Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

8 އޮކްޓޯބަރު 2026 | ބުރާސްފަތި 03:50

ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ފައިސަލްގެ ރަނިންމޭޓަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވާފައިވާއިރު، މި ނިންމެވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު އޮތްކަން ފައިސަލް ވަނީ ހާމަކުރައްވާފައި. އަދި ގައުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ވަރުގަދަ ޓީމަކާއެކު ނުކުންނަވާކަން ފައިސަލް ފާހަގަކުރެއްވި. އާޒިމް ވިދާޅުވީ ފައިސަލްއަކީ ގައުމީ ތަރައްގީގެ މަސައްކަތްތަކުގައި ނަމޫނާ ދެއްކެވި ހީވާގި ލީޑަރެއް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 03:50
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | މާލެ ސިޓީ ކައުންސިލް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބައްލަވައި، އެކަމާ ގުޅޭގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ އެ މަޝްވަރާތަކަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި މި ނިންމެވުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އެބައޮތެވެ. ރައީސް ސޯލިހަކީ  ނިމުނު ސަރުކާރުގައި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މި މަސައްކަތަށް ނުކުންނަވަނީ ގައުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ވަރުގަދަ ޓީމަކާއެކު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އާދަމް އާޒިމް ފަދަ ހީވާގި ބޭފުޅަކު އަރިހުގައި ހުންނެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވި ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި އޮވެގެން މިކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ކަމަށްވަންޏާ އެނގިވަޑައިގަންނަވާނެ ރައީސް ސޯލިހަކީ އެއީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރައްވާ. މިގޮތަށް މިދަތުރު ފެށޭއިރު ވެސް ޚާއްސަކޮށް ޓީމެއްގެ ގޮތުގައި.އަޅުގަނޑުމެން މިނުކުންނަނީ ފަސޭހަ ކަމެއް ކުރާކަށް ނޫން. މިއީ ވަރަށް އުނދަގޫ ކަމެއް. ވަރަށް މުހިންމު ކަންތައްތަކެއް. ރާއްޖޭގެ މަސްރަހުގައި މިއަދު ފޯކަސް އެކި ދިމަދިމާލުގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރީ ދަތުރު ފެށުމުގައި ވެސް އަޅުގަނޑުމެންނަށް ވަރުގަދަ ޓީމަކާއެކު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ ރެއާދުވާލު ހުއްޓުމެއް ނެތި މަސައްކަތް ކުރެވޭނެ ޓީމެއް އޮތުން
ފައިސަލް ނަސީމް

ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސަށާއި ނައިބު ރައީސަށް އެ ޕާޓީގެ ބޭފުޅުން ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ފައިސަލްއަކީ ނިމިދިޔަ ސަރުކާރުގައި ވެސް ވަރަށް ގާތުން މަސައްކަތް ކުރެއްވި، ރާއްޖޭގެ ތަރައްގީގެ ކަންކަމާއި ޚާއްސަކޮށް އާރްޓީއެލްގެ ޚިދުމަތް ފަދަ މުހިންމު މަޝްރޫއުތައް ކޮންމެ ދުވަހަކު ގާތުން ބައްލަވަމުން ގެންދެވި މުރާލި ލީޑަރެއް ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | މާލެ ސިޓީ ކައުންސިލް

މީގެ އިތުރުން އާޒިމް ވިދާޅުވީ، ފައިސަލް ފަދަ ގައުމަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވާނެ ބޭފުޅަކު ދެއްވި ދައުވަތު ގަބޫލުކުރައްވައި، ނައިބު ރައީސްގެ ގޮތުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ހުންނެވީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ފައިސަލްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވި 4 ވަނަ ބޭފުޅާ އެވެ. ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުން މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. 

ފައިސަލް ނަސީމްއާދަމް އާޒިމްއެމްޑީޕީ

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު

04 އޮކްޓޯބަރު 2026
މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު
04 އޮކްޓޯބަރު 2026

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު
04 އޮކްޓޯބަރު 2026

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
04 އޮކްޓޯބަރު 2026

މާލޭގައި ފެން ހެދެމުންދާތާ 30 އަހަރަށްފަހު ފެން ހިންދާ ހަރުދަނާ ނިޒާމެއް ކައުންސިލުން ގާއިމުކުރީ ބަޖެޓުން ލިބޭ 5 އިންސައްތައިން: އާޒިމް

04 އޮކްޓޯބަރު 2026
މާލޭގައި ފެން ހެދެމުންދާތާ 30 އަހަރަށްފަހު ފެން ހިންދާ ހަރުދަނާ ނިޒާމެއް ކައުންސިލުން ގާއިމުކުރީ ބަޖެޓުން ލިބޭ 5 އިންސައްތައިން: އާޒިމް
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
03 އޮކްޓޯބަރު 2026

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބާއްވަން ނިންމައިފި

03 އޮކްޓޯބަރު 2026
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބާއްވަން ނިންމައިފި
03 އޮކްޓޯބަރު 2026

ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ އަދަދު 3 ގުނަ ބޮޑުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީ އިން ފާސްކޮށްފި

03 އޮކްޓޯބަރު 2026
ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ އަދަދު 3 ގުނަ ބޮޑުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީ އިން ފާސްކޮށްފި
03 އޮކްޓޯބަރު 2026

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުތައް އުވާލުން ހިމެނޭހެން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް

03 އޮކްޓޯބަރު 2026
އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުތައް އުވާލުން ހިމެނޭހެން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް
02 އޮކްޓޯބަރު 2026

އަމާޒަކީ މާލެ އިން ރައްޔިތުން ހޯދަން އެދޭ ދިރިއުޅުން ރަށްރަށުން ހޯދާ ދީ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން: ނަޝީދު

02 އޮކްޓޯބަރު 2026
އަމާޒަކީ މާލެ އިން ރައްޔިތުން ހޯދަން އެދޭ ދިރިއުޅުން ރަށްރަށުން ހޯދާ ދީ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން: ނަޝީދު
01 އޮކްޓޯބަރު 2026

ރާއްޖެއަށް އައި ތަރައްޤީގެ އަސްލަކީ އެމްޑީޕީ، މި ސަރުކާރު ބަދަލުކޮށް އަނެއްކާ ވެސް ހެޔޮ ބަދަލު ގެންނާނަން: ރައީސް ނަޝީދު

01 އޮކްޓޯބަރު 2026
ރާއްޖެއަށް އައި ތަރައްޤީގެ އަސްލަކީ އެމްޑީޕީ، މި ސަރުކާރު ބަދަލުކޮށް އަނެއްކާ ވެސް ހެޔޮ ބަދަލު ގެންނާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް