Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. އަތޮޅު ހޮސްޕިޓަލް

އދ. އަތޮޅު ހޮސްޕިޓަލުން ހަކުރާއި ތައިރޮއިޑް ޓެސްޓު ނުހެދޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް، ޚިދުމަތް އަލުން ފެށޭނެ ދުވަހެއް ނޭނގޭ!

29 އޮކްޓޯބަރު 2026 | ބުރާސްފަތި 07:01

އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ޓެސްޓު ހެދުމަށް ބޭނުންވާ ސާމާނު ހުސްވެ، ހަކުރާއި ތައިރޮއިޑް ފަދަ މުހިންމު ޓެސްޓުތަކުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މި ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް ނޭނގޭއިރު، މިއީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައްޔިތުން ދަނީ ބުނަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 07:01

އދ. އަތޮޅު ހޮސްޕިޓަލުން ހަކުރާއި ތައިރޮއިޑް ޓެސްޓު ނުހެދޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް، ޚިދުމަތް އަލުން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް އެ ހޮސްޕިޓަލުން ބުނޭ | ރާއްޖެއެމްވީ

އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން މީގެ ކުރިން ހަދަމުންދިޔަ ހަކުރު ޓެސްޓާއި ތައިރޮއިޑް ޓެސްޓުތައް ނުހެދޭތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެ، ޚިދުމަތް ދެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. 

އދ. އަތޮޅު ހޮސްޕިޓަލުން ހަކުރާއި ތައިރޮއިޑް ޓެސްޓު ނުހެދޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާތީ، އާއްމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ. މިއީ ދާއިމީކޮށް ބޭސް ބޭނުންކުރަމުންދާ މީހުންނަށް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށް އެ މީހުން ބުނެ އެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން އެ ހޮސްޕިޓަލަށް ގުޅުމުން، އެތަނުގެ މުވައްޒަފަކު ވަނީ ހަކުރު ޓެސްޓާއި ތައިރޮއިޑް ޓެސްޓު ނުހެދޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި މި ދެ ޓެސްޓުގެ އިތުރުން ވެސް މީގެ ކުރިން އެ ހޮސްޕިޓަލުން ހަދަމުން އައި ބައެއް އެހެން ޓެސްޓުތައް ވެސް މިހާރު ނުހެދޭ ކަމަށް އެ މުވައްޒަފު ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ، ޓެސްޓުތައް މެދުކެނޑިފައިވަނީ ޓެސްޓު ހެދުމަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން ކަމަށެވެ. އަދި މި ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް މުވައްޒަފު ބުނެފައިވެ އެވެ.

އދ. އަތޮޅާއި އއ. އަތޮޅުގެ ގިނަ ރަށްރަށުން ކޮންމެ ދުވަހަކު ވެސް ސިއްހީ ފަރުވާ ހޯދުމަށް މަހިބަދޫއަށް މީހުން ދަތުރުކުރެ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، މުހިންމު ގިނަ ޚިދުމަތްތަކެއް މެދުކެނޑެމުންދާތީ އެ ސަރަހައްދުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އދ.މަހިބަދޫއދ. އަތޮޅު ހޮސްޕިޓަލް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
18 ފެބުރުއަރީ 2017

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
އަތޮޅު ވެހި ފަޅާލައިފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް