Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.މަގޫދޫ އެއަރޕޯޓު

ފ. މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފާތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބަނީ

އެރަށުން މައުލޫމާތު ދިން މީހަކު ބުނީ، ގިނަ އަދަދެއްގެ ފީފާތަކެއްގައި ތާރު ގެނެސްފައިވާ ކަމަށާއި، އެއީ އެއަރޕޯޓުގެ ރަންވޭގައި އެޅުމަށް ގެނެސްފައިވާ ތާރު ކަމަށް. އެ ތަކެތި ގެނެސްފައިވަނީ ހދ. ހަނިމާދޫއިން ކަމަށާއި، އެއީ ހަނިމާދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް ފަހު ބާކިވެފައި ހުރި ތާރު ފީފާތަކެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް. އެއަރޕޯޓުގެ މަސައްކަތު ސައިޓުގައި އެ ފީފާތައް ބަހައްޓާފައި ހުރިއިރު މިތަކެތި ނުބަލަހައްޓާ ކަމަށާއި، ތާރުގެ ކޮލެޓީއާ މެދު އޭނާ ސުވާލު އުފެއްދި. އަދި ވިދާޅުވީ މިއީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2026 | ބުދަ 08:56
ފ.މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފީތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބަނީ.

ފ.މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފީތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބަނީ. | ރާއްޖެއެމްވީ

ފ.މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފާތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބައިފި އެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ދަބަރު ޖަހާފައިހުރި ފީފާތަކެއްގައި ތާރު ގެނެސްފައިވާ ކަމަށާއި، އެއީ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތަކެތި ކަމަށެވެ. އަދި ވިދާޅުވީ އެ ފީފާތައް އަމިއްލައަށް ފަޅައިގެން ގޮސް މިހާރު ގިނަ އަދަދެއްގެ ތާރު ބިން މައްޗަށް ފައިބާފައިވާ ކަމަށެވެ.

އެއީ ކިހައި އަދަދެއްގެ ފީފާއެއް ކަމެއް އަދި ފަޅައިގެން ދިޔައީ އެ ތަކެތި ބަހައްޓާފައި ހުރި ގޮތުން ކަމެއް ސާފެއް ނުވެ އެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. 

ނަމަވެސް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ، ގިނަ އަދަދެއްގެ ފީފާތަކެއްގައި ތާރު ގެނެސްފައިވާ ކަމަށާއި، އެއީ އެއަރޕޯޓުގެ ރަންވޭގައި އެޅުމަށް ގެނެސްފައިވާ ތާރު ކަމަށެވެ. އެ ތަކެތި ގެނެސްފައި ވަނީ ހދ. ހަނިމާދޫއިން ކަމަށާއި، އެއީ ހަނިމާދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށްފަހު ބާކިވެފައި ހުރި ތާރު ފީފާތަކެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެ ފީފާތައް ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައި ހަލާކުވެފައި ކަމަށާއި، އަވީގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ފަޅައިގެން ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ.

އެއަރޕޯޓުގެ މަސައްކަތު ސައިޓުގައި އެ ފީފާތައް ބަހައްޓާފައި ހުރިއިރު، މިތަކެތި ނުބަލަހައްޓާ ކަމަށާއި، ތާރުގެ ކޮލެޓީއާ މެދު އޭނާ ސުވާލު އުފެއްދި އެވެ. އަދި ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މަގޫދޫ އެއަރޕޯޓުގެ މަޝްރޫއަށް ގެނެސްފައިވާ ތާރު ފީފީތައް ފަޅައިގެންގޮސް ބިން މައްޗަށް ފައިބައިފައިވާއިރު، މި ރަމާޟާން މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ އެކަން ހުއްޓުވާފައިވެ އެވެ.

ގާތްގަނޑަކަށް 900 މީހުންގެ އާބާދީ އެއް އޮންނަ މަގޫދޫ ރައްޔިތުން އެއަރޕޯޓުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ މީގެ ކުރިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއި ގުޅިގެން މަޝްރޫއު ކުރިއަށް ގެންގޮސްފައިނުވެ އެވެ. ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވީފަހުން ފ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި އެރަށަށް 21 ސެޕްޓެންބަރު 2025 ގައި ވަޑައިގަންނަވައި ވިދާޅުވީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

ފ.މަގޫދޫފ. މަގުދޫ އެއަރޕޯޓް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

27 ފެބުރުއަރީ 2026
މަގޫދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް އެރަށަށް ގެނެސްފައިވާ ހިލަވެލި، ސަރުކާރުން ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި
03 އެޕްރީލު 2024

ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު

03 އެޕްރީލު 2024
ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު
10 ޖުލައި 2017

އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު

10 ޖުލައި 2017
އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު
09 ޖުލައި 2017

އިތުރު މަގެއްގައި ތާރު އަޅަނީ

09 ޖުލައި 2017
އިތުރު މަގެއްގައި ތާރު އަޅަނީ
03 ޖޫން 2017

ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

03 ޖޫން 2017
ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު