Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް މިހާރު ހައްލުތައް ގެނެވިފައިވާކަމަށް ސަރުކާރުން ބުނެފި

7 އޮކްޓޯބަރު 2026 | ބުދަ 06:38

ސަރުކާރުގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށްޓަކައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި. މި ބައްދަލުވުމުގައި، ބޭރުގެ ހަމަނުޖެހުންތަކާ ގުޅިގެން މަޑުޖެހިފައިވާ މަޝްރޫޢުތައް އަލުން ބާރުމިނުގައި ކުރިއަށްގެންދިއުމަށާއި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް ރައީސް އިރުޝާދު ދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޮކްޓޯބަރު 2026 | ބުދަ 06:38
6 އޮކްޓޫބަރު 2026 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން

6 އޮކްޓޫބަރު 2026 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން | ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ހައްލުތައް ގެނެވިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ. 

ރައީސް އޮފީހުން އެހެން ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރުމަށް އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ. 

Advertisement - newsAdvertisement

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

މިދިޔަ ދުވަސްތަކުގައި ތަކެތީގެ އަގުބޮޑުވުމާއި، މަޝްރޫއުތައް ނުހިނގުން ފަދަ އެތައް ކަމަކަށް ސަރުކާރުން ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައި އެކި ބަހަނާތައް ދައްކާފަ އެވެ. ނަމަވެސް މިހާރު ރައީސް އޮފީހުން މިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ހައްލުތައް ގެނެވިފައިވާތީ، މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަން ރައީސް އަންގަވާފައިވާކަން ހާމަކޮށްފަ އެވެ. 

ކެބިނެޓްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

20 ސެޕްޓެމްބަރު 2026
އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި
14 ސެޕްޓެމްބަރު 2026

ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި

14 ސެޕްޓެމްބަރު 2026
ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި
09 ސެޕްޓެމްބަރު 2026

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އިސް އެތައް ފަރާތެއް ހިމެނޭ މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި

08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
31 އޯގަސްޓު 2026

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި

31 އޯގަސްޓު 2026
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
24 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!

24 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
24 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!

24 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
23 އޯގަސްޓު 2026

ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު

23 އޯގަސްޓު 2026
ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް