Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

4 އޮކްޓޯބަރު 2026 | އާދީއްތަ 06:51

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަށް ބިން ދޫކޮށް، އެތަންތަން ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ވިއްކުމަކީ ރާއްޖޭގެ މިނިވަންކަމާއި ދީނީ ވަހުދަތަށް އޮތް ބިރެއް ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ. މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ރައްޔިތުންގެ ރުހުމާއެކު ކަމަށާއި، މިކަމުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކަށް ބޭރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 އޮކްޓޯބަރު 2026 | އާދީއްތަ 06:51
ފައްޔާޒު ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ފެށިގެން އައީ ޒަޔަނިސްޓުންނަށް ބިންތަކެއް ދާއިމަށް ދީގެން ކަމަށާއި، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިންތައް އެފަދަ ގޮތަކަށް ދާއިމަށް ދީފިނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް

ފައްޔާޒު ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ފެށިގެން އައީ ޒަޔަނިސްޓުންނަށް ބިންތަކެއް ދާއިމަށް ދީގެން ކަމަށާއި، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިންތައް އެފަދަ ގޮތަކަށް ދާއިމަށް ދީފިނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް | ރާއްޖެއެމްވީ

ފަލަސްތީނުގެ މައްސަލަ ފެށިގެން އައީ ޒަޔަނިސްޓުންނަށް ބިންތަކެއް ދާއިމަށް ދީގެން ކަމަށާއި، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިންތައް އެފަދަ ގޮތަކަށް ދާއިމަށް ދީފިނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު  ވަނީ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ދޫކުރުމާއި، އެތަން ބައިބައިކޮށް އެޕާޓްމަންޓު ހަދައިގެން އެތައް ހާސް ބޭރު މީހުންނަށް ވަކިވަކިން އެތަން ވިއްކަމުންދާ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ ކޮންމެ ފަހަރަކު އެގްރީމަންޓު ބަދަލުވަމުންދާއިރު މިއީ ނުސީދާގޮތުން ދާއިމަށް ބިން މިލްކުކޮށްދިނުން ފަދަ ކަމަކަށް ވެގެންދާ ކަމަށާއި، މިފަދަ ބޮޑެތި މަޝްރޫއުތަކުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ޖަވާބުތައް ސާފުނުވާ ކަމަށެވެ. އަދި އީގަލް ހިލްސްގެ ވެބްސައިޓުގައިވާ ގޮތުން ދާއިމަށް ބިން ލިބެނީތޯ އުފެދޭ ސުވާލުތަކަށް ސަރުކާރުން ސާފު ޖަވާބެއް ނުދޭކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

މީގެކުރިން ޖީއެމްއާރަށް 25 އަހަރަށް އަމިއްލަ ޚަރަދުގައި އެއާޕޯޓެއް ހަދަން ދިނުމުން، "ގައުމު ވިއްކާލީ" ކަމަށް ބުނެ، ދީނާއި ގައުމިއްޔަތުގެ ނަމުގައި އަޑުއުފުލި ފަރާތްތަކުން، މިއަދު މިފަދަ ކަންކަން ކުރާއިރު ދީނާއި ގައުމިއްޔަތާ ޚިލާފުވަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ދާއިމަށް ބޭރު ބަޔަކަށް ދިވެހިރާއްޖޭގެ ބިން ދިނުން ކަމަށާއި، ދިވެހި ރައްޔިތުން މިކަމާ މެދު ހިތްހަމަނުޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔަޒް އިސްމާއީލް ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ސަރުކާރުން މިފަދަ ބޮޑު ކަމެއް ބޭނުންވާ ކަމަށްވާނަމަ ރައްޔިތުންނާ ހަމައަށް އޭގެ ވަކާލާތު ގެންގޮސް، ރައްޔިތުންނަށް އެނގިގެން، އަދި ރައްޔިތުންގެ ރުހުން ލިބިގެން ނޫނީ ކޮށްގެންނުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެގެން 5 މިނެޓު ތެރޭގައި އެކަން ނުކޮށް، ރައްޔިތުންނާ ހިސާބަށް މި ވާހަކަ ދައްކަން މަސް ދުވަހުގެ މުއްދަތެއްދީ، ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީގެން ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ ދާއިމަށް ބޭރު ބަޔަކަށް ދިވެހިރާއްޖޭގެ ބިން ދެނީތޯ. އެކަމުވެސް އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް އެހާ ގަބޫލު ކަމެއް ނޫން. އަޅުގަނޑަށް ފެނުނު ތަނުގައި ދިވެހި ރައްޔިތުން އެކަމަށް ގަބޫލެއް ނޫން. އެހެންވީމާ ސަރުކާރުން އެކަން ބޭނުންވާ ކަމަށް ވަންޏާމުން، ދިވެހި ރައްޔިތުންނާ ހަމައަށް އޭގެ ވަކާލާތު ގެންގޮސްގެން، ދިވެހި ރައްޔިތުންނަށް ކޮންވިންސް ކޮށްދީގެން، ދިވެހި ރައްޔިތުންނަށް އެނގިގެން، ދިވެހި ރައްޔިތުންގެ ރުހުން ލިބިގެން އެކަން ކުރަން ވާނީ
ފައްޔާޒު އިސްމާއީލް 

ދިވެހި ރައްޔިތެއް ނޫން މީހަކަށް ދިވެހިރާއްޖޭގެ ބިމެއް ދާއިމަށް ލިބުމަކަށް ގަބޫލުނުވާކަން ފާހަގަކުރައްވާ ތާރީޚަށް އަލިއޅުއްވާލައްވަމުން ފައްޔާޒު ވިދާޅުވީ މީގެ ދެތިން ސަތޭކަ އަހަރު ކުރިން އޮޓޮމަން އެމްޕަޔަރުގެ ދަށުގައި ފަލަސްތީނު އޮތް އިރު ޒަޔަނިސްޓު އޯގަނައިޒޭޝަންތަކުން ބިންތައް ގަންނަން ފަށައި، މަޑުމަޑުން 200 އަހަރުވިއިރު މިއަދު އެކަން ބޮޑު މައްސަލައަކަށްވެ އެމީހުންނަށް އެ ބިމަށް ހައްގުތަކެއް ލިބިފައިވާ ފަދައިން ކަންކަން ހިނގައިދާނެ ކަމަށެވެ.

އެހެންވީމާ ސިޓިޒަންޝިޕް ނެތް ބަޔަކަށް މިގޮތަށް ދާއިމަށް މިތަން ދެވިއްޖެ ކަމަށްވާނަމަ، އޭގެ ތެރޭގައި މުސްލިމް ނޫން މީހުންނާއި މިހުރިހާ އެންމެން އުޅޭނެތާ. އެހެން ކަމަށް ވެއްޖެޔާ ވަރަށް ނުބައި އެއްޗެއް އެ އުފެދެނީ. ދުނިޔޭގެ ކަންކަން އޮންނަ ގޮތް އެނގޭ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެހިސާބުން ޔޫއެންގައި ބުނެފާނެ މިހާރު މިތާނގައި މިތިބަ 1000 މީހުންނަކީ މިސާލަކަށް ކްރިސްޓިއަނުންނާއި ޔަހޫދީންނާއި ދެން މުސްލިމް ނޫން މީހުން، އެހެން ގައުމުތަކުގެ ރައްޔިތުންތަކެއްގެ ހައްގުތަކެއް ވެއޭ. ތިހެނެއް ނުހެދޭނެ އޭ. ތި ގާނޫނުތައް ބަދަލުކުރާށޭ އެމީހުންގެ ދީން މިސާލަކަށް މިތަނުގައި ޕްރެކްޓިސް ކުރެވެން ޖެހޭނެ އޭ. އެއީކީ މާދަމާ އަކު ވާނެ ކަމެއް ނޫން. މަޑުމަޑުން މަޑުމަޑުން ގޮސް، އަހަރުތަކަކުން ގޮސް، ގަރުނުތަކަކުން ގޮސް، އެކަމާ ދިމާލަށް ދާނީ. އެއީ ވަރަށް ބިރުވެރި ކަމެއް
ފައްޔާޒު އިސްމާއީލް 
ފައްޔާޒް އިސްމާއީލްއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު
04 އޮކްޓޯބަރު 2026

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

04 އޮކްޓޯބަރު 2026
ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު
03 އޮކްޓޯބަރު 2026

އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

03 އޮކްޓޯބަރު 2026
އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި
03 އޮކްޓޯބަރު 2026

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

03 އޮކްޓޯބަރު 2026
ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން
03 އޮކްޓޯބަރު 2026

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުތައް އުވާލުން ހިމެނޭހެން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް

03 އޮކްޓޯބަރު 2026
އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުތައް އުވާލުން ހިމެނޭހެން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް
03 އޮކްޓޯބަރު 2026

އެމްޑީޕީ ކޮންގްރެސް: ފައްޔާޒްގެ އިސްލާހުތައް ގަނޑުކޮށް ފާސްކުރާތީ މެންބަރުންގެ ކަންބޮޑުވުން

03 އޮކްޓޯބަރު 2026
އެމްޑީޕީ ކޮންގްރެސް: ފައްޔާޒްގެ އިސްލާހުތައް ގަނޑުކޮށް ފާސްކުރާތީ މެންބަރުންގެ ކަންބޮޑުވުން
03 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!

03 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!
03 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ

03 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް