Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭސް ނުލިބުން

ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭސް ނުލިބި އެތައް މަސްތަކެއް ފާއިތުވަނީ: ބަލިމީހުން ބޭނުންވަނީ ވައުދެއް ނޫން

29 އޮކްޓޯބަރު 2026 | ބުރާސްފަތި 12:51

ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންގެ ފުރާނައަށް ނުރައްކާވަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ކޮންމެހެން ބޭނުންވާ އަސާސީ ބޭސްތައް ހޯދުމުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 12:51
ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭސް ނުލިބި އެތައް މަސްތަކެއް ފާއިތުވަނީ: ބަލިމީހުން ބޭނުންވަނީ ވައުދެއް ނޫން

ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭސް ނުލިބި އެތައް މަސްތަކެއް ފާއިތުވަނީ: ބަލިމީހުން ބޭނުންވަނީ ވައުދެއް ނޫން | އަދަދު

ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ކޮންމެހެން ބޭނުންވާ، ހަށިގަނޑުން ދަގަނޑުގެ ބައި ބޭރުކުރާ ބޭސް، އަޔަން ކީލޭޝަން ލިބުމުގައި ދަތިތަކެއް ދިމާވެ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ތެލެސީމިއާ ތަހައްމަލު ކުރަމުންދާ މީހަކު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބޭސް ހުސްވާ ކޮންމެ ފަހަރަކު، އެންމެ ދެ ހަފުތާއަށް ފުދޭވަރުގެ މަދު މިންވަރެއް ދިނުމަށްފަހު، އަނެއްކާވެސް މަޑުކުރުމަށް އަންގާ ކަމަށެވެ. "ޝިޕްމަންޓެއް އެބަ އާދޭ"، "މަގުމަތީގައި ވަނީ"، "ވަރަށް އަވަހަށް ލިބޭނެ" ފަދަ ޖަވާބުތައް ލިބުނު ނަމަވެސް، ބޭސް ހުސްވުމުގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. 

Advertisement - newsAdvertisement

މިއީ ދޭތެރެއަކުން ބޭނުންކޮށްލާ ބޭހެއް ނޫން ކަމަށާއި މިއީ މުޅި އުމުރަށް ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ ބޭހެއްކަން ފާހަގަކޮށް ދެން އަންނަ ޝިޕްމަންޓެއް ލިބެންދެން ބަލި މަޑުޖައްސައި ނުލެވޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. 

މިއީ ހަމައެކަނި ތަލަސީމިއާ ބަލިމީހުންނަށް ދިމާވެފައިވާ މައްސަލަ އެއް ނޫން ކަމަށާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ހާއްސަކޮށް، މުޅި އުމުރަށް ބޭސް ބޭނުންކުރަންޖެހޭ އަދި ގަވާއިދުން އިންޖެކްޝަން ޖަހަންޖެހޭ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

އޮސްޓިއޯޕޮރޯސިސް އާއި ހޯރމޯން މަދުވުމުގެ މައްސަލަތަކާއި އެ ނޫންވެސް އެކި ބަލިތަކަށް ފަރުވާ ހޯދާ ބަލިމީހުންނަށް ކޮންމެހެން ބޭނުންވާ ބޭސް ނުލިބޭތާ އަށް މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާކަން އޭނާ ފާހަގަކޮށްފައިވެ އެވެ. ބައެއް މީހުންނަށް އެންމެ މަހަކު ބޭނުންކުރާނެ ބޭސް ލިބުނު ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ކުރިމަތިލާން ޖެހެނީ ބޭސް ލިބޭނެ ދުވަހެއް ނޭނގުމުގެ ބިރުވެރިކަމުގެ އިތުރުން ބައެއް ކަހަލަ ފަރުވާތައް މެދުކެނޑުމަކީ އޭގެ ސަބަބުން ސިއްހަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ސީދާ އިންސާނުންގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

ސްޓޭޓް ފާމާގެ މަގުސަދަކީ ކޮންމެހެން ބޭނުންވާ ބޭސްތައް ލިބޭނެކަން ކަށަވަރުކޮށްދިނުންކަމަށް ވާއިރު، ބަލިމީހުން ބޭނުންވަނީ ހަމައެކަނި ޝިޕްމަންޓް އަންނަ ވާހަކައާއި ފޫނެތް ވައުދުތަކެއް ނޫން ކަމަށާއި، އެމީހުން ބޭނުންވަނީ ނަތީޖާ ނެރެދޭނެ ނިޒާމެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ސްޓޭޓް ފާމާއިން އެއް ބަހަނާތަކެއް ދައްކަމުންދާތާ ކިހާ ދުވަހެއް ވާނެތޯ ވެސް އޭނާ ސުވާލު އުފައްދާފައިވެ އެވެ. 

ހަމައެއާއެކު، ސަރުކާރުގެ އިސްވެރިންނާއި 600 އަށްވުރެ ގިނަ ރަށު ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް އަހަރަކު 39.5 މިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެންމެ 82 މިނިޓުގެ ތެރޭގައި ނިންމިކަން ފާހަގަކޮށް، އޭނާ ވަނީ އަމިއްލަ މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަމުގައި ނިންމުންތައް ނިންމަނީ ނުހަނު ހަލުވިކަމާއެކުގައި ނަމަވެސް، ބަލިމީހުން ކޮންމެހެން ބޭނުންވާ ބޭސްތަކަށް މަސްތަކެއް ވަންދެން އިންތިޒާރު ކުރަންޖެހޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ތެލެސީމިއާ ބަލިމީހުންނަށް ބޭނުންވާ ބޭސް ނުލިބޭކަމުގެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ. 

ތެލަސީމިއާސްޓޭޓް ފާމާބޭސް ނުލިބުން

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ލޭއަޅާ ކުދިންނަށް ބޭނުންވާ ޑެސްފެރޮލް ފާމަސީތަކުން ނުލިބޭކަމުގެ ކަންބޮޑުވުން، ނަމަވެސް ސްޓޭޓް ފާމާއިން ބުނަނީ ބޭސް ލިބެން ހުންނާނެކަމަށް!

07 އޮކްޓޯބަރު 2026
ލޭއަޅާ ކުދިންނަށް ބޭނުންވާ ޑެސްފެރޮލް ފާމަސީތަކުން ނުލިބޭކަމުގެ ކަންބޮޑުވުން، ނަމަވެސް ސްޓޭޓް ފާމާއިން ބުނަނީ ބޭސް ލިބެން ހުންނާނެކަމަށް!
28 ސެޕްޓެމްބަރު 2026

މި ސަރުކާރުގައި ދިވެހިރާއްޖެއަކީ ބަލި އިންޕޯޓު ކުރާ ގައުމަކަށް ވަނީ ހަދާފައި: ބޮންޑާ

28 ސެޕްޓެމްބަރު 2026
މި ސަރުކާރުގައި ދިވެހިރާއްޖެއަކީ ބަލި އިންޕޯޓު ކުރާ ގައުމަކަށް ވަނީ ހަދާފައި: ބޮންޑާ
27 ސެޕްޓެމްބަރު 2026

ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އައު ތާރީހެއް ހެލްތު މިނިސްޓަރު ދެއްވައިފި

27 ސެޕްޓެމްބަރު 2026
ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އައު ތާރީހެއް ހެލްތު މިނިސްޓަރު ދެއްވައިފި
21 އޯގަސްޓު 2026

ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!

21 އޯގަސްޓު 2026
ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!
10 އޯގަސްޓު 2026

ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!

10 އޯގަސްޓު 2026
ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!
04 އޯގަސްޓު 2026

ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

04 އޯގަސްޓު 2026
ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
26 ޖުލައި 2026

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
07 ޖުލައި 2026

ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!

07 ޖުލައި 2026
ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް