Advertisement - newsAdvertisement

25 އޮގަސްޓް 2026 ގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. 

ކޯޓު އަމުރުގައި ބުނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް  އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން، އޭވިއޭޝަން އެންޑް ޕޯޓު ސެކިއުރިޓީ ކޮމާންޑް އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ރިޕޯޓާއި ހާދިސާ ރިޕޯޓާއި މައްސަލައިގައި ހެކިބަސްދޭ އޭވިއޭޝަން ސެކިއުރިޓީ އޮފިސަރު ތަހުގީގަށް ދީފައިވާ ބަޔާންތަކާއި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުން ބޭނުންކުރި ފާސް ކަމަށް ބުނެ އޭވިއޭޝަން އެންޑް ޕޯރޓް ސެކިއުރިޓީ ކޮމާންޑް އިން ހިއްސާކޮށްފައިވާ ފާސްގެ ފޮޓާ އާއި ފާސް ދޫކުރެވިފައިވާ ފަރާތުގެ ޕާސްޕޯޓު ކޮޕީ އަދި ފާސް ދޫކޮށްފައިވާ ފަރާތަކީ ވޯރކް ވިސާ ކެންސަލުކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމާއި ތުހުމަތު ކުރެވޭ ފަރާތުގެ ޕާސްޕޯޓު ކޮޕީ އަދި އެމްޕްލޯއީމަންޓް އެޕްރޫވަލް ލިޔުން ހުށަހަޅާފައިވާ ކަމަށެވެ. 

މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަކަށް ކަމަށް ކަނޑައަޅާފައިވާއިރު، އޭނާ އޭވިއޭޝަނަށް އެންޑް ޕޯރޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އީސްޓަން ފަޅީގެ ގޭޓް ނަންބަރު 51 އިން ހުއްދަ ނެތި އެއަރޕޯޓު ތެރެއަށް ވަންނަން އުޅުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. 

ނަމަވެސް އޭނާ މިކަން ކޯޓުގައި ވަނީ އިންކާރުކޮށްފަ އެވެ. އަދި އެ ފާހަކީ އޭނާގެ ބޮސް ދީފައިވާ ފާހެއް ކަމަށް އޭނާ ބުނެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

ކްރިމިނަލް ކޯޓްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
25 އޯގަސްޓު 2026

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

25 އޯގަސްޓު 2026
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި
24 އޯގަސްޓު 2026

އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

24 އޯގަސްޓު 2026
އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
24 އޯގަސްޓު 2026

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

24 އޯގަސްޓު 2026
މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!
23 އޯގަސްޓު 2026

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

23 އޯގަސްޓު 2026
ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!
23 އޯގަސްޓު 2026

މިއަހަރުގެ ތެރޭގައި 331 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދެނީ

23 އޯގަސްޓު 2026
މިއަހަރުގެ ތެރޭގައި 331 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދެނީ
23 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ

23 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
23 އޯގަސްޓު 2026

ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް

23 އޯގަސްޓު 2026
ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް
22 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި
19 އޯގަސްޓު 2026

މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

19 އޯގަސްޓު 2026
މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް