Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. މަގުދޫ

މަގޫދޫ އެއަރޕޯޓް: 12 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް 2025 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ވިދާޅުވި ނަމަވެސް އަދިވެސް ނުނިމޭ!

9 އޮކްޓޯބަރު 2026 | ހުކުރު 11:04

ފ. މަގޫދޫ އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް މި ސަރުކާރުން އެ މަޝްރޫއު ހުއްޓާލާފައިވާތީ، ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް ކަންބޮޑުވުން ފާޅުކުރައްވައިފި. ބޭރުގެ އެހީގައި ފެށި މި މަޝްރޫއު ނިންމުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، ދައުލަތުގެ ބޮޑު ހަރަދެއް އިސްރާފުވަމުންދާކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 9 އޮކްޓޯބަރު 2026 | ހުކުރު 11:04
ފ. މަގޫދޫ އެއަރޕޯޓް

ފ. މަގޫދޫ އެއަރޕޯޓް | އެމްޓީސީސީ

ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާނެ ކަމަށް ވިދާޅުވި ތާރީހަށް ނުނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ފެށީ އޭގެ ފައިދާ ސަރުކާރަށް ވާނެ ގޮތަކަށް ކަމަށާއި، އެ އެއަރޕޯޓް ވެގެން ދާނީ އާންމުކޮށް ރާއްޖެގައި އަޅާ ވަރަށް ވުރެ ރަނގަޅު ފެންވަރުގެ އެއަރޕޯޓަކަށް ކަމަށެވެ.  

Advertisement - newsAdvertisement

އެގޮތުން، މި މަޝްރޫއު ފެށީ 1800 މީޓަރުގެ ރަންވޭއަކާއި އެކީގައި ނިންމަން ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މި އެއަރޕޯޓަކީ ބޭރުގެ ފަރާތްތަކުން އެހީ ހޯދައިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. 

އަޅުގަނޑުމެން އެކިއެކި އިންވެސްޓަރުން ހޯދައިގެން، އެޔަށް ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑަށް ކުށެއް ނޫނީއާ ވިއްސަކަށް މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ވަނީ މަގޫދޫ އެއަރޕޯޓަށް އެޅިފައި، އެއީ ބޭރުން ހަމަ އަޅުގަނޑު މަސައްކަތް ކޮށްގެން ހޯދި ފަންޑުން އެ ގެނެސް ލައިގެން އަޅުގަނޑުމެން މަސައްކަތް ފެށީ، އެއީ ސަރުކާރުން ހުޅުވާލީ ފަންޑަށް
އަހުމަދު ހަލީމް 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރުގައި މަގޫދޫ އެއަރޕޯޓުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް ނިމިފައިވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެގޮތުން އެއަރޕޯޓް ޓާމިނަލްގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި، ރަންވޭގައި ވެސް ތާރު އެޅޭ ވަރަށް އޭބީސީ އަޅާ ނިންމާފައި ވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ޓަވަރުގެ މަސައްކަތް ވެސް ނިމިފައިވާކަން އަހުމަދު ފާހަގަކުރެއްވި އެވެ. 

ރަންވޭގެ ހިލަޖެހުމުގައި ވެސް ގާތްގަނޑަކަށް ތިން ބައި ކުޅަ ދެބައިގައި ހިލަ ޖެހިފައި. އަޅުގަނޑު ދެކޭ ގޮތުގައި 25އަކަށް ޕަސަންޓް މި އިނީ މުޅިން ކޮމްޕްލީޓް ކުރަން. އެހާ ހިސާބަށް އެއަރޕޯޓުގެ މަސައްކަތް ނިމިފައި މިހުރީ. އަނެއްހެން ބުނަންޏާ ހަ މަސް ދުވަހުގެ މަސައްކަތެއްކޮށްފި ނަމަ ރީޗަށް ބޯޓު ޖެއްސޭ ވަރަށް މަސައްކަތް ނިމޭނެ
އަހުމަދު ހަލީމް

ނަމަވެސް މިސަރުކާރު އައުމަށްފަހު މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ، 21 ސެޕްޓެމްބަރު 2025 ގައި ރައީސް މުއިއްޒު މަގޫދޫއަށް ވަޑައިގެން 12 މަސް ދުވަހުގެ ތެރޭގައި މަަސައްކަތް ނިންމަވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. އަދި މިއަދާއި ހަމައަށް އައިއިރު އެއަރޕޯޓުގެ މަސައްކަތް ހިނގާފައި ވަނީ ފިނިހަކަ ދުވަލޭގައި ކަމަށް އަހުމަދު ވިދާޅުވި އެވެ. 

މިހާރު މަގޫދޫ އެއަރޕޯޓުގެ ސަރަހައްދާއި ރަންވޭ ވަށައިގެން އޮތީ ގަސް ފަޅާފައި ކަމަށާއި، އެމްޓީސީސީ އިން ކުރާ މަސައްކަތަކީ އެތަނުގައި ހުރި ގަސްތައް ނޮޅުމުގެ މަސައްކަތް ކަމަށް އަހުމަދު ވިދާޅުވި އެވެ. 

މީގެ އިތުރުން، އަހުމަދު ވަނީ މިހާތަނަށް 200 އެއްހާ މިލިއަން ރުފިޔާ މަގޫދޫ އެއަރޕޯޓަށް ހަރަދުކޮށްފައިވާއިރު، މިހާރު އެ ދަނީ ދައުލަތުގެ ވަރަށް ގިނަ ފައިސާ އިސްރާފުވަމުން ކަމަށް ވިދާޅުވެފަ އެވެ. 

ފ. މަގުދޫ އެއަރޕޯޓްއަޙްމަދު ޙަލީމް

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
18 ސެޕްޓެމްބަރު 2026

ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ނުލިބޭނެ: ދޮންބިލެތް

18 ސެޕްޓެމްބަރު 2026
ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ނުލިބޭނެ: ދޮންބިލެތް
26 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."

26 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."
24 އެޕްރީލު 2026

މުޒާހަރާގެ އަންހެން ބައިވެރިއަކަށް ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކޮށްފި

24 އެޕްރީލު 2026
މުޒާހަރާގެ އަންހެން ބައިވެރިއަކަށް ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކޮށްފި
02 އެޕްރީލު 2026

ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް: ދޮންބިލެތް

02 އެޕްރީލު 2026
ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް:  ދޮންބިލެތް
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
23 މާރިޗު 2026

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

23 މާރިޗު 2026
ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް
18 މާރިޗު 2026

ފ. މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފާތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބަނީ

18 މާރިޗު 2026
ފ. މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފާތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބަނީ
27 ފެބުރުއަރީ 2026

މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

27 ފެބުރުއަރީ 2026
މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި
03 އެޕްރީލު 2024

ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު

03 އެޕްރީލު 2024
ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް