Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓްރީ

ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އައު ތާރީހެއް ހެލްތު މިނިސްޓަރު ދެއްވައިފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 08:13

ރާއްޖެއަށް ބޭސް ގެނައުމުގެ ކަންކަން ހަރުދަނާކުރުމަށް "ސްޓޭޓް ފާމާ" ގެ ނަމުގައި ކުންފުންޏެއް އުފައްދައި، އަތޮޅުތެރޭގެ ފާމަސީތަކަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ސަރުކާރުން ދަނީ ހަމަޖައްސަމުން. މި މަސައްކަތުގެ ދަށުން އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ނޮވެމްބަރު މަހުގެ ނިޔަލަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 08:13
ދައުލަތު މީޑިއާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ

ދައުލަތު މީޑިއާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ | ޕީއެސްއެމް

ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖެ ގެނެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ބޭހުގެ ހާލަތު ރަނގަޅުކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މި ސަރުކާރުން ވެސް މިކަމުގައި ވަރަށް ބޮޑެތި ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، މީގެ ކުރިން ބޭސް ފޯރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އެސްޓީއޯ އަދި އަމިއްލަ ފަރާތްތަކުން އުފުލަމުން ދިޔަ ނަމަވެސް، މިހާރު ސަރުކާރުން 'ސްޓޭޓް ފާމާ' ގެ ނަމުގައި ކުންފުންޏެއް އުފައްދައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. 

އެ ކުންފުނީގެ ދަށުން ބޭހުގެ ސަޕްލައި ރާއްޖެއަށް ގެނައުމާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ސަޕްލައި ބެލެހެއްޓުމުގެ އިތުރުން އަތޮޅުތެރޭގެ ފާމަސީތަކަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ގީލާ ވިދާޅުވީ، ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ކުންފުނި ފުރިހަމައަށް އޮޕަރޭޝަނަލްވެ، އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކާއި، އެތަންތަނުގައި މަސައްކަތްކުރާ 706 މުވައްޒަފުންނާ ބައްދަލުކުރެވި، ބޭނުންވާ އަސާސީ ބޭސްތައް މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

މިނިސްޓަރު ގީލާ ވިދާޅުވީ، އެސެންޝަލް މެޑިސިން ލިސްޓާއި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތަކަކީ ރާއްޖެއިން ބޭރުން އުފައްދައިގެން ގެންނަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ބޭސްތަކެއް ކަމަށާއި، އެހެންކަމުން މި ބޭސްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސްޓޭޓް ފާމާ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެސްޓީއޯގެ ހުރިހާ ބޭސްފިހާރުތަކާ އަދި ބޭސްފިހާރުތަކުގެ ހަރަކާތްތެރިވާ 706 މުވައްޒަފުންނާ ބައްދަލުކުރެވި، އަދި އެ ބޭނުންވާ އަސާސީ ބޭސްތައް މިހާރު ރާއްޖެ ގެނެވިގެން މިދަނީ. އަޅުގަނޑުމެން އުންމީދު ކުރަނީ މި އަހަރުގެ ނޮވެންބަރު ނިންމުމުގެ ކުރިން ކުރިން އެސެންޝަލް މެޑިކަލް ލިސްޓް، މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖެއަށް ގެނެވި، ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދެވޭނެ. މިއީ ވަރަށް ގިނަ އަދަދެއްގެ ބޭހުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ
ގީލާ އަލީ 

މީގެއިތުރުން، ޑޮކްޓަރުން ލިޔުއްވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމުގައި މިހާރު ވެސް ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބެމުންދާ ކަމަށާއި، ބޭނުންވާ ބޭސް ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ގީލާ މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި އާސަންދައަށް ސްކީމަށް ގެނައި ބަދަލުތަކާއެކު ބޭސް ލިބުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. މީގެ ކުރިން ގަވާއިދުން ރާއްޖެއިން ލިބުނު ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ. އަދި ބޭހުގެ މައްސަލަ ހައްލުކޮށް ބޭސް ލިބޭނެ ކަމަށް ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން އެކި ތާރީޚުތައް ދެއްވި ނަމަވެސް މިއަދާ ހަމައަށް ބޭސް ލިބުން ދަތިވާ މައްސަލައަށް ދާއިމީ ހެއްލެއް ލިބިފައިނުވެ އެވެ. 

ގީލާ އަލީސްޓޭޓް ފާމާއާސަންދަ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ރާއްޖެއިން މިހާތަނަށް އެޗްއައިވީ ޖެހިގެން 76 މީހަކު ރިޕޯޓުކޮށްފައިވޭ، އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން: މިނިސްޓަރު ގީލާ

27 ސެޕްޓެމްބަރު 2026
ރާއްޖެއިން މިހާތަނަށް އެޗްއައިވީ ޖެހިގެން 76 މީހަކު ރިޕޯޓުކޮށްފައިވޭ، އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން: މިނިސްޓަރު ގީލާ
16 ސެޕްޓެމްބަރު 2026

ފަރެސްމާތޮޑާގައި ހާލުގައި އުޅުނު ދުވަސްވީ މީހާގެ މައްސަލައިގައި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާމެދު ސުވާލު އުފައްދައިފި

16 ސެޕްޓެމްބަރު 2026
ފަރެސްމާތޮޑާގައި ހާލުގައި އުޅުނު ދުވަސްވީ މީހާގެ މައްސަލައިގައި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާމެދު ސުވާލު އުފައްދައިފި
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
10 އޯގަސްޓު 2026

ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!

10 އޯގަސްޓު 2026
ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!
10 އޯގަސްޓު 2026

ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!

10 އޯގަސްޓު 2026
ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!
10 އޯގަސްޓު 2026

ސިއްހީ ދާއިރާއިން މިދިޔަ ސަރުކާރުން ފެށި 16 މަޝްރޫއެއް ހުއްޓާލައިފިން: ގީލާ

10 އޯގަސްޓު 2026
ސިއްހީ ދާއިރާއިން މިދިޔަ ސަރުކާރުން ފެށި 16 މަޝްރޫއެއް ހުއްޓާލައިފިން: ގީލާ
09 އޯގަސްޓު 2026

ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!

09 އޯގަސްޓު 2026
ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!
04 އޯގަސްޓު 2026

ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

04 އޯގަސްޓު 2026
ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
13 ޖުލައި 2026

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް