Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮރިޝަސް-ރާއްޖެ

ފޯޅަވަހި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ބަލަން އުފެއްދި ކޮމިޝަނުގެ ތަހުގީގު އަޑުއެހުންތައް ޓީވީން ލައިވްކުރަން ޖެހޭ: މައުރޫފް

1 ނޮވެމްބަރު 2026 | އާދީއްތަ 14:04

ރާއްޖެއާއި ފޯޅަވައްސާ ދެމެދު އިން ވަކިކުރި މައްސަލަ ބަލާ ކޮމިޝަނުގެ އަޑުއެހުންތައް ޓީވީން ލައިވްކުރަން ގާނޫނީ ވަކީލު މައުރޫފް ގޮވާލެއްވި. އޭނާ ވިދާޅުވީ މި މައްސަލަ ކުއްލިއަކަށް ފެންމަތިކުރީ ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުންތައް އޮއްބާލުމަށް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 1 ނޮވެމްބަރު 2026 | އާދީއްތަ 14:04
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޚާއްސަ ކޮމިޝަނުގެ ހުރިހާ ތަހުގީގު އަޑުއެހުންތަކެއް ޓީވީން ލައިވްކޮށް ދުރަށް ދައްކަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވީ، އިޓްލޮސްގެ މައްސަލައިގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ، އެ މައްސަލައިގައި ދައުލަތުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން މައުރޫފް ވިދާޅުވީ، ކަނޑުގެ އިން ވަކިކުރި މައްސަލައިގައި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަ ބަލާނެ ކަމަށް ބުނެ މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް، ދައުލަތުގެ ހުރިހާ ބާރެއް ލިބި ތިބެ މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް، ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރު ވެސް އެކަން ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން، އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް ހުރިހާ ތަހުގީގު އަޑުއެހުމެއް ރައްޔިތުންނަށް ފެންނާނެހެން ޓީވީން ވަގުތުން ދުރަށް ދައްކަން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެކަމުގައި ޖަވާބުދާރީ ވާން ކުރީ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، މި މައްސަލަ މިހާރު ކުއްލިއަކަށް ނަގައިގެން ސަރުކާރުން އުޅެނީ ރަސްމާލެ މަޝްރޫއާ ގުޅިގެން ދެކެވޭ ވާހަކަތައް އޮއްބާލުމަށް ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތު-މޮރިޝަސްއިޓްލޮސްއަހުމަދު މައުރޫފްމޮރިޝަސް-ރާއްޖެ

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2026

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންނަށް ތަހުގީގު ހިންގައި، އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، 7 މެންބަރަކު އައްޔަނުކުރައްވައިފި

01 ނޮވެމްބަރު 2026
ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންނަށް ތަހުގީގު ހިންގައި، އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، 7 މެންބަރަކު އައްޔަނުކުރައްވައިފި
26 އޮކްޓޯބަރު 2026

ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ: މައުރޫފު

26 އޮކްޓޯބަރު 2026
ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ: މައުރޫފު
05 އޮކްޓޯބަރު 2026

ސަބްމެރިން ކޭބަލް މަޝްރޫއު ހުއްޓުމަކަށް: މުއިއްޒުގެ ނާގާބިލު ސަރުކާރުން ޑިޖިޓަލައިޒޭޝަނާއި ޒަމާނީ ތަރައްގީގެ ވާހަކަދެއްކުން ހުއްޓާލުމަށް ގޮވާލައިފި

05 އޮކްޓޯބަރު 2026
ސަބްމެރިން ކޭބަލް މަޝްރޫއު ހުއްޓުމަކަށް: މުއިއްޒުގެ ނާގާބިލު ސަރުކާރުން ޑިޖިޓަލައިޒޭޝަނާއި ޒަމާނީ ތަރައްގީގެ ވާހަކަދެއްކުން ހުއްޓާލުމަށް ގޮވާލައިފި
27 އޯގަސްޓު 2026

ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް

27 އޯގަސްޓު 2026
ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް
26 އޯގަސްޓު 2026

އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ

26 އޯގަސްޓު 2026
އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ
07 އޯގަސްޓު 2026

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި

06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
27 ޖުލައި 2026

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026
ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު
11 ޖުލައި 2026

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟

11 ޖުލައި 2026
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
02 މާރިޗު 2026

މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ "އިމެޗުއަރ" ނިންމުމެއް: ރައީސް

02 މާރިޗު 2026
މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ "އިމެޗުއަރ" ނިންމުމެއް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް