Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް

5 އޮކްޓޯބަރު 2026 | ހޯމަ 04:47

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި، އެ މަޝްރޫއަށް މާބޮޑަށް އިސްކަންދިނުމުގެ ސަބަބުން ރަށްރަށުގެ އަސާސީ މަޝްރޫއުތައް ހުއްޓިފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތުހުމަތުކުރެއްވި. މީގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި މި މަޝްރޫއު ކުރިއަށްގެންދަނީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 04:47

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް | ރާއްޖެ ޓީވީ

ރަސްމާލެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދިއުމުގެ ސަބަބުން ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، އެތަން ހިއްކުމަށްފަހު ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމުގެ ކަޓުނަގާ ޕްރޮޖެކްޓަކަށް ހަދާފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތުހުމަތުކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މެންބަރު މައުރޫފް މިފަދައިން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު މައުރޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއަށް ސަރުކާރުން ހުރިހާ ފޯކަސްއެއް ދީގެން އެތަން ހިއްކަން އުޅޭތީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ގާއިމުނުކޮށްދެވިގެން އުޅޭ ކަމަށެވެ. ރަށްރަށުގައި ކުރަންޖެހޭ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ރަސްމާލެ ހިއްކާ ނިންމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ފާހަގަކުރެއްވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ޑޮލަރު ލިބުން ދަތިވެ، އެތައް ކަމެއް ހިނގަމުންދާއިރު، ސަރުކާރުން އުޅެނީ ރަސްމާލެ ހިއްކުމަށް ކަމަށެވެ.

އެންމެ ފަހުން އެތަން ހިއްކުމަށްފަހު ސަރުކާރުން އެތަން މި ހެދީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދަން ކަޓުނަގާ ޕްރޮޖެކްޓަކަށް ކަމަށް މެންބަރު މައުރޫފް ތުހުމަތުކުރެއްވި އެވެ.

ރަސްމާލެ މަޝްރޫއަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، އެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައި އޮތުމުން އިދިކޮޅު މެންބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.  

ރަސްމާލެ މައުރޫފް ޒާކިރު

އެންމެ ހިނގާ

1

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

2

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

3

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!

05 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!
04 އޮކްޓޯބަރު 2026

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

04 އޮކްޓޯބަރު 2026
ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

04 އޮކްޓޯބަރު 2026
ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު
03 އޮކްޓޯބަރު 2026

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

03 އޮކްޓޯބަރު 2026
ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން
03 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ

03 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ
02 އޮކްޓޯބަރު 2026

އީގަލްސް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

02 އޮކްޓޯބަރު 2026
އީގަލްސް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!
01 އޮކްޓޯބަރު 2026

ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!

01 އޮކްޓޯބަރު 2026
ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!
01 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: މައުލޫމާތު ސާފުކުރަން އޭޖީ އުޝާމްއާ ބައްދަލުކުރަން އިލްމުވެރިންގެ ގުޅުމުން އެދެފި

01 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: މައުލޫމާތު ސާފުކުރަން އޭޖީ އުޝާމްއާ ބައްދަލުކުރަން އިލްމުވެރިންގެ ގުޅުމުން އެދެފި
01 އޮކްޓޯބަރު 2026

"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި

01 އޮކްޓޯބަރު 2026
"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް