Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންޝިޕްމަންޓު ބަނދަރު

ޓްރާންޝިޕްމަންޓު ބަނދަރު ގާއިމުކުރުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ ގުޅޭގޮތުން ވަޒީރު ދެއްވި އަޕްޑޭޓް: "5 އަހަރު ތެރޭގައި، ހިނގާ ބަލަމާ!"

13 އޮކްޓޯބަރު 2026 | އަންގާރަ 06:13

ރާއްޖޭގައި ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅަކަށްވާއިރު، މި ފަސް އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން. އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ބަންކަރިންގެ ޚިދުމަތާއެކު މި މަޝްރޫއު ކުރިއަށްގެންދަން ގިނަ ގޮތްތަކެއް ހޯދަމުންދާކަމަށާއި، މިކަމާ ގުޅޭ އުފާވެރި ޚަބަރުތަކެއް ވަރަށް އަވަހަށް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އޮކްޓޯބަރު 2026 | އަންގާރަ 06:13

ޓްރާންޝިޕްމަންޓު ބަނދަރު ގާއިމުކުރުމަށް ރައީސް ވެފައިވާ ވައުދާ ގުޅޭގޮތުން ވަޒީރު ދެއްވި އަޕްޑޭޓް: "5 އަހަރު ތެރޭގައި، ހިނގާ ބަލަމާ!" | ރާއްޖެ ޓީވީ

ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމުގެ ލަނޑުދަނޑި މި 5 އަހަރު ތެރޭގައި ހާސިލު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރުގެ މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި އެ ވައުދުފުޅުތަކަކީ ފޮތެއްގައި ލިޔެވި، ސާފުކޮށް ފެންނަން ހުރި ކަންތައްތަކެއް ކަމަށާއި، މި ސަރުކާރާއި ކުރީގެ ސަރުކާރުތަކާ ހުރި ތަފާތަކީ އެއީކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ގޮތްތަކެއް ނުވަތަ އޮޕްޝަންތަކެއް ހޯދައި، އެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މި 5 އަހަރުގެ ތެރޭގައި އެކަންކަން ވޭތޯ ބަލަމުންދާ ކަމަށެވެ.

ބައިނަލްއަޤުވާމީ ޕޯޓް ޑިވޮލޮޕް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެ ވާންޖެހޭ ތައްޔާރީތައް ވަމުން އެ ދަނީ، ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް، އެ ވައުދުފުޅުތައް ވަނީ ފޮތެއްގައި ލިއުއްވާފައި، އެއީ މި ސަރުކާރާ މިދިޔަ ސަރުކާރުތަކާ ތަފާތުވާ ގޮތަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެތައް އޮޕްޝަންއެއް އަޅުގަނޑުމެން ހޯދައިގެން އެ ލަނޑުދަނޑި ހާސިލު ކުރަން މަސައްކަތް ކުރަމުންދަނީ، 5 އަހަރު ތެރޭގައި، ހިނގާ ބަލަމާ، ވަރަށް އަވަހަށް އަޑުއަހާލެވޭ ހިސާބަށް ގެންދެވޭނެކަމަށް މި ބަލަނީ
މުހައްމަދު ސައީދު

ބަންކަރިންގެ މަޝްރޫއު އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި މިއީ ކޮންމެހެން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ޓްރާންޝިޕްމަންޓް ބަނދަރާއި ބަންކަރިންގެ ޚިދުމަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފައިދާ ދިވެހި އިޤުތިޞާދަށް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކާ ގުޅޭ އުފާވެރި ޚަބަރުތައް ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް ތިލަވެގެންދާނެއެވެ. ނަމަވެސް މިއީ ރައީސްގެ މުހިއްމު ރިޔާސީ ވައުދުފުޅަކަށްވާއިރު، މި މަސައްކަތް ފެށޭނެ އިރެއް އަދިވެސް ވަޒީރަށް ސާފުކޮށް ނުދެވޭތީ، މިއީ ހަގީގަތުގައި ވެސް ސަރުކާރުން ކުރިއަށްގެންދާނެ މަޝްރޫއެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ޓްރާންސް ޝިޕްމެންޓް ބަނދަރުމުހައްމަދު ސައީދު ބަންކަރިންގ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2026

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

02 އޮކްޓޯބަރު 2026
ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
02 އޮކްޓޯބަރު 2026

ތިލަފުށި ޕޯޓާއެކު މުދާ އަވަހަށް ބޭލި، ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ: މިނިސްޓަރު ސައީދު

02 އޮކްޓޯބަރު 2026
ތިލަފުށި ޕޯޓާއެކު މުދާ އަވަހަށް ބޭލި، ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ: މިނިސްޓަރު ސައީދު
14 ސެޕްޓެމްބަރު 2026

މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު

14 ސެޕްޓެމްބަރު 2026
މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު
09 ސެޕްޓެމްބަރު 2026

ބައިސްކަލުގައި ތަންތަނަށް ގޮސްލުން ފެޝަނަކަށް ހަދައި، އެކަމަށް ބާރުއަޅާ މޫވްމަންޓެއް ބަޔަކު ފަށަންޖެހޭ: ސައީދު

09 ސެޕްޓެމްބަރު 2026
ބައިސްކަލުގައި ތަންތަނަށް ގޮސްލުން ފެޝަނަކަށް ހަދައި، އެކަމަށް ބާރުއަޅާ މޫވްމަންޓެއް ބަޔަކު ފަށަންޖެހޭ: ސައީދު
09 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު

09 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު
26 އޯގަސްޓު 2026

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

26 އޯގަސްޓު 2026
10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު
24 އޯގަސްޓު 2026

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

24 އޯގަސްޓު 2026
ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
08 އޯގަސްޓު 2026

އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟

08 އޯގަސްޓު 2026
އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް