Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މަސްތުވާތަކެތީގެ މައްސަލައަށް ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު

20 އޮކްޓޯބަރު 2026 | އަންގާރަ 09:04

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ބަދަލުގައި، ސިއްހީ ނަޒަރަކުން ބަލައި ފަރުވާގެ ނިޒާމު ވަރުގަދަކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާއު ޝަރީފް ވިދާޅުވީ، ކުރީގެ ޕްލޭންތަކާއި އެސްއޯޕީތަކަށް އަމަލުނުކޮށް، ހަމައެކަނި މީހުން ހައްޔަރުކޮށްގެން މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 އޮކްޓޯބަރު 2026 | އަންގާރަ 09:04
އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް

އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް | ރާއްޖެއެމްވީ

މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ ފަރުވާގެ ނިޒާމު ވަރުގަދަ ވެގެން ކަމަށާއި މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ޝަމާއު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީއިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެގޮތުން ޝަމާއު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ގަވައިދުތަކާއި އުސޫލުތައް ހަދާ ފަރާތަކީ ވަޒީރު ކަމުގައި ވާނަމަ އޭގައި ވަރަށް ގިނަ މައްސަލަ ހުންނާނެ ކަމަށެެވެ. 

Advertisement - newsAdvertisement

އެގޮތުން މަސްތުވާތަކެތީގެ މައްސަލާގައި އޭގެ ހައްލު ހޯދަނީ ސިއްހީ ނަޒަރަކުން ވާހަކަދައްކައިގެންކަން ފާހަގަކުރައްވައި، ޝަމާއު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުގައި ހުރީ ޗައިނާ އަދި ފިލިޕީންސް ފަދަ ގައުމުތަކުގައި ގެންގުޅުން ފަދަ އިމިއުނިޓީ ވިސްނުން ކަމަށާއި އެއީ މީހުން މަރައިގެން މި މައްސަލަ ހައްލު ކުރުން ކަމަށެވެ. ހަމައެއާއެކު، ޝަމާއު ވަނީ ފިލިޕީންސް އިން މި މައްސަލަ ހައްލު ކުރުމަށް ހާހުން މީހުން މެރި ނަމަވެސް މައްސަލަ ހައްލު ނުވާ ކަމަށް ވިދާޅުވެފައި އެވެ. 

އަޅުގަނޑުމެން އޮންނާނެ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ސެންޓްރަލް ކޮލަބޮރޭޝަން ޕްލޭންއެއް ވެސް ހަދާފައި، ހަމަ ބޮޑެތި ޑޮކިއުމަންޓް ހުރިހާ މުއައްސަސާތަކަށް އިނގޭނެ ކަންކުރަން ވީ ގޮތް، ދެން ހަމަ އެޔާއި އެއްކޮށް ފެސިލިޓީތައް ހިންގަންޖެހޭ ގޮތުގެ މެޕިން އެއް ވެސް އަޅުގަނޑުމެން ވާނީ ހަދާފައި، މުޅި އެންޑީއޭއާއި މި ނިޒާމު ހިންގަން ޖެހޭ ގޮތުގެ އެސްއޯޕީތައް އޮންނާނެ ޕްރޮސީޖަރ މެނުއަލްއަށް ދަންދެން އޮންނާނެ އިނގޭތޯ. ޑޮކްޓަރުން އަމަލު ކުރަން ޖެހޭ ގޮތުގެ ޕްލޭންތައް ވެސް އޮންނާނެ އެސްއޯޕީތަކާއި އެހެންވީމަ މިހުރިހާ  ކަމެއް އޮއްވާ  މި އެއްވެސް އެއްޗަކަށް ނުބަލާ ވަޒީރު އައިސް މަގުމެދުގައި ދެފައި ވަށްކޮށްފައި އިށީންދެފައި ގަވާއިދު ބަދަލުކުރަންވީމަ ދާނީ ގޯސްކޮށް. 
ޝަމާއު ޝަރީފް 

ޝަމާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ދުނިޔޭގެ ކާމިޔާބު ގައުމުތަކުގައި ހައްލުކުރަނީ ސިއްހީ ނަޒަރަކުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާގެން ކަމަށެވެ.  

ހަމައެއާއެކު ޝަމާއު ވަނީ ކުރިން ހަދާފައިވާ ޕްލޭންތަކާއި އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައި އެވެ. އަދި މިއަށް އަމަލުނުކޮށް މީހުން ހިފާ ހައްޔަރު ކުރާ ވާހަކައާއި މަސްތުވާތަކެތި އަތުލައިގަތް ވާހަކަތައް ނޫސްތަކުގެ ސުރުހީއަށް އަރުވައިގެން ހައްލު ނުވާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.

އެހެންކަމުން، މީހުން އަތުލައިގަނެ ޖަލުތައް ފުރައިގެން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، މިކަމަށް ހައްލެއް ލިބޭނީ ފަރުވާގެ ނިޒާމު ވަރުގަދަ ވެގެން ކަމަށް ޝަމާއު ވިދާޅުވި އެވެ. މީގެ އިތުރުން ޝަމާއު ވަނީ ދިވެހިރާއްޖޭގެ ކޮންމެ 10 އާއިލާއަކުން 5 އާއިލާ މަސްތުވާތަކެތީގެ ވޭނުގައި އުޅޭ ކަން ފާހަގަކުރައްވާފައި އެވެ. 

ސަމާއު ޝަރީފްއެމްޑީޕީމަސްތުވާތަކެތިޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީ

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

ނެޝަނަލް ޑްރަޖް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

20 އޮކްޓޯބަރު 2026
ނެޝަނަލް ޑްރަޖް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
18 އޮކްޓޯބަރު 2026

މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް

18 އޮކްޓޯބަރު 2026
މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް
18 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް

18 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
18 އޮކްޓޯބަރު 2026

ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި

18 އޮކްޓޯބަރު 2026
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި
17 އޮކްޓޯބަރު 2026

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

17 އޮކްޓޯބަރު 2026
ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!
15 އޮކްޓޯބަރު 2026

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

15 އޮކްޓޯބަރު 2026
މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026
ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް
14 އޮކްޓޯބަރު 2026

މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް

14 އޮކްޓޯބަރު 2026
މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް