Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ބްރޯޑްކޮމްގައި ތިބީ ސިޔާސީ ބައެއް، ކޮމިޝަނަށް ހޮވުނީ މެޑަމް އޮފީހުގައި މަސައްކަތް ކުރެވުނު ގޮތުން: އަމީތު

ރަނގަޅު ކޮމިޝަނެއް ނަގަން ޕީޕީއެމް ގިނަ މެންބަރުން އެދުނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 އޮކްޓޯބަރު 2017 | ހޮނިހިރު 22:47
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަމީތު ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަމީތު ވާހަކަ ދައްކަވަނީ

މިހާރު ރާއްޖޭގައި އުފެދިފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބީ ސިޔާސީ ބައެއް ކަމަށާއި، އެފަރާތްތަކަށް އެކޮމިޝަނަށް އާދެވިފައި ތިބީ މެޑަމް ފާތުމަތު އިބްރާހިމް ދީދީގެ އޮފީހުގައި މަސައްކަތް ކުރެވިފައިވާ ނިސްބަތުން ކަމަށް ޕީޕީއެމްގެ ކުރީގެ ޕީޖީ މެންބަރު އަދި އިލެކްޝަންސް ކޮމިޝަނުން މިހާރު ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅަން ޖެހޭ ގޮތްތަކާއި، ޢަމަލު ކުރަންޖެހޭ ގޮތްތަކާއި، ހަދަންޖެހޭ ޤަވާއިދުތަކާއި އުސޫލުތަކާ ގުޅޭ ކަންކަން ވަރަށް ރަނގަޅަށް ޤާނޫންގައި ބަޔާންކޮށްދީފައިވާނޭ ކަމަށެވެ.

އަމީތު ވިދާޅުވީ އަބުރުގެ ޤާނޫނުން ވަރަށް ގިނަ ގޮންޖެހުންތައް މިޑިއާތަކަށް ކުރިމަތިވެފައި އެބަހުރި ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަނުން އަބުރުގެ ޤާނޫން ތަންފީޒް ކުރަމުންދާ ގޮތުގެ ސަބަބުން އެ ގޮންޖެހުންތައް އިތުރު ވެފައިވާ ކަމަށެވެ. އަދި ޒިންމާދާރުކަން ކުޑަގޮތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތަކާމެދު އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ހަޤީގަތުގައި މީޑިޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުން އިތުރަށް ބޮޑުވެގެން ހިނގައްޖެކަމަށްވެސް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އެކަން އެހެން މެދުވެރިވެގެން ގޮސްފައިވަނީ ސިޔާސީ ބޭނުމަކަށް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދާފައި އޮތުމުން ކަމަށާއި ސަރުކާރުގެ ބްލެސިން ހޯދަން އެކޮމިޝަނަށް ޖެހިފައިވާތީ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލުމުން އަމީތު ވިދާޅުވިގޮތުގައި ކަމަށް އެކަށޭނަ ޤާބިލް ތަޖްރިބާހުރި އެތައް ބަޔަކު އެކޮމިޝަނަށް ކުރިމަތިލިއެވެ. އަދި އެމީހުންގެ ތެރެއިން ރަނގަޅު ކޮމިޝަނެއް އެކުލަވާލަން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެންބަރުން ވަރަށްބޮޑަށް ވިދާޅުވަމުންވެސް ގެންދެވިއެވެ. އަދި ކުރިމަތިލާފައިތިބި މީހުންގެ ތެރެއިން ރަނގަޅު މީހުން ނެގުމަށް ޕީޖީ ގުރޫޕްގެ ގިނަ މެންބަރުން ޑިމާންޑްކުރި ކަމަށާއި ޕީޕީއެމުން ތްރީ ލައިން ވިޕަކާ ހަމައަށް ދިޔައިރުވެސް ރައީސަށް ދަންނަވައިގެން ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ ރަނގަޅު މީހުން އެކޮމިޝަނަށް ނެގުމަށް ޕީޖީ ގްރޫޕް މެންބަރުން ޑިމާންޑް ކުރިކަމަށްވެސް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މަޖިލީހުގެ ކޮމެޓީގައި ޕީޕީއެމް ޕީޖީ ގުރޫޕްގެ މެންބަރުންވެސް ވަރަށް ރަނގަޅަށް ވޯޓު ދެއްވި ކަމަށާއި ޓެކްނިކަލް، ރަނގަޅު މީހުންނަށް މަތިން މާކްސްވެސް ދެއްވި ކަމަށެވެ. އަދި ތްރީލައިން ވިޕަކާ ހަމައަށް ދިއުމުގެ ކުރިންވެސް ރަނގަޅު ކޮމިޝަނެއް ނެގުމަށް ރައީސަށް ދަންނަވައިގެން އެފަދަ ލިސްޓެއް ހޯދުމަށް އެދެމުންދިޔަކަމަށްވެސް އަމީތު ވިދާޅުވިއެވެ.

"ޕީޖީ ލިޑަރ ވިދާޅުވީ ތިމަންނާއަތުގައި މިއޮތް ލިސްޓަކީ ރައީސް ދެއްވި ލިސްޓެކޭ އެކަމަކުވެސް ރައީސަށް ދަންނަވައިގެން މިލިސްޓް ބަދަލު ކުރެވޭތޯ އެބަ ބަލަމޭ. ވޯޓަށް އަހަން ކައިރިވެ 1:30 ހަމައަށްވެސް ރައީސްގެ ޖަވާބެއް ނުލިބޭ. އެންމެފަހުން ޕީޖީ ލީޑަރ ވިދާޅުވީ ތިމަންނާ ފޮނުވާފައި އޮތް ލިސްޓަށް ވޯޓު ދެއްވާށޭ ބަދަލެއް ގެންނާކަށް ބޭނުންފުޅެއް ނުވަމޭ. މިހާރު މިތިބަ މެންބަރުންނާ ގުޅޭގޮތުން ގިނަ އަދަދެއްގެ މެންބަރުންގެ ޝަކުވާހުރި. އެއީ ބައެއް މެންބަރުން މިކޮމިޝަނަށް މިއައީ އޭގެ ކުރީދުވަހު ދަރުބާރުގޭގައި އޮތް މެޑަމްގެ މަހާސިންތާގައި ޕޯޑިއަމްގައި ދެއްކި ވާހަކަތަކަށް ބަލާފައި. ބައެއް މީހުން ކޮމިޝަނަށް އައީ މެޑަމްގެ އޮފީހުގައި، މުލިއާގޭގައި ކުރި މަސައްކަތުގެ ނިސްބަތައް ބަލާފައި. ކަނޑައެޅިގެން ސިޔާސީ ކޮމިޝަނެއް އެބޭފުޅުންނަކީ. އިންސާފްވެރިކަމާއެކު އެއްވެސް މައްސަލައެއް އެބޭފުޅުން ނިންމާފައެއް ނެތް" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަންކުރަމުންދާ އުސޫލުގައި އެއްވެސް އިންސާފެއް ނެތަކްމަށާއި ޗެނަލްތަކުގެ މެދުގައި އެއްވެސް ހަމަހަހަމަކަމެއް ނެތްކަމަށެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ސްޓޭޝަނެއް ޖޫރިމަނާކުރުމުން އެބުނެވެނީ އެޗެނަލެއް ބަންދުކުރާށޭކަމަށްވެސް އަމީތު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު