Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

25 އޮކްޓޯބަރު 2026 | އާދީއްތަ 10:17

އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން އެމްޑީޕީގެ މެންބަރުން ކުށްވެރިކޮށްފި. މި ނިންމުމުގެ ސަބަބުން ދައުލަތުގެ ހަރަދު އަހަރަކު 40 މިލިއަން ރުފިޔާއަށް އިތުރުވާނެތީ، ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އިސްކަންދީ އެ ނިންމުން ބަދަލުކުރުމަށް އެ މެންބަރުން ވަނީ ގޮވާލައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އޮކްޓޯބަރު 2026 | އާދީއްތަ 10:17
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ސޮއި ކުރައްވާ، ނޫސްބަޔާނެއް ނެރެފި އެވެ. 

އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވާ ނެރުއްވާފައިވާ މި ބަޔާނުގައި ބުނީ، ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނިންމި ނިންމުމަކީ އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

Advertisement - newsAdvertisement

ބަޔާނުގައި ބުނީ މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރު ކުރުމަށް ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތަށް ގާނޫނަކަށް ބަދަލު ގެނަސްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމެނިފައިވާ އަދަދަކަށް ވާއިރު، ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް، ކައުންސިލަރުންނާއި ކައުންސިލް ރައީސުންގެ މުސާރަ އަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ޚިދުމަތަކަށް ބުރޫއަރާނެ ކަމެއް ކަމަށާއި މިކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅުކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

މީގެ އިތުރުން ރާއްޖޭގައި ޕޭހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތް އިރު، އަދި އެކަންބޮޑުވުންތަކާއި ގުޅިގެން 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް ދިރާސާ ކުރުމަށް ފޮނުވާފައިވާ "ތައުލީމީ ދާއިރާގެ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭ ގަރާރު" ގެ މަސައްކަތް ވެސް މިއަދާ ހަމައަށް ވެސް ނުނިންމައި މިފަދަ ގޮތަކަށް މުސާރަ އަށް ބަދަލު ގެނައުމަށް އެތައް ރައްޔިތުންނެއް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ޒިންމާ ގާނޫނު އަސާސީގެ ދަށުން މަތިކުރެވިފައިވާ މުއައްސަސާ އަށް ވީ ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން މިހާރު ނިންމާފައިވާ ގޮތަށް ވެރިންގެ މުސާރައާއި އިނާޔަތްތައް އިތުރު ކުރުމުން ދައުލަތުގެ ޚަރަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެން ދާނެތީ މި ނިންމުން ބަދަލުކުރުމަށް އެމްޑީޕީގެ މެންބަރުން ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ވަޒީރުންނާ މަޖިލިސް ރައީސްގެ އިނާޔަތް އިތުރު ކުރުމަށްވުރެ މުހިއްމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަން ދިނުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީގެ މި ބަޔާނުގައިވެ އެވެ. 

އެމްޑީޕީޕީއެންސީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު

24 އޮކްޓޯބަރު 2026
ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު
24 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރާއެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯޒް ކުރައްވައިފި

24 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރާއެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯޒް ކުރައްވައިފި
24 އޮކްޓޯބަރު 2026

ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް

24 އޮކްޓޯބަރު 2026
ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް
24 އޮކްޓޯބަރު 2026

އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް

24 އޮކްޓޯބަރު 2026
އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ

21 އޮކްޓޯބަރު 2026
ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ
21 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް

21 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
21 އޮކްޓޯބަރު 2026

ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު

21 އޮކްޓޯބަރު 2026
ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް