Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. ބޮލިދުއްފަރު

މުސާރަ ނުދީގެން ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީން ބަންދުކުރި މައްސަލައިގައި ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

2 ނޮވެމްބަރު 2026 | ހޯމަ 13:03

މުސާރަ ނުދޭތީ އިހުތިޖާޖުކުރި ބިދޭސީން ހައްޔަރުކޮށް ފުރުވާލަން އުޅޭތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށް، އެމީހުން ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލާފައި. ފުލުހުން ބުނި ގޮތުގައި ބައެއް ބިދޭސީން ފުރަން ދެކޮޅު ހަދާފައިވާތީ، އެމީހުންނާ މެދު ދެން ގޮތެއް ނިންމާނީ އިމިގްރޭޝަނާއި ކުންފުނި ގުޅިގެން

ދެލިކޮޕީ
ދެލިކޮޕީ | 2 ނޮވެމްބަރު 2026 | ހޯމަ 13:03
ހަ މަސް ވަންދެން މުސާރަ ނުދީގެން އަޑުއުފުލި 21 މަސައްކަތްތެރިއަކު ބަންދުކޮށް ފުރުވާލަން އުޅޭ މައްސަލަވަނީ ބޮޑުވެފައި

ހަ މަސް ވަންދެން މުސާރަ ނުދީގެން އަޑުއުފުލި 21 މަސައްކަތްތެރިއަކު ބަންދުކޮށް ފުރުވާލަން އުޅޭ މައްސަލަވަނީ ބޮޑުވެފައި | ދުވަސް އެމްވީ

ކ. ބޮލިދުއްފަރު ފަޅުގައި ތަރައްޤީކުރަމުންދާ ރިސޯޓުގެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ ބިދޭސީންތަކަކަށް 6 މަސް ދުވަސް ވަންދެން މުސާރަ ނުދީގެން ކުރި ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، އެމީހުން ބަންދުކޮށް ފިޔަވަޅު އަޅަމުންދާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓްރާންސްޕޭރެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ކޮންމެ މަސައްކަތްތެރިއަކަށްމެ އިހުތިޖާޖުކުރުމާއި ހަޅުތާލުކުރުމުގެ ހައްޤު ލިބިދީފައިވާތީ، ހައްޤުތައް ހިމާޔަތްކުރަން އުޅުމުން ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އެޅުމަކީ އަސާސީ ހައްޤުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އަދި ބަންދުގައި ތިބި ބިދޭސީން ވަގުތުން ދޫކޮށްލުމަށާއި، މިކަމުގައި އިންސާނީ ހައްޤުތަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެޗްއާރުސީއެމް އަށާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީން ފުރުވާލުމަށްޓަކައި އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު މިހާރު ފުރާފައިވީ ނަމަވެސް، ބާކީ ތިބި މީހުން ފުރަން ދެކޮޅު ހެދުމުގެ ސަބަބުން ވަގުތުން ގޮތެއް ނުނިންމުނު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނި ގޮތުގައި އެމީހުންނާ މެދު ދެން ގޮތެއް ނިންމާނީ އިމިގްރޭޝަނާއި އެމީހުން ވަޒީފާ އަދާކުރާ ކުންފުނި ގުޅިގެންނެވެ.

ބިދޭސީންޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްކ. ބޮލިދުއްފަރު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2026

ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!

12 އެޕްރީލު 2026
ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!
09 މާރިޗު 2026

ބިދޭސީންގެ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް!

09 މާރިޗު 2026
ބިދޭސީންގެ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް!
11 ފެބުރުއަރީ 2026

ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!

11 ފެބުރުއަރީ 2026
ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!
10 ފެބުރުއަރީ 2026

ކަރަޕްޝަން ހުއްޓުވުމަށް ހުރަސް އެޅުނު ކަންތައްތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ

10 ފެބުރުއަރީ 2026
ކަރަޕްޝަން ހުއްޓުވުމަށް ހުރަސް އެޅުނު ކަންތައްތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ
10 ފެބުރުއަރީ 2026

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

10 ފެބުރުއަރީ 2026
ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ
10 ފެބުރުއަރީ 2026

ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

05 މެއި 2025

ޤާނޫނު އަސާސީ ދެމެހެއްޓުމަކީ ލާޒިމު ކަމެއްކަން ނޭނގޭ: ޓްރަމްޕް

05 މެއި 2025
ޤާނޫނު އަސާސީ ދެމެހެއްޓުމަކީ ލާޒިމު ކަމެއްކަން ނޭނގޭ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް