Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ އެކްސިޑެންޓު

ހުޅުމާލެ އެކްސިޑެންޓު: 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން މީހާ ހައްޔަރުކޮށްފި، އެއީ ޤަވާއިދާ ޚިލާފަށް ދުއްވުމުގެ ރެކޯޑު އޮތް މީހެއް!

14 އޮކްޓޯބަރު 2026 | ބުދަ 06:17

ހުޅުމާލޭގައި ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވި މައްސަލައިގައި، ލައިސަންސް ނެތި ދުއްވި މީހާ ހަތް ދުވަހަށް ބަންދުކޮށްފި. މި ހާދިސާގައި ހައްޔަރުކުރި މީހަކީ މީގެ ކުރިން ވެސް ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ގިނަ ރެކޯޑުތަކެއް އޮތް މީހެއް ކަމަށާއި، އޭނާ ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ އުޅަނދެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޮކްޓޯބަރު 2026 | ބުދަ 06:17
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ ލ.މާމެންދޫ، މުހައްމަދު ސައިފް

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ ލ.މާމެންދޫ، މުހައްމަދު ސައިފް | ޕޮލިސް

ހުޅުމާލެ ފޭސް 2 ގައި ވަންވޭއާ ހިލާފަށް ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާވެފައިވާއިރު، މި މައްސަލައިގައި ހިމެނޭ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ ލ.މާމެންދޫ، މުހައްމަދު ސައިފް އެވެ.

އޭނާ ފަރުވާއަށްފަހު ދޫކޮށްލުމުން އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

މުހައްމަދު ސައިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރި ތަފްސީލުތަކުން ދައްކާ ގޮތުގައި މުހައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް ވެސް އޭނާގެ ނަމުގައި އޮންނަ ކަމަށް ފުލުހުން ހާމަކުރި އެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓުނުރައްކާތެރި ދުއްވުން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ

13 އޮކްޓޯބަރު 2026
ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ
11 އޮކްޓޯބަރު 2026

ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!

11 އޮކްޓޯބަރު 2026
ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!
09 އޮކްޓޯބަރު 2026

ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި!

09 އޮކްޓޯބަރު 2026
ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި!
04 އޮކްޓޯބަރު 2026

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

04 އޮކްޓޯބަރު 2026
މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ
25 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
12 ސެޕްޓެމްބަރު 2026

ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް

12 ސެޕްޓެމްބަރު 2026
ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް
08 ސެޕްޓެމްބަރު 2026

މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ

08 ސެޕްޓެމްބަރު 2026
މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ
06 ސެޕްޓެމްބަރު 2026

އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ

06 ސެޕްޓެމްބަރު 2026
އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ
02 ސެޕްޓެމްބަރު 2026

މާލެ ބޮޑުތަކުރުފާނު މަގުގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

02 ސެޕްޓެމްބަރު 2026
މާލެ ބޮޑުތަކުރުފާނު މަގުގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
21 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ފުލުހުން

21 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް