Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯޝަލް ހައުސިންގ

ފްލެޓުތަކަށް ކުލި ނުދެއްކުނު ނަމަވެސް ރައްޔިތުންގެ ކަރަށް މަޅި ފައްތައި ބާރުކުރުމަކީ ހައްލެއް ނޫން: ސައިފް

18 އޮކްޓޯބަރު 2026 | އާދީއްތަ 08:48

ސޯޝަލް ހައުސިންގެ ކުލި ނުދެއްކޭ މީހުން ފްލެޓުތަކުން ބޭރުކުރުމުގެ ބަދަލުގައި، އެ މީހުންގެ ހާލަތު ބަލައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކުރީގެ ކައުންސިލަރު ސައިފް ވިދާޅުވި. ގިނަ ބަޔަކަށް ކުލި ނުދެއްކެނީ ނިޒާމީ މައްސަލަތަކެއްގެ ސަބަބުން ކަމަށާއި، އާއިލާތައް މަގުމަތިކުރުމުން މުޖުތަމައަށް އޭގެ ނޭދެވޭ އަސަރުކޮށް ދައުލަތަށް އޮންނަ ބުރަ ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2026 | އާދީއްތަ 08:48
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު ސައިފް ފާތިހު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު ސައިފް ފާތިހު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ސޯޝަލް ހައުސިން ދެނީ އަމިއްލަ ތަނަވަސްކަމުގައި ބޯހިޔާވަހިކަން ހޯދުމުގެ ކުޅަދާނަކަން ނެތް މީހުންނަށް ކަމަށްވާއިރު، އެފަދަ ފަރާތްތަކަށް ކުލި ނުދެއްކިގެން ފްލެޓުތަކުން ބޭރުކުރުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ، މި ސަރުކާރަށް ސޯޝަލް ހައުސިންއާއި ސޯޝަލް ޕްރޮޓެކްޝަންގެ މަފްހޫމް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ކަރަށް މަޅި ފައްތައި، އެ މަޅި ބާރުކުރަމުންދާ އުސޫލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ދުނިޔޭގެ އެހެން ގައުމުތަކުގައި ސޯޝަލް ހައުސިން ދިނުމަށްފަހު، ކުލި ނުދެއްކޭ ހާލަތްތަކުގައި އެ މީހުން މަގުމަތި ނުކުރާކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ، އޭގެ ބަދަލުގައި އެ ގޭބިސީތަކުގައި އުޅޭ މީހުންގެ އަދަދާއި، އެ މީހުންގެ އާމްދަނީއަށް އައި ބަދަލުތަކާއި، ވަޒީފާ ގެއްލިފައިވޭތޯ އަދި ކަރަންޓާއި ފެން ބިލު ފަދަ ޒަރޫރީ ޚަރަދުތައް ހަމަޖެއްސޭތޯ ބަލައި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ (ސޯޝަލް ސޭފްޓީ ނެޓް) ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. 

ކުލި ނުދެއްކިގެން މީހުން ބޭރުކޮށް މަގުމަތި ކުރުމުން އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާނެ ކަމަށާއި، އޭގެ ބުރަ އެންމެ ފަހުން އުފުލަން ޖެހޭނީ ވެސް ދައުލަތަށް ކަމަށް ސައިފް ވިދާޅުވި އެވެ. ކުދިންތަކަކާ އެކު އަންހެނަކު މަގުމަތިވުމުން ކުދިން ގޯސް މަގަކުން ދިއުމާއި، އާއިލާތައް ބިކަވެ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ހާލަތްތައް މެދުވެރިވުމަކީ ދައުލަތަށް އިތުރު ބުރައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލަކަށް އެހެން ގައުމުގައި މި ހުންނަނީ ބަލާނެ އެ ގޭގައި ދިރިއުޅެނީ ކިތައް މީހުންތޯ. އެ މީހުންގެ އިންކަމް އަށް ވަނީ ކިހިނެއްތޯ؟ އޭނަ ކުރީގައި ދެއްކިފައި މިއަދު ނުދެއްކެނީ ކީއްވެގެންތޯ؟ އޭނައަށް ވަޒީފާއަށް އެބަ ބޭނުންވޭތޯ؟ އޭނައަށް އެބަ ބޭނުންވޭތޯ އިތުރު އެ ގޭގެ ބިލުތައް ދައްކަން ލާރިއެއް. އެބައޮތް ދެއްތޯ ސޯޝަލް ޕްރޮޓެކްޝަން މެކޭނިޒަމެއް. މި މެކޭނިޒަމްގެ ބޭނުމަކީ އެއްކަލަ ވެއްޓިގެން އަންނަ މީހާ ވެސް ބިންމަތީގައި ބަންލާފަ ނުޖެހި، އޭނަގެ ޒިންދަގީ އެއްކޮށް ބަރުބާދުވެގެން ނުދާ ގޮތަށް ސޭފްޓީ ނެޓެއްގެ ގޮތުގައި މި އޮންނަނީ. އެ ސޭފްޓީ ނެޓުގެ ބައެއް ދެއްތޯ ސަރުކާރުން ދޭ ސޯޝަލް ހައުސިންގއަކީ؟ ދެން އެ ތަނުން އޭނަ ބޭރުކޮށްލީމާ ކޮބާތޯ ނަތީޖާއަކީ؟ މިއީ މި އޭގެ ނަތީޖާއަކީ ސަރުކާރުން ނޫންތޯ އޭނަ ދެން ބަލަހައްޓަން ޖެހެނީ
ސައިފް ފާތިހު

އެޗްޑީސީން 2025 ވަނަ އަހަރުގެ ޖޫން މަހު އާންމުކުރި ހިސާބުތަކަށް އިޝާރާތް ކުރައްވައި ސައިފް ވިދާޅުވީ، އެ ކޯޕަރޭޝަނުން ބަލަހައްޓާ 8,511 ފްލެޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3,219 ފްލެޓުން ކަމަށެވެ. އަދި ބާކީ 5,099 ފްލެޓުން ގަވާއިދުން ކުލި ނުދައްކާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވި އެވެ.

މިއީ މަދު ބަޔަކު ގަސްދުގައި ކުލި ނުދައްކައިގެން އުޅޭ އިސްތިސްނާ ހާލަތެއް ނޫން ކަމަށާއި، މިއީ މީހުންނަށް އެ އަދަދުތައް ނުދެއްކިގެން ދިމާވާ "ސްޓްރަކްޗަރަލް" އަދި ނިޒާމީ މައްސަލައެއް ކަމަށް ސައިފް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުގެ ޒިންމާއަކީ އެ މީހުން ބޭރުކޮށްލުމުގެ ބަދަލުގައި، ކުލި ނުދެއްކެނީ ކީއްވެގެންތޯ ބަލައި އެކަމަށް އެހީތެރިވެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް ހައުސިންގއެޗްޑީސީސައިފް ފާތިހު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

ސޯޝަލް ހައުސިންގގެ ކުލީގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރަން ޖެހޭ: ފަހި ޔޫނިއަން

11 އޮކްޓޯބަރު 2026
ސޯޝަލް ހައުސިންގގެ ކުލީގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރަން ޖެހޭ: ފަހި ޔޫނިއަން
10 އޮކްޓޯބަރު 2026

ހުޅުމާލެ ބެލެހެއްޓުމުގައި އެޗްޑީސީ ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި: މޭޔަރު އާޒިމް

10 އޮކްޓޯބަރު 2026
ހުޅުމާލެ ބެލެހެއްޓުމުގައި އެޗްޑީސީ ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި: މޭޔަރު އާޒިމް
13 އޯގަސްޓު 2026

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

13 އޯގަސްޓު 2026
ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!
18 ޖުލައި 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި

18 ޖުލައި 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި
02 ޖުލައި 2026

އެއް އަހަރުން ނިންމާނެ ކަމަށް ބުނެ 278 މިލިއަން ރުފިޔާއަށް ހަވާލުކުރި ހިޔާ ޓަވަރުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ!

02 ޖުލައި 2026
އެއް އަހަރުން ނިންމާނެ ކަމަށް ބުނެ 278 މިލިއަން ރުފިޔާއަށް ހަވާލުކުރި ހިޔާ ޓަވަރުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ!
20 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި

20 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
12 ޖޫން 2026

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

12 ޖޫން 2026
އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް