Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަންޓޭގެ އަނިޔާގެ މައްސަލަ

ކަންޓޭ އަށް އަނެއްކާވެސް އަނިޔާގެ މައްސަލަ ކުރިމަތިވެއްޖެ

8 އޮކްޓޯބަރު 2017 | އާދީއްތަ 07:35

ފްރާންސް އަދި ބަލްގޭރިއާ ބައްދަލުކުރި މެޗުގައި ކަންޓޭ ވަނީ ބަދަލުކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 8 އޮކްޓޯބަރު 2017 | އާދީއްތަ 07:35
ކަންޓޭއަށް ދިމާވި އަނިޔާގެ މައްސަލައާއެކު ދަނޑުން ފައިބަނީ

ކަންޓޭއަށް ދިމާވި އަނިޔާގެ މައްސަލައާއެކު ދަނޑުން ފައިބަނީ

ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރު އެންގޯލޯ ކަންޓޭ އަށް އަނިޔާވެ އަނެއްކާ ވެސް ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ.

ކަންޓޭ އަށް އަނިޔާވީ ވޯލްޑްކަޕް ކޮލިފައިންގައި ބަލްގޭރިއާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައެވެ. މެޗު ފެށިގެން 34 ވަނަ މިނެޓުގައި ކަންޓޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއެކު އޭނާ ވަނީ ބަދަލު ކޮށްފައެވެ.

ކަންޓޭ އަށް ލިބުނު އަނިޔާއާއެކު އޭނާ ކުޅުމާ ދުރަށްދާން ޖެހޭނެ މުއްދަތު އަދި ކަށަވަރެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އިންޓަނޭޝަނަލް ބްރޭކަށް ފަހު އޭނާ ފިޓްވާނެކަމާމެދު ސުވާލު އުފެދެއެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ މި މަހު 14 ވަނަ ދުވަހު ކްރިސްޓަލް ޕްލަސްއާ ދެކޮޅަށް ނިކުންނައިރު، އެޓީމުގެ ބައެއް މުހިންމު ކުޅުންތެރިންނަށް ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އޭގެ ތެރޭގައި ފޯވާޑް އަލްވަރާ މޮރާޓާ އަދި ޑްރިންކް ވޯޓާ ހިމެނެއެވެ.

އިނގިރޭސި ކްލަބް ލެސްޓާ ސިޓީން މުޅިން އަލަށް ޕްރެމިއާ ލީގަށް ކޮލިފައިވެ ރެކޯޑަކާ އެކު ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ފަހު ކަންޓޭ ޗެލްސީ އަށް ބަދަލުވެފައި ވަނީ ފާއިތު ސީޒަނުގައި 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އޭނާ ވަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކައި ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވި ސީޒަނުގެ ޕްރެމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އުމުރުން 26 އަހަރުގެ ކަންޓޭ ވަނީ ޗެލްސީއަށް އޭނާ ކުޅުނު 51 މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފްރާންގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި އޭނާ ވަނީ އެއް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް