Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ބައިސްކަލުގައި ތަންތަނަށް ގޮސްލުން ފެޝަނަކަށް ހަދައި، އެކަމަށް ބާރުއަޅާ މޫވްމަންޓެއް ބަޔަކު ފަށަންޖެހޭ: ސައީދު

9 ސެޕްޓެމްބަރު 2026 | ބުދަ 06:38

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ބައިސްކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމުގެ އާދަ އަލުން އަށަގަންނުވަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ މިއީ ބޯދާ ކަމެއްގެ ގޮތުގައި ނުދެކި، މުސްތަގުބަލަށްޓަކައި މިފަދަ ކަންކަން ފެޝަނަކަށް ހަދައި ހާއްސަ ހަރަކާތްތަކެއް ފެށުން މުހިންމު ކަމަށް. އެހެންކަމުން، ކުރީގެ ދިވެހި ސަގާފަތުގައި އޮތް ބައިސްކަލް ދުއްވުމުގެ އާދައަށް ރުޖޫއަވުމަކީ ސިއްހީ ގޮތުންނާއި ދަތުރުފަތުރުގެ ނިޒާމަށް ލިބޭނެ ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ސެޕްޓެމްބަރު 2026 | ބުދަ 06:38

ބައިސްކަލުގައި ތަންތަނަށް ގޮސްލުން ފެޝަނަކަށް ހަދަންޖެހޭ، އެއީ އޮލްޑް ފެޝަންކަމެއް ނޫން: ސައީދު | ރާއްޖެ އެމްވީ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި، ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށްޓަކައި ބައިސްކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމުގެ އާދަ އަލުން އަށަގަންނުވަން ޖެހޭ ކަމަށް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބައިސްކަލުގައި ދަތުރުފަތުރު ކުރުމަށް ބާރުއެޅުމަށްޓަކައި ހާއްސަ މޫވްމަންޓުތަކެއް ނުވަތަ ހަރަކާތްތަކެއް ފެށެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ބައިސްކަލް ދުއްވުމަކީ އެއީ "އޮލްޑް ފެޝަން" ނުވަތަ ބޯދާ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަތްދިހައިގެ އަހަރުތަކާއި އައްޑިހަ ނުވަތަ ނުވަދިހައިގެ އަހަރުތަކުގައި ދިވެހިން އުޅުނު ގޮތަށް ބަލައި، އެ ދުވަސްވަރު އޮތް ބައިސްކަލް ދުއްވުމުގެ ސަގާފަތަށް ރުޖޫއަވުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. މިއީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލެއްގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

މީގެ އިތުރުން، މިފަދަ ކަންކަމަކީ މުޖުތަމައުގެ ތެރޭގައި ފެޝަނެއްގެ ގޮތުގައި ބަލައިގަންނަ ކަންކަމަށް ހެދުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިފަދަ ބަދަލުތަކަކީ މުސްތަގުބަލަށްޓަކައި ވިސްނަންޖެހިފައިވާ ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މުހައްމަދު ސައީދު ސައިކަލުދުޅަހެޔޮ ދިރިއުޅުން

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު

09 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު
26 އޯގަސްޓު 2026

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

26 އޯގަސްޓު 2026
10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު
24 އޯގަސްޓު 2026

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

24 އޯގަސްޓު 2026
ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
08 އޯގަސްޓު 2026

އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟

08 އޯގަސްޓު 2026
އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
09 ނޮވެމްބަރު 2025

ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

09 ނޮވެމްބަރު 2025
ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި
28 އޮކްޓޯބަރު 2025

ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި

28 އޮކްޓޯބަރު 2025
ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި
16 އޮކްޓޯބަރު 2025

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

16 އޮކްޓޯބަރު 2025
އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ
15 އޮކްޓޯބަރު 2025

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް