Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަންގަލީގައި ރޯވުން

ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ

73،000 އޭކަރު ވަނީ އަނދާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 10 އޮކްޓޯބަރު 2017 | އަންގާރަ 10:36
ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމާ އެކު އުތުުރުގެ ސަރަހައްދުތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި

ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމާ އެކު އުތުުރުގެ ސަރަހައްދުތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި

ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގެ ބައެއްގައި ރޯވެ ބާރު މިނުގައި ފެތުރެމުންދާ އަލިފާނުގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.

ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމާ އެކު އުތުުރުގެ ސަރަހައްދުތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

މިހާތަނަށް 1،500 އެއްހާ ގެދޮރު ވަނީ ސުންނާފަތިވެފައެވެ.

ނަޕާ، ސޮނޮމާ އަދި ޔޫބާ ކައުންޓީ ދޫކޮށް 20،000 އެއްހާ މީހުން ނުކުމެފައިވާއިރު ބައެއް ފަރާތްތަކުން ބުނާ ގޮތުން މިއީ އެ ސްޓޭޓްގެ ޖަންގަލިތަކުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

ކެލިފޯނިއާގެ ޖަންގަލިތަކުގައި މިގޮތަށް އަލިފާނުގެ ހާދިސާ ހިނގުމަކީ އާއްމު ކަމަކަށްވާ އިރު މި ފަހަރުގެ ހާދިސާގައި ގެއްލުން ބޮޑުވެގެން ދިޔައީ ހަނަފަސްވުމާ ގަދަ ވައިގެ ސަބަބުންނެވެ.

ކުއްލި ހާލަތު އިއުލާނު ކުރައްވަމުން ގަވަރނަރ ޖެރީ ބްރައުން ވިދާޅުވީ އަލިފާނުގެ ސަބަބުން އެތައް އިމާރާތްތަކެއް ހަލާކުވެފައިވާއިރު އެތައް ހާސް ގެއަކަށް އަލިފާނުގެ ބިރު ބޮޑުވެ އެތައް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ޖެހިފައިވާ ކަމަށެވެ.

ބީބީސީ ވެދަރ އިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި މުސޫން ލަފާކުރާ ގޮތަށް ބަލާއިރު އަލިފާން ނިއްވާ ފަރާތްތަކަށް ކޮންމެވެސް ލުޔެއް ލިބިދާނެކަމުގެ ނިޝާންތައް ފެންނަނީ ކުޑަކޮށެވެ.

ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާއިރު 15 ތަނެއްގައި ރޯވެފައިވާ އަލިފާނާއެކު 73،000 އޭކަރު އަނދާފައިވާ ކަމަށް އެ ސްޓޭޓްގެ ފަޔަރަ ސަރވިސްއިން ބުނެއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
18 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި

18 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު