ރަށްރަށުން އަންނަ ބޯޓުތަކުން މުދާ ބޭލުވުމާއި އެރުވުމަށް ވަރަށް ގިނަ ދުވަސް އެބަ ނަގާ، މިކަމުގެ ސަބަބުން ރަށްރަށުގެ ތަކެތީގެ އަގު ދަނީ ބޮޑުވަމުން: ފައިސަލް
11 އޮކްޓޯބަރު 2026 | އާދީއްތަ 14:03މާލެއިން މުދާ ބަރުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ، އަތޮޅުތަކުގެ ބޯޓުފަހަރަށް ކުރެވޭ ދަތުރުތައް މަދުވެ ތަކެތީގެ އަގު އުފުލެމުންދާ ކަމުގެ ކަންބޮޑުވުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޅުކުރައްވައިފި. މި އިންތިޒާމުތައް ހަރުދަނާކޮށް، އެމްޑީޕީގެ ސަރުކާރެއްގައި މިކަމަށް ލުޔެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެ އެމްވީ
ރަށްރަށުން އަންނަ ބޯޓުތަކުން މުދާ ބޭލުވުމާއި އެރުވުމަށް ވަރަށް ގިނަ ދުވަސް އެބަ ނަގާ ކަމަށާއި މިކަމުގެ ސަބަބުން ރަށްރަށުގެ ތަކެތީގެ އަގު ދަނީ ބޮޑުވަމުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އަތޮޅުތަކުން ދަތުރުކުރާ ބޯޓުތަކަށް ޒިޔާރަތްކުރުމަށްފަހު ދެއްވި އިންޓަވިއުގައި ފައިސަލް ވިދާޅުވީ، އޮޑިވެރިންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
އެގޮތުން، ރަށްރަށުން ގެންނަ މުދާ ބޭލުމަށާއި މާލެއިން ރަށްރަށަށް ގެންދާ މުދާ އެރުވުމުގެ ގިނަ ދުވަސްތަކެއް ނަގަމުން ދާތީ ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ކުރީގައި ގާތްގަނޑަކަށް މަހަކު 4 ދަތުރު ކުރެވޭ ކަމުގައި ވަންޏާ މިހާރު އެ ބަދަލުވެއްޖެ އެންމެ ދަތުރަކަށް. އެހެންވީމާ މިކަންތައްތަކުގެ ސަބަބުން ތަކެތީގެ އަގު ވެސް މިދަނީ ބޮޑުވަމުން ރަށްރަށުން ލިބޭފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ މި ނޫން އެހެން އިންތިޒާމެއް ހަމަޖެހި ވަކި ބަޔަކު ބަލަހައްޓަމުންދާ ކަމުގައި ވާނަމަ މިއަށްވުރެ ފަސޭހަވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމެއްގައި މިކަންކަން ފަސޭހަކޮށްދީ އަދި އަވަސްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.










