Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބްރިޖް

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026 | ބުރާސްފަތި 08:22

ތިލަމާލެ ބްރިޖުގެ ފުރިހަމަ ފައިދާ ލިބޭނީ ކުރީ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓްތަކުގައި މީހުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދީގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވި. އަދި ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަނީ ވާނުވާ ނޭނގޭ ގޮތަށް ކަމަށް ވިދާޅުވެ، ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް އެމަނިކުފާނު ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 08:22
އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަޅާ ތިލަމާލެ ބްރިޖުން ހަގީގީ ފައިދާ ނެގޭނީ ކުރީ ސަރުކާރުން މާލޭ ސަރަހައްދުން ދޫކުރި ފްލެޓްތަކާއި ގޯތިތަކުގައި މީހުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީގެން ކަމަށާއި، އެހެން ނޫންނަމަ އެ ބްރިޖު އޮންނާނީ ހަމައެކަނި ލޮރީ ދުއްވަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވިސްނުމަކީ ތިލަމާލެ ބްރިޖަކީ ހަމައެކަނި ފެށުމެއް ކަމުގައި ބަލައި، ގުޅީފަޅާއި ތިލަފުށީގެ އިތުރުން އުތުރުތިލަފަޅާ ހަމައަށް ވެސް ދަތުރުކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ބޮޑު ޚަރަދެއް ކޮށްގެން ތަރައްގީކުރާ އެފަދަ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފޭނީ ރައްޔިތުން އެ ތަންތަނުގައި ހަމަޖެހިލައިގެން ދިރިއުޅެ، އެ މީހުންގެ މަންޒިލަށް ވާސިލުވެވޭނެ އިންތިޒާމު ހަމަޖެހިގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement
މިފަދަ ބޮޑު ޚަރަދެއް ކޮށްފައި ކުރަންނުޖެހޭ ވަގުތެއްގައި. އެހެންނަމަވެސް، އެ ފައިސާއަކީ އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި، ދިވެހި ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކާއި އަދި ގޯތިތަކާއި، ގޯތިތަކުގައި އުޅެވޭނެ ގޮތްތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންނަށް ޚަރަދުކުރި ނަމަ، މިއަދު މި އަޅާ ބްރިޖު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ތިލަމާލެ ބްރިޖު އޭގެވެސް ފައިދާ ނެގުނީސް. މިހާރު ބްރިޖެއް އަޅާފައި އެ ބްރިޖު އޮންނަންވީ ހަމައެކަނި ލޮރީ ދުއްވަން އެތައް ދުވަހެއް ވަންދެން. ނޫނީ ގާޑިޔާ ދަމަން ބާއްވަންވީ
ފައިސަލް ނަސީމް

ނަމަވެސް މިހާރު ކަންކަން ދަނީ އެ މަގުން ނޫން ކަމަށް ވިދާޅުވެ ފައިސަލް ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އެފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުންތައް ކުއްލި ގޮތަކަށް މަދު ބަޔަކު ތިބެގެން ނިންމާލީ ކަމަށާއި، ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގައި ވާނުވާ ނޭނގޭ  ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ބިލިއަން ޑޮލަރުގެ މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބަހެއް ހޯދައި މަޝްވަރާކުރަން ޖެހޭ ކަމަށާއި، މިވަގުތަށް ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. 

ތިލަމާލެ ބްރިޖްފައިސަލް ނަސީމްއެމްޑީޕީ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް

14 އޮކްޓޯބަރު 2026
މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް
14 އޮކްޓޯބަރު 2026

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

14 އޮކްޓޯބަރު 2026
މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި
14 އޮކްޓޯބަރު 2026

ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު

14 އޮކްޓޯބަރު 2026
ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު
14 އޮކްޓޯބަރު 2026

މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ: މޭޔަރު އާޒިމް

14 އޮކްޓޯބަރު 2026
މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ: މޭޔަރު އާޒިމް
14 އޮކްޓޯބަރު 2026

ތަކެތީގެ އަގު ހެޔޮކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވީހާވެސް އަވަހަށް މުދާ ބޭލޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި ދޭނަން: ފައިސަލް

14 އޮކްޓޯބަރު 2026
ތަކެތީގެ އަގު ހެޔޮކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވީހާވެސް އަވަހަށް މުދާ ބޭލޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި ދޭނަން: ފައިސަލް
14 އޮކްޓޯބަރު 2026

ޖަރުމަނު ކޮންސިއުލޭޓް ބަންދުކުރުން: އެމްޑީޕީއިން ބުނީ މިއީ ރާއްޖޭގެ ޒަމާންވީ ބައިވެރިންނާއެކު އޮންނަ ގުޅުންތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަކަމުގެ ހެއްކެއް ކަމަށް

އޭސީސީ އަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއް، ޚަރަދުކުޑަކުރަން ކުރަންވީ ކަމަކީ މުއައްސަސާ އުވާލައި އެ ބޭފުޅުން ގެއަށް ފޮނުވާލުން: އައިކް

14 އޮކްޓޯބަރު 2026
އޭސީސީ އަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއް، ޚަރަދުކުޑަކުރަން ކުރަންވީ ކަމަކީ މުއައްސަސާ އުވާލައި އެ ބޭފުޅުން ގެއަށް ފޮނުވާލުން: އައިކް
13 އޮކްޓޯބަރު 2026

ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް

13 އޮކްޓޯބަރު 2026
ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް
13 އޮކްޓޯބަރު 2026

އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް

13 އޮކްޓޯބަރު 2026
އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް
13 އޮކްޓޯބަރު 2026

ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދަނީ ސްކޫލްތަކުގެ އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ޖެހުމުން: އަނޫޝާ

13 އޮކްޓޯބަރު 2026
ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދަނީ ސްކޫލްތަކުގެ އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ޖެހުމުން: އަނޫޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް