މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް
18 އޮކްޓޯބަރު 2026 | އާދީއްތަ 18:15މަސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަސްކިރޭނެ ގޮތެއް ނެތުމާއި ތެލާއި އައިސް އަދި އިންޖީނު ފަދަ ތަކެތީގެ ސްޕެއާ ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް. ސަރުކާރުގެ ނާގާބިލުކަމުން މަސްވެރިކަމުގެ ސިނާއަތް އިނދަޖެހި، ލޯނުތައް ނުދެއްކިގެން ދޯނިފަހަރު ވިއްކާލަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވި


މާލެ ސިޓީ މޭޔަރު އާދަމް އާޒިމް | ރާއްޖެއެމްވީ
މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަށްވަމުންދާ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މޭޔަރު އާޒިމް މަސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު މޭޔަރު އާޒިމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ވާންދާއިރު މަސްވެރިންގެ ހާލަތު ކުރިއަށްވުރެ ގޯސްވެފައިވާ ކަމަށެވެ. އަދި މިއީ މަސްވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
މަސްވެރިކަމުން މި ބޭފުޅުންނަށް ލިބޭ ނަފާ އިންތިހާއަށް ދަށްވަމުންދާކަން، އެއްކަމަކަށް މަސްކިރަން އަގު ދަށްވުން އަނެއް ކަމަކަށް ސަރުކާރުގެ ނާގާބިލުކަމުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ނާގާބިލް ކަމުން އެބޭފުޅުންނަށް ވާ ގެއްލުމުގެ ސަބަބުން އެބޭފުޅުން މިހާރު ބައެއް ފަހަރަށް މުދާ އުފުލާ ދޯންޏަށް ބަދަލުކުރަން ޖެހޭ ޕެސެންޖަރުން އުފުލާ ދޯންޏަށް ބަދަލުކުރަން ޖެހޭ. ބޭންކަށް ލޯނު ނުދެއްކިގެން ވިއްކާލާ ހިސާބަށް ވެސް ގޮސް ހުރި ކަމަށް އެބޭފުޅުން ވިދާޅުވޭއާދަމް އާޒިމް
މީގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މެޔަރު އާޒިމް ވިދާޅުވި އެވެ. އެގޮތުން، މަސް ކިރޭނެ ގޮތެއް ނެތުމާއި، ތެޔޮ ނުލިބުން އަދި އައިސް ނުލިބުމުގެ ކަންބޮޑުވުން ހުރި ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރަށް ވަރަށް ގިނަ ބޭފުޅުން މައްސަލަ ޖައްސަމުން އެބަދޭ މި ބޭފުޅުން މިތަނުގައި އޮންނަން ޖެހޭ ބައެއް ކުންފުނިތަކުން ވިއްކާ ހާއްސަކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިއްކާ އިންޖީނަށް ސްޕެއަރ ނުލިބިގެން މަޑުކުރަން އެބަޖެހޭ. އެގޮތަށް ނުލިބިގެން މަސްދުވަހު މަޑުކުރަން ޖެހުމުން އެތައް ލައްކަ ރުފިޔާ މިސާލަކަށް ބުނަންޏާ 3000 ރުފިޔާގެ ސްޕެއަރއެއް ނުލިބިގެން މިތާ ތިބެން ޖެހޭ 35 މީހުންނާއެއްކޮށް ފަޅުވެރިންނާ އެއްކޮށް މިތާ ތިބެން ޖެހުމުން އެތައް ލައްކަ ރުފިޔާ ގެއްލުން އެބަވޭއާދަމް އާޒިމް
މޭޔަރު އާޒިމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަސްވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.











