Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!

5 އޮކްޓޯބަރު 2026 | ހޯމަ 04:37

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދޫކުރި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުކޮށް، އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި. އެއްވެސް ކުއްޔަކާ ނުލައި ބިން ދޫކުރުމަކީ ދައުލަތަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ބަޔާންކޮށްފައިވާއިރު، މިއީ ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމާ ހިލާފު ކަމެއްކަން މެންބަރު ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 04:37

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް! | ރާއްޖެ އެމްވީ

 ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިން މައްސަލައިގައި ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ ތަފްސީލު ހާމަ ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

 މި މައްސަލައަކީ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މީކާއީލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދައުލަތުން ކުރި ބޮޑު ޚަރަދު އަނބުރާ ނުލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމަށް މެންބަރު ތުހުމަތު ކުރެއްވި އެވެ. އަދި ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ބިން ދޫކޮށްފައިވަނީ އެއްވެސް އިކުއިޒިޝަން ކޯސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭގޮތަށް ކަމަށް މީކާއީލް ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، އެ ބިމުގައި ތަރައްޤީ ކުރާ ތަންތަން ލީސްކުރުމުގެ ފުރިހަމަ ހައްޤު ވެސް އީގަލް ހިލްސް ކުންފުންޏަށް ލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މެންބަރު މީކާއީލް އިތުރަށް ވިދާޅުވީ، ދައުލަތުގެ މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް ނުހަނު ބޮޑަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ ހުރިހާ ތަފްސީލެއް ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންނަށް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.

މި ކުއްލި މައްސަލަ ބަލައިގަނެ، ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ މައްސަލައަށް ބަހުސްވެސް ކޮށްފަ އެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމުމާ ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރަސްމާލެއަކީ ދިވެހިންގެ މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއް ކަމަށާއި، އެތަނުން ބިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ދޫނުކުރައްވާނެ ކަމަށެވެ.

ރަސްމާލެ އީގަލް ހިލްސްމީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

5

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް

05 އޮކްޓޯބަރު 2026
އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް
04 އޮކްޓޯބަރު 2026

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

04 އޮކްޓޯބަރު 2026
ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

04 އޮކްޓޯބަރު 2026
ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު
03 އޮކްޓޯބަރު 2026

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

03 އޮކްޓޯބަރު 2026
ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން
03 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!

03 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!
03 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ

03 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ
02 އޮކްޓޯބަރު 2026

އީގަލްސް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

02 އޮކްޓޯބަރު 2026
އީގަލްސް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!
02 އޮކްޓޯބަރު 2026

ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން

02 އޮކްޓޯބަރު 2026
ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން
01 އޮކްޓޯބަރު 2026

ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!

01 އޮކްޓޯބަރު 2026
ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް