Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޤާނޫނު އަސާސީ ދެމެހެއްޓުމަކީ ލާޒިމު ކަމެއްކަން ނޭނގޭ: ޓްރަމްޕް

އެ ސުވާލު އަމާޒު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ ޤާނޫނީ ވަކީލެއް ނޫން ކަމަށާއި، އެހެންވެ އެކަން އެނގިވަޑައި ނުގަންނަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2025 | ހޯމަ 06:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސްގެ ޙައްޞިއްޔަތުން އެ ޤައުމުގެ ޤާނޫނު އަސާސީ ދަމަހައްޓައި، ނަގަހައްޓަން ޖެހޭކަން އެނގިވަޑައި ނުގަންނަވާ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް ވިތު ކްރިސްޓެން ވެލްކަރ" އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ޤާނޫނު އަސާސީ ދެމެހެއްޓުމަކީ އޭނާގެ މައްޗަށް ލާޒިމު ކަމެއްކަން އެނގި ވަޑައިނުގަންނަވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައްޔިތުންނާއި، ބިދޭސީންނަށް ޤާނޫނީ ރައްކާތެރިކަން ލިބިދޭން ޖެހޭކަން އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެ ސުވާލު އަމާޒު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ ޤާނޫނީ ވަކީލެއް ނޫން ކަމަށާއި، އެހެންވެ އެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

ބިދޭސީން ޤައުމުން ބޭރު ކުރުމުގައި ކޯޓު އަޑު އެހުމެއް ނެތި އަވަސް އަވަހަށް ކުރިއަށް ގެންދިއުމާ މެދު ފާޑު ކިޔުންތައް އަމާޒުވަމުން ދާއިރު، އެއީ ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކުރަންޖެހޭ ކަމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ސީރިއަސް ގޮތެއްގައި އޭނާ ވިސްނަވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މީގެ ކުރިން ޓްރަމްޕް ވަނީ އެފަދަ ނިންމެވުމެއް ނިންމަވާފާނެކަން ދޭހަވާ ގޮތަކަށް ވާހަކަ ދައްކަވައިފަ އެވެ.

އެމެރިކާގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް މީހަކަށް ވެރިކަމުގައި ދެ ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ ކަމަށެވެ. މިހާރު ޓްރަމްޕް ފުރުއްވަމުން ގެންދަވަނީ އޭނާގެ ރިޔާސީ ދެ ވަނަ ދައުރެވެ. 

އެ އިންޓަވިޔު ނިންމަވާލެއްވުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ، އޭނާގެ އުންމީދަކީ މި ދައުރަށް ފަހު ރިޕަބްލިކަން ޕާޓީގެ ޤާބިލު އެހެން ކެންޑިޑޭޓަކު ވެރިކަމަށް ވަޑައިގަތުން ކަމަށެވެ. 

އެގޮތުން ޓްރަމަޕް ވިދާޅުވީ މިހާރު އޭނާގެ ނައިބު ރައީސަކަށް ހުންނެވި ޖޭޑީ ވޭންސް އަދި އޭނާގެ ސަރުކާރުގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އަކީ ވެސް ޤާބިލު ބޭފުޅުން ކަމަށެވެ. އަދި އެ ނޫން އެހެން ބޭފުޅުން ވެސް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ޤާނޫނުއަސާސީއެމެރިކާގެ ރައީސްބިދޭސީންރިޔާސީ ދައުރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު