Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކްސިޑެންޓު

ސްޕެއިންގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފި

29 އޮކްޓޯބަރު 2026 | ބުރާސްފަތި 03:12

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން އެ ޤައުމުގައި ތިން ދުވަހުގެ ހިތާމަ ފާޅުކުރުން އިއުލާނުކޮށް، މި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ޕެދްރޯ ސަންޗެޒް ދެއްވައިފި. ރޭލު ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާއިރު، އިހުމާލެއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 03:12

ސްޕެއިންގައި ދެ ރޭލު ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ ހަށިތައް ހޯދުމަށް ރެސްކިއު ޓީމު އޮފިޝަލުން މަސައްކަތް ކުރަނީ | އެކްސް

މެދުތެރޭ ސްޕެއިންގައި ބާރު ދުވެލީގައި ދުއްވާފައި ދިޔަ ދެ ރޭލު ޖެހި، ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 68 އަށް އަރައިފައިވާ ކަމަށް ބުދަ ދުވަހު ކަށަވަރުވެފައިވާ އިރު، މި ކާރިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޕެދްރޯ ސަންޗެޒް ވިދާޅުވެއްޖެ އެވެ.

ހާދިސާ ހިނގި ތޮލޭދޯގެ އުރްދާއަށް ޒިޔާރަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ކަމާބެހޭ އިދާރާތަކުން މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަންނާނެ ކަމަށާއި، އެއްވެސް ފަރާތެއްގެ ކުށެއް ނުވަތަ އިހުމާލެއް ފެންމަތިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ސަރުކާރުން މި މައްސަލައިގެ ހަގީގަތް ހާމަކުރާނެ ކަމުގެ ފުރިހަމަ ޔަގާންކަން ސަންޗެޒް ދެއްވާފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

Advertisement - worldAdvertisement

"މި ކަމުގެ އަޑިއަށް އަޅުގަނޑުމެން ވާސިލުވާނަން. އިހުމާލެއް ވެފައިވާ ނަމަ، އެކަން ހާމަވާނެ،" ސަންޗެޒް ވިދާޅުވި އެވެ.

ސްޕެއިން ފަދަ ޤައުމެއްގައި އެއް އަހަރެއްގެ ތެރޭގައި ހަލުވި ދުވެލީގެ ރޭލު އެކްސިޑެންޓް ދެ ފަހަރަށް ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުން، އޮކްޓޫބަރު 29 އިން 31 އަށް ޤައުމީ ހިތާމައިގެ ތިން ދުވަސް ސަންޗެޒް ވަނީ އިޢުލާނު ކުރައްވާފަ އެވެ. މިއާއެކު، ޖަނަވަރީ މަހު ކޯރްދޮބާގެ އަދަމޫސްގައި ހިނގި ރޭލު އެކްސިޑެންޓަށް ވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.

އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި މި ދެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ތަފާތު ސަބަބުތަކަކާ ހުރެ ކަމަށް ބެލެވުނު ނަމަވެސް، އެ ކަން ކަނޑައެޅުމަކީ މިނިވަން ތަހުގީގު ޓީމުތަކާއި ޝަރުޢީ އިދާރާތަކުގެ މަސްއޫލިއްޔަތެއް ކަން ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. ހަމަމިއާއެކު، ރައްކާތެރިކަމުގެ މިންގަނޑުތަކުގައި އެއްވެސް އުނިކަމެއް ހުރިކަން ދެނެގަނެވިއްޖެ ނަމަ، ޤައުމުގެ ރޭލު ނިޒާމާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި، އިދިކޮޅު ޕީޕަލްސް ޕާޓީގެ ލީޑަރު އަލްބެރްތޯ ނޫންޔެސް ފޭޚޯއޯ ވަނީ ސަރުކާރާއި އަދުލު އިންސާފުގެ ދާއިރާއިން ވަގުތުން ވަގުތަށް މި މައްސަލައިގެ ތަހުގީގުތައް ފެށުމަށް ގޮވާލައްވާފަ އެވެ. އޭނާ ބާރުއެޅުއްވީ އެއްވެސް ނުފޫޒެއް ނެތި، ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މި ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.

ޤައުމުގެ އުމްރާނީ ވަސީލަތްތަކަށް ވަމުންދާ ގޮތް ސާފުކޮށް އެނގުމުގެ ހައްގު ސްޕެއިންގެ ރައްޔިތުންނަށް އޮތް ކަމަށް ވިދާޅުވަމުން، ޤައުމުގެ މުޅި ރޭލު ވިއުގަ ފުރިހަމައަށް އަދި މިނިވަންކަމާއެކު މުރާޖާކުރުމަށް ފޭޚޯއޯ ގޮވާލެއްވި އެވެ. ނަމަވެސް، މިއީ އެ ފަދަ ކަމަކާ ބަހުސްކުރަންވީ ދުވަސް ނޫން ކަމަށް ބަޔާންކުރައްވައި، މި ކާރިސާގެ ސިޔާސީ ޒިންމާއާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް އޭނާ ވަނީ ދެކޮޅުހައްދަވާފަ އެވެ.

މި ހާދިސާގައި ވަކިވެދިޔަ މީހުންގެ ހަނދާނުގައި، ބުދަ ދުވަހުގެ ރޭ ސްޕެއިން ގަޑިން 8:00 ގައި އެ ޤައުމުގެ އެކި ކަންކޮޅުތަކުގައިވާ ޓައުން ހޯލްތަކުގައި ހަނދާނުގެ ސުކޫތުގެ 1 މިނެޓު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތް އިންތިޒާމުކޮށްފައި ވަނީ ސްޕެނިޝް ފެޑެރޭޝަން އޮފް މުނިސިޕަލިޓީސް އެންޑް ޕްރޮވިންސަސް އިންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ސްޕެއިންޕެޑްރޯ ސަންޗޭޒްއެކްސިޑެންޓު

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ހުޅުމާލެ ފޭސް-2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި

19 އޮކްޓޯބަރު 2026
ހުޅުމާލެ ފޭސް-2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި
18 އޮކްޓޯބަރު 2026

މާލެ ޓެކްސީ ލައިންގެ ކާރެއް ހޮޅިދަނޑިއަކަށް އަރާ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

18 އޮކްޓޯބަރު 2026
މާލެ ޓެކްސީ ލައިންގެ ކާރެއް ހޮޅިދަނޑިއަކަށް އަރާ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
14 އޮކްޓޯބަރު 2026

ހުޅުމާލެ އެކްސިޑެންޓު: 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން މީހާ ހައްޔަރުކޮށްފި، އެއީ ޤަވާއިދާ ޚިލާފަށް ދުއްވުމުގެ ރެކޯޑު އޮތް މީހެއް!

14 އޮކްޓޯބަރު 2026
ހުޅުމާލެ އެކްސިޑެންޓު: 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން މީހާ ހައްޔަރުކޮށްފި، އެއީ ޤަވާއިދާ ޚިލާފަށް ދުއްވުމުގެ ރެކޯޑު އޮތް މީހެއް!
13 އޮކްޓޯބަރު 2026

ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ

13 އޮކްޓޯބަރު 2026
ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ
09 އޮކްޓޯބަރު 2026

ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި!

09 އޮކްޓޯބަރު 2026
ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި!
04 އޮކްޓޯބަރު 2026

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

04 އޮކްޓޯބަރު 2026
މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ
30 ސެޕްޓެމްބަރު 2026

ކްރޮއޭޝިއާ ބަލިކޮށް، ސްޕެއިން އިން ބަލި ނުވެ 40 މެޗު ހަމަކޮށްފި

30 ސެޕްޓެމްބަރު 2026
ކްރޮއޭޝިއާ ބަލިކޮށް، ސްޕެއިން އިން ބަލި ނުވެ 40 މެޗު ހަމަކޮށްފި
25 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
12 ސެޕްޓެމްބަރު 2026

ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް

12 ސެޕްޓެމްބަރު 2026
ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް
08 ސެޕްޓެމްބަރު 2026

މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ

08 ސެޕްޓެމްބަރު 2026
މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް