Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތީ ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވުމުގެ ފުރުސަތު ނުދިނުމުން: މެންބަރު ނާޒިލް

5 އޮކްޓޯބަރު 2026 | ހޯމަ 12:40

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަށް ބިން ދޫކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވި. ބޭރު މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމުން ދީނީ މިނިވަންކަމަށް މަގުފަހިވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް މި ގައުމު ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް މެންބަރު ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޮކްޓޯބަރު 2026 | ހޯމަ 12:40
ހޯމަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ދިވެހިރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮތީ މީގެ ކުރިން ވެސް ރާއްޖޭގައި ބޭރު މީހުންނަށް ދާއިމީ ގޮތެއްގައި ވަޒަންވެރިވެވޭނެ ފަދަ ފުރުސަތުތައް ލިބި، އެކަމަށް ފުރުސަތު ނުދިނުމުން ކަމަށާއި، މިހާރު ވެސް އެގޮތަށް އަމަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ރާއްޖޭގެ ބިމުގައި ބޭރު މީހުންނަށް ވަޒަންވެރިވުމުގެ ފުރުސަތު ދިނުމުގެ ނަތީޖާ މުސްތަގުބަލުގައި ވަރަށް ހިތިވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) ގައި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން މެންބަރު ނާޒިލް ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމާ ގުޅޭގޮތުން މެންބަރު ނާޒިލް ވިދާޅުވީ، ރިސޯޓުތަކާއި ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރުން ވަރަށް ތަފާތު ކަމަށާއި، އެކަން ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށެވެ. ރިސޯޓުތަކަކީ މުޅިން ތަފާތު ކޮންސެޕްޓެއް ކަމަށާއި، ނަމަވެސް މިހާރު ވިއްކަން އުޅެނީ އެތައް ޒަމާނެއް ވަންދެން ދިރިއުޅެން ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި 99 އަހަރަށް ބިން ކުއްޔަށް ދިނުމަށްފަހު، އަނެއްކާވެސް 98 ވަނަ އަހަރު އިތުރު 99 އަހަރު އިތުރުކުރެވޭ ގޮތަށް އޮތުމަކީ މިއީ ކިހާ ހިސާބަކަށް ދެމިގެންދާނެ ކަމެއްކަން އެނގެން ނެތް ހާލަތެއް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

މި ކަހަލަ ފުރުސަތެއް ބޭރު ބަޔަކަށް މިއަދު ދީފިއްޔާމު ޖެހިގެން އަންނަ ދުވަހު އަޅުގަނޑު މި ބުނާހެން ދީނީ މިނިވަންކަމުގެ ނަމުގައި އަނެއްކާ ފައިސާ ދީގެން އެ ފައިސާ ތިބި ބަޔަކު ދީގެން އެ ވިއްކާލާނީ
އިބްރާހީމް ނާޒިލް

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ، އަންނަން އޮތް ޖީލުތަކާއި ދަރިފަސްކޮޅުތަކަށް ވެސް ރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިގައުމު މިގޮތުގައި ދެމިއޮންނާނެ ގޮތަށް ކަންކަން ކުރުމަށް ރައްޔިތުންގެ މަންދޫބުންގެ ކިބައިން ރައްޔިތުން އެދެންޖެހޭ ކަމަށާއި، މި ވާހަކަތައް ދައްކަން ޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

އިބްރާހީމް ނާޒިލްރަސްމާލެ

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް، މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އައްޔަނު ކޮށްފި

5

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!

03 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!
03 އޮކްޓޯބަރު 2026

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީން ބަޔަކު ކަނޑާލި ކަމަށް ބުނެ ފެތުރި ވާހަކަ: މެންބަރު ނާޒިލް

03 އޮކްޓޯބަރު 2026
2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީން ބަޔަކު ކަނޑާލި ކަމަށް ބުނެ ފެތުރި ވާހަކަ: މެންބަރު ނާޒިލް
02 އޮކްޓޯބަރު 2026

ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން

02 އޮކްޓޯބަރު 2026
ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން
30 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއު: ދިވެހިރާއްޖެ ދިވެހިންގެ އަތުގައި އޮންނާނެތޯ މަތީން ސުވާލު އުފައްދަވައިފި

30 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއު: ދިވެހިރާއްޖެ ދިވެހިންގެ އަތުގައި އޮންނާނެތޯ މަތީން ސުވާލު އުފައްދަވައިފި
29 ސެޕްޓެމްބަރު 2026

މިހާރު ފެނިގެން ދަނީ ގާނޫނު އަސާސީގައި ހުރި ލޫޕް ހޯލްތައް ބޭނުންކޮށްގެން ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރާ މަންޒަރު: މާޒް ސަލީމް

29 ސެޕްޓެމްބަރު 2026
މިހާރު ފެނިގެން ދަނީ ގާނޫނު އަސާސީގައި ހުރި ލޫޕް ހޯލްތައް ބޭނުންކޮށްގެން ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރާ މަންޒަރު: މާޒް ސަލީމް
28 ސެޕްޓެމްބަރު 2026

އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި

28 ސެޕްޓެމްބަރު 2026
އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި
27 ސެޕްޓެމްބަރު 2026

ރަސްމާލެ ދިނީ ތާއަބަދަށް، 99 އަހަރަށްފަހު ވެސް އައު މުއްދަތު ފެށޭނެ: އީގަލް ހިލްސް

27 ސެޕްޓެމްބަރު 2026
ރަސްމާލެ ދިނީ ތާއަބަދަށް، 99 އަހަރަށްފަހު ވެސް އައު މުއްދަތު ފެށޭނެ: އީގަލް ހިލްސް
22 ސެޕްޓެމްބަރު 2026

ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް

22 ސެޕްޓެމްބަރު 2026
ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް
21 ސެޕްޓެމްބަރު 2026

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް

21 ސެޕްޓެމްބަރު 2026
ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް