Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއު މަޑުޖައްސާލައި، މި މަޝްރޫއުއާ ގުޅޭ ހިސާބުތައް ދެއްކުމަށް ޒަރިޔަންދު ގޮވާލައްވައިފި

19 އޮކްޓޯބަރު 2026 | ހޯމަ 14:09

ރަސްމާލެ މަޝްރޫއުން ބޮޑު ގެއްލުމެއް ވާނެކަމަށް ލަފާކުރެވޭތީ، އެ މަޝްރޫއު މަޑުޖައްސާލައި ހިސާބުތައް ހާމަކުރުމަށް މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ގޮވާލައްވައިފި. މި މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ގާބިލުކަމާ މެދު ސުވާލު އުފައްދަވަމުން، 2037 ވަނަ އަހަރާ ހަމައަށް ދައުލަތަށް ގާތްގަނޑަކަށް 430 މިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށް އޭނާ ވިދާޅުވި. އެހެންކަމުން މިކަމުގައި ސަރުކާރުން ގެންގުޅޭ ހިސާބުތައް ދެފުށް ފެންނަ ގޮތަކަށް އާންމުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 19 އޮކްޓޯބަރު 2026 | ހޯމަ 14:09
ރަސްމާލެގެ މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

ރަސްމާލެގެ މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި | ރާއްޖެ އެމްވީ

ރަސްމާލެ މަޝްރޫއު މަޑުޖައްސާލައި، މި މަޝްރޫއުއާ ގުޅޭ ހިސާބުތައް ދެއްކުމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއިލް ޒަރިޔަންދު ގޮވާލައްވައިފި އެވެ. 

ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މި މަޝްރޫއުއިން ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ބުނަމުންދާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނޫން ކަމަށެވެ. މިހާރު ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ހިސާބުތަކުން ވަނީ ގެއްލުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން، ރަސްމާލެ މަޝްރޫއުގެ ސަބަބުން 2037 ވަނަ އަހަރާއި ހަމައަށް ވާނީ ގެއްލުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

މިގޮތުން އަޅުގަނޑު ދަންނަވަން ސަރުކާރުން ބުނެފައިވަނީ 12 ބިލިއަން ނުވަތަ 20 ބިލިއަންގެ އިންވެސްޓްމަންޓެއް ކަމަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ 2037 ވަނަ އަހަރާއި ހަމައަށް ލޮލުން ނާރެއް ކެނޑިގެން ވެސް އިންވެސްޓް ކުރެވޭނީ އެންމެ ގިނަ ވެގެން ވެސް އެތަނުގައި 1.9 ބިލިއަން ކަމަށް އެންމެ ބޮޑު ވަރަކަށް ވެސް. ދެން ރަސްމާލޭގައި މިހާރު އިމާރަތްކުރެވޭނެ ފްލެޓްތަކުގެ އަދަދާއި އަދި އެކަން ދާނެ ގޮތާއި ދޭތެރޭގައި ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު މި ހަވާލު ވެގެން އުޅޭ ކުންފުނީގެ އެހެން ދިމަ ދިމާލުގައި އެހެން ގައުމުތަކުގައި އެ ކުންފިނުން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ބިހޭވިއަރއަށް ބަލާއިރު އެކަން އެގޮތަށް ކުރެވިދާނެ ކަމަށް
އިސްމާއިލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ 2037 ވަނަ އަހަރާއި ހަމައަށް ސަރުކާރަށް 430 މިލިއަން ޑޮލަރާއި 285 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއްގައި ގެއްލުން ވާނެ ކަމަށެވެ. އަދި ޒަރިޔަންދު ވަނީ ހިސާބުތައް އާންމުކުރައްވާ ޗެލެންޖް ކުރެއްވުމަށް ސަރުކާރަަށް ގޮވާލައްވާފައި އެވެ. 

ސަރުކާރުން އަދި ހާއްސަކޮށް ދައުލަތަކުން ގައުމެއްގެ ރައްޔިތުންގެ މުހިއްމު އިސްތިރާޖީ ވަސީލަތަކާތް ބެހޭ ގޮތުން ހިސާބު ކުރެވޭ ކަމުގައި ވާނަމަ އެ ހިސާބުކުރުން ކުރަން ޖެހޭނީ އެކަމެއް ގަބޫލުކުރާ އެކަމެއްގެ ވިޔަފާރިއެއްގައި ބައިވެރިވާ ފަރާތެއްގެ އެހެން ބާވަތުގެ ޕްރޮޖެކްޓްތަކުގައި ހިންގާފައިވާ އަމަލުތަކަށް ބަލާފައިކަން ފާހަގަކުރައްވައި، ޒަރިޔަންދު ވަނީ އެހެން ގައުމުތަކުގައި އީގަލް ހިލްސް އިން ހިންގާފައިވާ މަޝްރޫއުތަކަށް ބަލާފައި ރަސްމާލެ މަޝްރޫއުއަކީ އެ ކުންފުންޏަށް ހިންގޭނެ މަޝްރޫއުއެއް ނޫން ކަން ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައި އެވެ.

އެހެންވީމަ އަޅުގަނޑު މިދެންނެވި ގެއްލުން ވާނެ ކަމަށް ގަބޫލު ކުރެވެނީ މިހާރު ބަލްގްރޭޓްގައި ހިންގާ ވޯޓަރ ފްރޮންޓް ޕްރޮޖެކްޓާއި އަދި އޭގެ އިތުރަށް އެހެނިހެން ގައުމުތަކުގައި އަލްބޭނިއާ ހަންގޭރީ ފަދަ ގައުމުތަކުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކަށް ބަލާފައި އެ ޕްރޮޖެކްޓްތަކުގެ ހަމަތަކުގެ މަތިން މިކުންފުންޏަކީ ރަސްމާލޭގައި 500 ހެކްޓަރުގެ ޕްރޮޖެކްޓެއް ހިންގޭ ވަރުގެ ގާބިލް ކުންފުންޏެއް ކަމަށް ގަބޫލު ނުކުރެވެނީ 
އިސްމާއިލް ޒަރިޔަންދު

އެހެންކަމުން ޒަރިޔަންދު ވަނީ ރަސްމާލެ މަޝްރޫއު ދެފުށް ފެންނަ ގޮތަކަށް ހިންގައި މި މަޝްރޫއުއާ ގުޅޭ ހިސާބުތަކާއި ހިސާބު ޖަހާފައި ހުރި ގޮތް ރައްޔިތުންނަށް ވެސް އެނގޭ ގޮތަށް އާންމު ކުރުމަށް ސަރުކާރަށް ގޮވާލާފައި އެވެ. އަދި މި މަޝްރޫއު މަޑު ޖައްސާލުމަށް ވެސް ޒަރިޔަންދު ގޮވާލެއްވި އެވެ.    

އިސްމާއީލް ޒަރިޔަންދުރަސްމާލެ މަޝްރޫއު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ

19 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ
18 އޮކްޓޯބަރު 2026

ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ

18 އޮކްޓޯބަރު 2026
ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ
17 އޮކްޓޯބަރު 2026

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026
ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!
17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
14 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
12 އޮކްޓޯބަރު 2026

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

12 އޮކްޓޯބަރު 2026
ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު
11 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު

11 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު
02 އޮކްޓޯބަރު 2026

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

02 އޮކްޓޯބަރު 2026
ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
02 އޮކްޓޯބަރު 2026

ސިއްރު އެއްބަސްވުމަކުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭ ބުނެގެން ނުވާނެ، އެފަދަ މަސައްކަތެއް އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ދިއުމަށް ޖާގަ ވެސް ދީގެން ނުވާނެ: ރައީސް ސޯލިހް

01 އޮކްޓޯބަރު 2026

ދުލުގައި ކައްޓެއް ނެތަތީ ކޮންމެ އެއްޗެއް ވެސް ކިޔެދާނެ، އެކަމަކު މި ސަރުކާރުން ދަރަނި އިތުރު ނުކުރާކަމަކަށް ނުވާނެ: ޒަރިޔަންދު

01 އޮކްޓޯބަރު 2026
ދުލުގައި ކައްޓެއް ނެތަތީ ކޮންމެ އެއްޗެއް ވެސް ކިޔެދާނެ، އެކަމަކު މި ސަރުކާރުން ދަރަނި އިތުރު ނުކުރާކަމަކަށް ނުވާނެ: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް