Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ކޮޅުފުށި

ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:23

މ. ކޮޅުފުށިން ގެސްޓްހައުސް އެޅުމަށް 12 ބިމެއް ދޫކޮށްފައިވަނީ މާލީ ގާބިލުކަން ނެތް ފަރާތްތަކަކަށް ކަމަށާއި، މިއީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާއިރު ކައުންސިލުން ފިޔަވަޅު އަޅާފައި ނުވާތީ، މުއްދަތަށް މަސައްކަތް ނުނިމި ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށްވެސް އޮޑިޓް އޮފީހުން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:23
ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

މ. ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ ކޮޅުފުށީ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބީލަންތައް އިވެލުއޭޓް ކުރަންވާނީ ބީލަން ފޮތުގައި ނުވަތަ މައުލޫމާތު ދިން ކަރުދާހުގައި ނުވަތަ އިއުލާނުގައި އެ ބީލަމެއް އިވެލުއޭޓް ކުރުމަށް ބަޔާންކޮށްފައިވާ ކްރައިޓީރިޔާއާ އެއްގޮތަށް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮޅުފުށީ ކައުންސިލްގެ އިދާރާ އިން ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓްހައުސް ތަރައްގީ ކުރުމަށްޓަކައި 2024 ވަނަ އަހަރު 5،00 އަކަފޫޓުގެ 12 ބިމެއް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމުގެ ބައެއް ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

އެގޮތުން ކައުންސިލްގެ އިދާރާ އިން ގެސްޓްހައުސް އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރި އިއުލާނުގެ މައުލޫމާތު ކަރުދާހުގެ 5 ވަނަ މާއްދާގެ 1 (ޕްރީ ރިކުއިޒިޓްސް) ގައި ކޮންމެ ބިމަކަށް ކުރަންޖެހޭ އެންމެ ކުޑަ އިންވެސްޓްމަންޓްގެ އަދަދަކީ 12،500،000 (ބާރަ މިލިއަން ފަސް ލައްކަ) ރުފިޔާ ކަމާއި ބީލަން ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ސާބިތު ކޮށްދިނުމަށްޓަކައި ޖުމްލަ އިންވެސްޓްމަންޓްގެ މަދުވެގެން 20 އިންސައްތައާ އެއްވަރުގެ ރައުސްމާލު ހުރިކަމުގެ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. 

އެ ރިޕޯޓުގައި ބުނީ އެހެން ކަމުން ބީލަން ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތަކުން އެދޭ ކޮންމެ ބިމަކަށް މަދުވެގެން 2،500،000 ( ދެ މިލިއަން ފަސް ލައްކަ) ރުފިޔާ ރައުސްމާލުގެ ގޮތުގައި ހުރިކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މި ބީލަމަށް ދެ ފަރާތަކުން ބީލަން ހުށަހަޅާފައިވާއިރު އެ ދެފަރާތަކީ ކައުންސިލްގެ އިދާރާ އިން ހުށަހަޅާފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާ ފަރާތްތަކެއް ނޫން ކަން ފާހަގަ ވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. 

އޮޑިޓް އޮފީހުން ބުނީ އެހެން ނަމަވެސް ކައުންސިލްގެ އިދާރާ އިން ވަނީ އެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކޮށްފައި ކަމަށާ މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާން ކުރާ ހަމަހަމަކަމާއި ވާދަވެރިކަމުގެ އުސޫލުތަކާ ޚިލާފުކަމެއް ކަމަށެވެ. 

އޭގެ އިތުރުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އޮޑިޓްގެ ތެރޭގައި ބަލާފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނީ ދެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ގެސްޓްހައުސް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 10 ބިން ކުއްޔަށް ހިފާފައިވާ ފަރާތުން އެގްރީމަންޓްގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ބިމުގެ ސަރވޭ އާއި ވެލީގެ ތަހުލީލާއި ފެނުގެ ފެންވަރާއި ޔުޓިލިޓީ އެސެސްމަންޓާއި ގެސްޓްހައުސްގެ ކުރެހުމާއި އައުޓްލެޓް އަދި ޕަބްލިކް އޭރިއާގެ ޑިޒައިންގެ އިތުރުން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ފަދަ ކަންތައްތައް 12 ޖުލައި 2026 ގެ ނިޔަލަށް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ކައުންސިލްގެ އިދާރާއިން މައުލޫމާތުދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވި ނަމަވެސް ކައުންސިލްގެ އިދާރާ އިން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ހާލަތްތަކުގައި ގަވާއިދުން މަޝްވަރާކޮށް، ފިޔަވަޅު އަޅަމުން ނުދާނަމަ، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނުނިމި ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މ.ކޮޅުފުށިއޮޑިޓަރ ޖެނެރަލްގެ އޮފީސްދައުލަތުގެ މާލިއްޔަތު ގަވާއިދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

02 ސެޕްޓެމްބަރު 2026
ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު
29 އޯގަސްޓު 2026

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!

29 އޯގަސްޓު 2026
ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!
05 އޯގަސްޓު 2026

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

05 އޯގަސްޓު 2026
ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި
02 އޯގަސްޓު 2026

ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް

02 އޯގަސްޓު 2026
ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް
26 ޖުލައި 2026

2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

26 ޖުލައި 2026
2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
24 ޖުލައި 2026

ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

24 ޖުލައި 2026
ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
21 ޖޫން 2026

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!

21 ޖޫން 2026
ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
03 އެޕްރީލު 2026

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

03 އެޕްރީލު 2026
2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް