Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ ވިއްކާލަން ނިންމީ އެތަން ތަރައްގީ ކުރަން މިސަރުކާރަށް ނޭނގިގެން: ނާޒިމް

6 އޮކްޓޯބަރު 2026 | އަންގާރަ 04:56

ރަސްމާލެ މަޝްރޫއަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ތުހުމަތުކުރައްވައި، ހުޅުމާލެއާ ހިލާފަށް ރަސްމާލެ ބޭރުގެ ބަޔަކަށް ވިއްކާލަން ނިންމީ މި ސަރުކާރަށް ތަރައްގީ ކުރަން ނޭނގުމުން ކަމަށް ކުރީގެ މެންބަރު ނާޒިމް ވިދާޅުވެއްޖެ. މީގެ އިތުރުން ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ދޫކޮށްލުމަށްފަހު، ރައީސް މުއިއްޒު އަމަލުކުރައްވަނީ ވައުދުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 6 އޮކްޓޯބަރު 2026 | އަންގާރަ 04:56
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް | ރާއްޖެއެމްވީ

ރަސްމާލެ ވިއްކާލަން ނިންމީ އެތަން ތަރައްގީ ކުރަން މިސަރުކާރަށް ނޭނގިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ހުޅުމާލެ ތަރައްގީކޮށްފައި އެއޮތީ ބަޔަކަށް ވިއްކާލައިގެން ނޫން ކަމަށާއި، ހުޅުމާލެ ތަރައްގީ ކުރީ ދިވެހި ދައުލަތުން ފައިސާ ހަރަދުކޮށްގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބުނަނީ ރަސްމާލެ ތަރައްގީ ކުރަން ޖެހޭނީ ވިއްކާލައިގެން ކަމުގައި ނާޒިމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމާލެ ހިއްކަން ފެއްޓެވީ ކާކު ދަންނަވައިގެންތޯ ސުވާލު އުފައްދަވާ ނާޒިމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނެކްޓިވިޓީ ބްރިޖަކާއެކު ހިއްކަން ފަށާފައިވާ ގުޅީފަޅު އަދި ގިރާވަރުފަޅު ދޫކޮށް ރަސްމާލެ ހިއްކަން ފެށުމުން އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ. 

އަދި ދިވެހިރާއްޖެއިން ވެލިފުކެއްހާ މިންވަރު ވެސް ދޫކޮށްނުލައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ ރަސްމާލެ ބޭރުގެ ބަޔަކަށް ވިއްކާލަން ނިންމެވުމުން ނާޒިމް ވަނީ ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ފާޑުވިދާޅުވެފަ އެވެ. 

އެންމެ އަޖައިބުވާކަމަކީ މުސްލިމް ގައުމެއްގެ ވަލީއުލް އަމްރަކަށް ހުންނަ ބޭފުޅަކު އެ ދައްކަވާ ވާހަކަތައް ﷲ އަށް ބިރުވެތިނުވެ، މުނާފިގެއްގެ ހުންނަ ސިފަތައް ވެސް އަމިއްލަފުޅަށް ވިދާޅުވަނީ، މުނާފިގެއް ވެއްޖިއްޔާ އެޔާ ދެކޮޅަށް ދެން އެއީ އާންމުކޮށް އެނގޭ އަސާސީ ވާހަކައެއް އެއީ. މިބޭފުޅާ ހަނދުމަފުޅުކޮށްދެނީ މުނާފިގާގެ އަލާމާތަކީ މިއޭ، ބަލަ އެ ދުލުންނޭ އޭގެ އަނެއް ދުވަހު ތިމަންނާއަކީ މުނާފިގެއްކަން އިއުތިރާފްވާވަރުގެ ކަމެއް މިކޮށްލަނީ
މުހައްމަދު ނާޒިމް

ނާޒިމް ވަނީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ. 

ދައުލަތުގެ ބަންޑާރާނައިބު އަނެއް ދުވަހު އަރާ ވިދާޅުވަނީ ތިމަންނާމެން މިހާރު މިއުޅެނީ ގާނޫނު އެޔަށް ފެތޭ ގޮތަށް ތައްޔާރު ކުރާށޭ، ފަރުމާ ކުރާށޭ މިއުޅެނީ، އެޔަށް ދިމާވާގޮތަށް ގާނޫނު ހަދާށޭ މިއުޅެނީ އެހެންވެ އެނގިޖެތާ ގާނޫނާ ހިލާފުކަން. އަދި އެ ވަރަކުން އެ ސައްހައެއް ނުވާނު. ގާނޫނު އަސާސީ ވެސް އިސްލާހު ކުރަން ޖެހޭނެ. ކޮށްފާނެ އެ ބޭފުޅުން
މުހައްމަދު ނާޒިމް

އެކި ސަރުކާރުތަކުން ހުޅުމާލެ ތަރައްގީ ކޮށްފައިވީ ފަދައިން ރައީސް މުއިއްޒުއަށް ރަސްމާލެ ތަރައްގީ ކުރަން އެނގިވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެތަން ވިއްކާލަން ނިންމި ސަބަބަކީ ވެސް ތަރައްގީ ކުރަން ނޭނގުން ކަމަށް ނާޒިމް ވިދާޅުވި އެވެ. 

މުހައްމަދު ނާޒިމްރަސްމާލެ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތީ ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވުމުގެ ފުރުސަތު ނުދިނުމުން: މެންބަރު ނާޒިލް

05 އޮކްޓޯބަރު 2026
ރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތީ ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވުމުގެ ފުރުސަތު ނުދިނުމުން: މެންބަރު ނާޒިލް
03 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!

03 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!
02 އޮކްޓޯބަރު 2026

ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން

02 އޮކްޓޯބަރު 2026
ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން
30 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއު: ދިވެހިރާއްޖެ ދިވެހިންގެ އަތުގައި އޮންނާނެތޯ މަތީން ސުވާލު އުފައްދަވައިފި

30 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއު: ދިވެހިރާއްޖެ ދިވެހިންގެ އަތުގައި އޮންނާނެތޯ މަތީން ސުވާލު އުފައްދަވައިފި
29 ސެޕްޓެމްބަރު 2026

މިހާރު ފެނިގެން ދަނީ ގާނޫނު އަސާސީގައި ހުރި ލޫޕް ހޯލްތައް ބޭނުންކޮށްގެން ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރާ މަންޒަރު: މާޒް ސަލީމް

29 ސެޕްޓެމްބަރު 2026
މިހާރު ފެނިގެން ދަނީ ގާނޫނު އަސާސީގައި ހުރި ލޫޕް ހޯލްތައް ބޭނުންކޮށްގެން ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރާ މަންޒަރު: މާޒް ސަލީމް
28 ސެޕްޓެމްބަރު 2026

އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި

28 ސެޕްޓެމްބަރު 2026
އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި
27 ސެޕްޓެމްބަރު 2026

ރަސްމާލެ ދިނީ ތާއަބަދަށް، 99 އަހަރަށްފަހު ވެސް އައު މުއްދަތު ފެށޭނެ: އީގަލް ހިލްސް

27 ސެޕްޓެމްބަރު 2026
ރަސްމާލެ ދިނީ ތާއަބަދަށް، 99 އަހަރަށްފަހު ވެސް އައު މުއްދަތު ފެށޭނެ: އީގަލް ހިލްސް
15 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

15 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް
05 ޖުލައި 2026

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ގައުމީ ދާރުލް އާސާރަކީ ވާރޭ ވެހޭތަނެއް: ކުރީ ސަރުކާރުގައި އާސާރުތަކާ ހަވާލުވެ ހުންނެވި ނާޒިމް

05 ޖުލައި 2026
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ގައުމީ ދާރުލް އާސާރަކީ ވާރޭ ވެހޭތަނެއް: ކުރީ ސަރުކާރުގައި އާސާރުތަކާ ހަވާލުވެ ހުންނެވި ނާޒިމް
05 ޖުލައި 2026

އުސްގެކޮޅުގައި ސައިހޮޓަލެއް ހިންގުމަށް ހަވާލުކޮށްފައިވަނިކޮށް އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން!

05 ޖުލައި 2026
އުސްގެކޮޅުގައި ސައިހޮޓަލެއް ހިންގުމަށް ހަވާލުކޮށްފައިވަނިކޮށް އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް