މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު
5 އޮކްޓޯބަރު 2026 | ހޯމަ 12:11ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ކުއްޔަށް ދިނުމަކީ ބިން މިލްކުކޮށްދިނުން ފަދަ ކަމެއް ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ރަސްމާލެއިން ބިން ދޫކުރުމުގައި ދިވެހިންނަށް އޮތް އުސޫލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މިއީ ބޭރުގެ ބަޔަކު ރާއްޖޭގައި ވަޒަންވެރިވުމަށް މަގުފަހިކުރުން ކަމަށް އޭނާ ތުހުމަތުކުރެއްވި


ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ''ދިވެހީންގެ ރާއްޖެ'' ގެ ނަމުގައި އައިސް މިއަދު ފެނިގެން މިދަނީ ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، 20 ވަނަ މަޖިލީހުން މި ފުރުސަތު ދެނީ ބޭރު ގައުމެއްގެ ބަޔަކު މި ރާއްޖޭގައި ވަޒަންވެރިވުމަށް ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ދޫނުކުރާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށާއި، ނަމަވެސް މިއަދު ޕީއެންސީގެ މަޖިލިސް މެންބަރުނާއެކު މި ސަރުކާރުން ބިމުގެ 500 ހެކްޓަރު ދޫކޮށްލަނީ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
މިއީ ރިސޯޓްތައް ކުއްޔަށް ދިނުމާ މުޅިން ތަފާތު ކަމެއްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ 99 އަހަރަށް ބިން ކުއްޔަށް ދިނުމަކީ ބިން މިލްކުކުރުމާ އެއްވެސް ތަފާތެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި މިކަމަށް މަޖިލީހުގެ ތެރެއިން ދެކޮޅު ހެދި ނަމަވެސް މަޖިލިސް އަޅުވެތިވެފައި އޮތުމުގެ ސަބަބުން މިކަން ފާސްވާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ބުނަމުންދިޔައީ ދިވެހީން ފަސްޓޭ، ދިވެހިންނަށޭ އިސްކަންދޭނީ ދިވެހީންގެ ރާއްޖެއޭ. އެހެންނަމަވެސް، ނިމުނު އިރު އާޚިރުގައި ދިވެހީން މިވީ ޑަސްޓަށްހުސެއިން ޒިޔާދު
މީގެއިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ރަސްމާލެއިން ދިވެއްސަކު ގޯއްޗެއް ބޭނުންވާނަމަ އަނބިމީހާގެ ވާރުތަ މުދަލާއި ފިރިމީހާގެ ދަރިފަސްކޮޅުގެ ވާރުތަ މުދާ ދޫކޮށްލަންޖެހޭ ގޮތަށް އޮތުމަކީ ހިތާމަވެރިކަމެއް ކަމަށާއި، މިއީ ތާރީޚީ ގޮތުން ރާއްޖެއަށް އައި ވަރަށް ހިތާމަވެރި އަދި ނުބައި ފެށުމެއް ކަމަށެވެ.
މެންބަރު ޒިޔާދު ވިދާޅުވީ، ދުވަސްކޮޅަކުން ރަސްމާލޭގެ އެއްފަޅީގައި ދިރިއުޅޭނީ އަންއާރުން ކަމަށާއި، އަނެއް ފަޅީގައި ހިމާރުން ކަމަށެވެ. ނަމަވެސް މިއީ ދިވެހިންގެ ފައިސާއިން ހިއްކާފައިވާ އެންމެ ބޮޑު ރަށް ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވި އެވެ.











