Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދަދު ނޫސް

އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

20 ސެޕްޓެމްބަރު 2026 | އާދީއްތަ 04:00

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ އަސާސީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި. މި ދައުވާގައި ބުނެފައިވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެޅި މި ފިޔަވަޅަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް، މިނިވަން މުޖުތަމައެއްގައި ހައްގުތައް ހިފެހެއްޓޭނެ މިންވަރަށް ވުރެ ބޮޑު ހިފެހެއްޓުމެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 04:00
ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރިވަނީ

ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރިވަނީ | ރާއްޖެ އެމްވީ

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި އެ ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ނިންމި ނިންމުމާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި އެދިފައިވަނީ އެ ނިންމުމަކީ އަސާސީ ހައްގުތަކެއް ނިގުޅައިގަނެފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ފިޔަވަޅު ބާތިލުކޮށްދިނުމަށެވެ.

Advertisement - newsAdvertisement

އެ ހައްގުތައް ހިފަހައްޓާފައިވާނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި ރައީސް އޮފީހުން ހައްގުތައް ހިފަހައްޓާފައިވަނީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރާ މިންވަރަކަށް ނޫން ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ވަނީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. 

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ އަސާސީ ހައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި، މިއިން އެއްވެސް ހައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ހައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ހައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށް އެ މާއްދާގައި އޮވެ އެވެ.

އަދަދު ނޫހަށް އެ އެޅި ފިޔަވަޅަށް ބަލައިލާއިރު، ރައީސް އޮފީހުން ފިޔަވަޅުއަޅާފައި ވަނީ، ސުލޫކީ މިންގަނޑާއި ހަމައާއި އެގޮތަށް ހުރި މާއްދާތަކަށް ރިޢާޔަތްކޮށްގެން ނަމަވެސް، އެ ގާނޫނުގެ 65 ވަނަ މާއްދާގައި ޑިއު ޕްރޮސެސް ފުރިހަމަކުރަންޖެހޭނެ ކަމަށް އޮވެ އެވެ. އަދި 67 ވަނަ މާއްދާގައި މީޑިއާތަކާ ފިޔަވަޅުތައް އަޅާއިރު، ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް އޮވެ އެވެ.  މިސާލަކަށް، ތެދު ނޫން މަޢުލޫމާތެއް ހާމަކުރާނަމަ ވެސް 72 ވަނަ މާއްދާގެ ދަށުން މައާފަށް އެދި ރަނގަޅުކުރަން ފުރުސަތު ދޭންޖެހެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދަދު ނޫސްސިވިލް ކޯޓު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި

14 ސެޕްޓެމްބަރު 2026
ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި
08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
05 ސެޕްޓެމްބަރު 2026

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

05 ސެޕްޓެމްބަރު 2026
ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ
03 ސެޕްޓެމްބަރު 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ހުކުމްކޮށްފި

03 ސެޕްޓެމްބަރު 2026
 އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ  ދޭން ހުކުމްކޮށްފި
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
25 އޯގަސްޓު 2026

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

25 އޯގަސްޓު 2026
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި
24 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!

24 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
24 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!

24 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
23 އޯގަސްޓު 2026

ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު

23 އޯގަސްޓު 2026
ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް