މާރަންދޫ ކައުންސިލުން ހިންގާ "ނިޔަމި ކޯސް 2" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
3 ނޮވެމްބަރު 2026 | އަންގާރަ 08:26ކަނޑުދަތުރުފަތުރުގެ ދާއިރާއިން މައުލޫމާތާއި ހުނަރު އިތުރުކުރުމަށްޓަކައި ހއ. މާރަންދޫ ކައުންސިލުން ހިންގާ "ނިޔަމި ކޯސް 2" ގައި ބައިވެރިވުމުގެ ފުރުސަތު، 15 ނޮވެންބަރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މާރަންދޫ ކައުންސިލުން ހާމަކުރޭ


ހއ. މާރަންދޫ | މާރަންދޫ ކައުންސިލް
ހއ. މާރަންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ސެޓްފިކެޓް ލެވެލްގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
މާރަންދޫ ކައުންސިލުން ބުނި ގޮތުގައި، މި ކޯހަކީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން މައޫލޫމާތާއި ހުނަރު އިތުރުކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.
މި ކޯހުގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި، 01 ޑިސެންބަރު 2026 ގެ ނިޔަލަށް އުމުރުން 16 އަހަރު ފުރިފައިވުމާއެކު، ދިވެހިބަހުން ލިޔަންކިޔަން އެނގުން ހިމެނެ އެވެ. މީގެ އިތުރުން، ކޯހުގައި ކިޔެވުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަކީ ބައިވެރިންގެ އަމިއްލަ ޒިންމާއެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
މާރަންދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ނޮވެންބަރު 2026 ގެ ނިޔަލަށް، ރަސްމީ ގަޑީގައި އެ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9198712 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.







