Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތަށް ގެއްލުންދިނުން

މިސްކިތަކަށް ގެއްލުންދިން މައްސަލައިގައި ކުށް ސާބިތުވިއިރު، ބަންދުގައި ހުރި މުއްދަތު ހުކުމަށްވުރެ އިތުރުވެފައިވާތީ ތަންފީޒުކުރަންޖެހޭ އަދަބެއް ނެތް!

4 ނޮވެމްބަރު 2026 | ބުދަ 08:04

މިސްކިތަކަށް ވަދެ ހުރުމަތް ކެނޑި މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތަށްވުރެ އިތުރުވުމާ ގުޅިގެން، އޭނާ މިހާރު ވަނީ ބަންދުން މިނިވަންވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ނޮވެމްބަރު 2026 | ބުދަ 08:04
މިސްކިތަށް ވަދެ ގެއްލުންދިން ކަމުގައި ތުހުމަތުގައި ހައްޔަރު ކުރި ނައުޝާދު

މިސްކިތަށް ވަދެ ގެއްލުންދިން ކަމުގައި ތުހުމަތުގައި ހައްޔަރު ކުރި ނައުޝާދު | ޕޮލިސް

މިސްކިތަކަށް ގެއްލުންދިން މައްސަލައެއްގައި ދައުވާ އުފުލާފައިވާ ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ނައުޝާދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ 2026 ނޮވެންބަރު 1 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ 1 މަހާއި 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކޯޓުން ނެރުނު އަމުރެއްގެ ދަށުން، އޭނާ މިހާތަނަށް ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ މުއްދަތުގައި ނައުޝާދު މޫސާ ބަންދުގައި 1 މަހާއި 21 ދުވަސް ހޭދަކޮށްފައިވާކަން ކޯޓުގެ ރެކޯޑުތަކުން އެނގެން އޮވެ އެވެ. ރާއްޖޭގެ ގާނޫނީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރާއިރު، އެ މައްސަލައަކާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު، އިއްވާ އަދަބުން އުނިކުރަންޖެހެ އެވެ.

މި އުސޫލުގެ ދަށުން، ނައުޝާދު މޫސާ ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް މިހާރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ސަބަބަކީ އޭނާގެ މައްޗަށް އިއްވި 1 މަހާއި 15 ދުވަހުގެ ހުކުމަށްވުރެ، އޭނާ ބަންދުގައި ހޭދަކުރި 1 މަހާއި 21 ދުވަހުގެ މުއްދަތު އިތުރުވުމެވެ.

މި މައްސަލައިގައި ނައުޝާދު މޫސާ ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތުމާ ގުޅިގެން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މީގެކުރިން ނެރެފައިވާ އަމުރު އެ ކޯޓުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. މިއާއެކު އޭނާ މިހާރު ވަނީ ބަންދުން މިނިވަންވެފަ އެވެ.

2026 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްގާންއަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، މިސްކިތް ތެރެއަށް ޤަޟާއުޙާޖާ ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިންވެސް އޭނާ އެފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް މިފަދަ މައްސަލައެއްގައި އޭނާ ހައްޔަރުކުރި އެވެ.

ނައުޝާދު މޫސާކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

02 ނޮވެމްބަރު 2026
އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
02 ނޮވެމްބަރު 2026

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި
01 ނޮވެމްބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް މޭޔަރު ސައުދުއަށް ފުރުސަތު ދީފި

01 ނޮވެމްބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް މޭޔަރު ސައުދުއަށް ފުރުސަތު ދީފި
31 އޮކްޓޯބަރު 2026

މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

31 އޮކްޓޯބަރު 2026
މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
29 އޮކްޓޯބަރު 2026

ނޭޕާލް ކޭޝިއަރަކަށް ވަޅިން ހަމަލާދިން ބަނގްލަދޭޝް މީހާ 18 އަހަރަށް ޖަލަށްލައި 7 މިލިއަނުން ޖޫރިމަނާކޮށްފި

29 އޮކްޓޯބަރު 2026
ނޭޕާލް ކޭޝިއަރަކަށް ވަޅިން ހަމަލާދިން ބަނގްލަދޭޝް މީހާ 18 އަހަރަށް ޖަލަށްލައި 7 މިލިއަނުން ޖޫރިމަނާކޮށްފި
29 އޮކްޓޯބަރު 2026

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

29 އޮކްޓޯބަރު 2026
ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން
27 އޮކްޓޯބަރު 2026

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

27 އޮކްޓޯބަރު 2026
ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!
23 އޮކްޓޯބަރު 2026

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

23 އޮކްޓޯބަރު 2026
އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟
23 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

23 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
18 އޮކްޓޯބަރު 2026

ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި

18 އޮކްޓޯބަރު 2026
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް