Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހިކަލް ފީ

ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު

9 ސެޕްޓެމްބަރު 2026 | ބުދަ 06:11

ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާޙާއެކު ވެހިކަލް ފީގެ އާމްދަނީ ސީދާ ޓްރެފިކް މައްސަލަތައް ހައްލުކުރަން ބޭނުންކުރަން ނިންމުމުން، މާލެ ސިޓީ ކައުންސިލުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި. މޭޔަރު އާޒިމް ވިދާޅުވީ މި ފައިސާ އުނިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ސެޕްޓެމްބަރު 2026 | ބުދަ 06:11
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު | ރައީސް އޮފީސް

މާލެ ސަރަހައްދުން ވެހިކަލް ފީ އާއި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ، ޓްރާންސްޕޯޓް މިނިސްޓްރީން ރާވާފައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުން ކުރުން މާ އެކަށީގެންވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެކުރިން މާލެ ސިޓީ ކައުންސިލަށް ލިބެމުންދިޔަ މި ފައިސާ، ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިޞްލާހާއެކު ދެން ބޭނުންކުރާނީ ސީދާ ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ސައީދު ވިދާޅުވީ، ވެހިކަލް ބޭނުންކުރާ ފަރާތްތަކުން ދައްކާ ފައިސާ މީގެކުރިން ސިޓީ ކައުންސިލުން ބޭނުންކުރަމުން ދިޔައީ ޑިޒާސްޓަރ މެނޭޖްމަންޓާއި މިސްކިތްތައް ބެލެހެއްޓުން ފަދަ އެހެނިހެން ހަރަކާތްތަކަށް ކަމަށެވެ. ނަމަވެސް، އިސްލާމިކް މިނިސްޓަރާ މަޝްވަރާކުރެއްވުމުން، އެ މިނިސްޓްރީން އެކަނި މިސްކިތްތައް ބެލެހެއްޓި ނަމަވެސް މިހާރަށްވުރެ މާ ރަނގަޅަށް އެކަން ކުރެވޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ސައީދު ފާހަގަކުރެއްވި އެވެ. އަދި ވެހިކަލް ފީ ނުލިބުނު ކަމުގައިވިޔަސް، ކައުންސިލްތަކަށް ބަޖެޓު ދީފައި އޮންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދަތުރުފަތުރުގެ ޤާނޫނަށް ގެނައި މި އިސްލާހާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މޭޔަރު ވިދާޅުވީ ވެހިކަލް ފީގެ ގޮތުގައި ލިބޭ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މި ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މަގުމަތި ކުނިކަހައި ސާފުކުރުމަށް ބޭނުންކުރާ މައިގަނޑު ފަންޑު ކަމަށް އާޒިމް ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، ކައުންސިލުން އުނިކުރި މި ފައިސާގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ ޒަރޫރީ ޚިދުމަތްތައް ހުއްޓުމަކަށް އައިސް، މާލޭގެ އާންމު މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މި ބަދަލަކީ ހަމައެކަނި ވެހިކަލް ރަޖިސްޓްރޭޝަން ޒޯނަށް އަންނާނެ ބަދަލެއް ކަމަށާއި، މީގެ ބޭނުމަކީ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުން ކަމަށެވެ.

މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ" ގެ ނަމުގައި ވަކި އޮފީހަކާއި، އެޑްވައިޒަރީ ބޯޑެއްގެ އިތުރުން ޚާއްޞަ ފަންޑެއް އުފެއްދުމަށް ހިމަނައި، އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

މާލެ ސިޓީމުހައްމަދު ސައީދު ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި އޮފީހަކާއި، އެޑްވައިޒަރީ ބޯޑަކާއި، ފަންޑެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީގުކޮށްފި

26 އޯގަސްޓު 2026

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

26 އޯގަސްޓު 2026
10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު
26 އޯގަސްޓު 2026

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

26 އޯގަސްޓު 2026
މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި
24 އޯގަސްޓު 2026

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

24 އޯގަސްޓު 2026
ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
20 އޯގަސްޓު 2026

މަސް މާރުކޭޓް ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި

20 އޯގަސްޓު 2026
މަސް މާރުކޭޓް ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި
08 އޯގަސްޓު 2026

އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟

08 އޯގަސްޓު 2026
އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
20 ޖުލައި 2026

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު، ތޮއްޖެހުން ކުޑަކުރަން ޖެހޭ: އާޒިމް

20 ޖުލައި 2026
މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު، ތޮއްޖެހުން ކުޑަކުރަން ޖެހޭ: އާޒިމް
19 ޖުލައި 2026

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

19 ޖުލައި 2026
ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް