Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ޝެއިޚު ފަޒްލޫނާއެކު އިލްމުވެރިންގެ ކަޅި ރަސްމާލެއަށް

27 ސެޕްޓެމްބަރު 2026 | އާދީއްތަ 10:06

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދިގު މުއްދަތަށް ދިނުމާ ގުޅިގެން، ރާއްޖޭގެ ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފި. މި ނިންމުމުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެ، ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބިދާނެ ކަމަށް ބުނެ އިލްމުވެރިން ދަނީ ސަރުކާރަށް ފާޑުކިޔަމުން. އެހެންކަމުން މި އެއްބަސްވުމުގެ ހަގީގަތް ހާމަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް އިލްމުވެރިން ވަނީ ގޮވާލައްވާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 10:06
ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | ހައުސިންގ މިނިސްޓްރީ

ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ރަސްމާލެއިން ބޮޑު ބައެއް 99 އަހަރަށް ބޭރު ބަޔަކަށް ދިނުން ވެގެން ދިޔައީ މުއިއްޒު ދިވެހިންގެ ކޯތާފަތްމަތީގައި ޖެއްސެވި ބޮޑު ތަފާލަކަށެވެ. އެތަނުން އެންމެ އިންޗިއެއް ވެސް އަދި އެންމެ ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދެއްވާނެ ކަމަށް ހަރުއަޑުން ވިދާޅުވި މުއިއްޒު އެ ނިންމެވީ އެތަނުން 500 ހެކްޓަރުގެ ބިން ކުއްޔަކާ ނުލައި ބޭރު ބަޔަކަށް ދޭށެވެ.

މިކަމުގެ ވާހަކަ އެދަނީ ފަތުއަޑު ކިޔާފައި ކުރިއަށެވެ. އާއްމުންގެ މެދުގަ އެވެ. ސިޔާސީ ބޭފުޅުންގެ މެދުގަ އެވެ. އިގުތިސާދީ މާހިރުންގެ ރައުޔު ތަކުގަ އެވެ. ނަމަވެސް އެކަމަށް އެއްޗެއް ވިދާޅުނުވެ އޮތީ ދީނީ އިލްމުވެރިންނެވެ. އެ ބިން ދޭ މީހާއާ ކުށެއްނެތް އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ޝަހީދުކުރަމުންދާ ޒައިނިސްޓުންނާ ގުޅުން އޮތްކަމަށް ތަކުރާރުކޮށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ރަސްމާލޭ ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ކުއްޔަށް ދިނުމާ ދެކޮޅަށް، ދީނީ އިލްމުވެރިންގެ ތެރެއިން ފުރަތަމަ ފާޑު ވިދާޅުވި ބޭފުޅަކީ އައްޝައިޚް ފަޒްލޫން މުހައްމަދު އެވެ. ސީދާ ސީދަލަށް ފަޒްލޫން އެހެއްދެވީ އެކަމާ ދެކޮޅެވެ.

ފަޒްލޫން އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއަކީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުންނަށް ވެސް ރާއްޖޭގެ އިމާރާތްތައް ވިއްކައި އެ އިމާރާތްތައް ޒަޔަނިސްޓުންގެ ޖީލުތަކަށް ލިބޭ ގޮތަށް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންކުރެވޭނެ ފަދައިން ހިންގޭ އަޑި ނޭނގޭ އަނދިރި ޖަރީމާއެއް ކަމަށެވެ.

"މިއީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުނަށް ވެސް ދިވެހިރާއްޖޭގެ އިމާރާތްތައް ވިއްކައި އެ އިމާރާތްތައް ޒަޔަނިސްޓުންގެ ޖީލުތަކަކަށް ލިބޭ ގޮތަށް ފަރުމާކޮށް، ދިވެހި ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ފަދައިން ހިންގޭ އަޑި ނޭގޭ އަނދިރި ޖަރީމާއެއް. މިއަދު މިކަމާ ދެކޮޅު ނަހަދައިފިނަމަ މާދަމާ ހިތާމަ ކުރަންޖެހޭނެ. ގައުމުގެ އަމްނާ އަމާންކަމާ އިސްތިގުލާލު ގެއްލިގެން ދިއުމުގެ ކުރިން މިކަމާ ދެކޮޅު ހަދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފަޒްލޫން ވިދާޅުވީ މުޅި މަޝްރޫއުގެ އެއްބަސްވުމުގެ މައުލޫމާތާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު ފެންނަނީ ބޮޑެތި ކަންބޮޑުވުންތައް ކަމަށެވެ. އޭނާ ވިދާޅުވީ އީގަލް ހިލްސްގެ ވެބްސައިޓުގައިވާ ގޮތުން އެތަން ދެނީ 99 އަހަރުގެ މުއްދަތަކަށް އަދި އެތަނުގެ ޕްރޮޕަޓީއެއްގެ ވެރިފަރާތް ބަދަލުވާ ކޮންމެ ފަހަރަކު އައު ވެރިފަރާތަށް 99 އަހަރަށް އެ ތަން ލިބޭ ގޮތަށް ކަމަށެވެ.

"ނުވަދިހަ އަށް ވަނަ އަހަރު ވާރުތައިގެ ގޮތުން ނުވަތަ ގަނެގެންވިޔަސް އައު ވެރިޔަކަށް އެ ޕޮރޮޕަޓީ ލިބިއްޖެނަމަ އެތަން އެ މީހަކަށް އިތުރު 99 އަހަރަށް ލިބޭ ގޮތަށް. އެ މީހުންގެ ވެބްސައިޓުގައިވާ ގޮތުން ނަމަ މިއީ ނިމުމެއް ނެތި ކުރިއަށްދާނޭ ސިލްސިލާއެއް،" އޭނާ ވިދާޅުވި އެވެ.

ފަޒްލޫން އަށްފަހު އަދާލަތު ޕާޓީގެ ޖުޑިޝަރީ ކޮމެޓީގެ އިސް ފަނޑިޔާރު، ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ އަބޫދާބީގެ ކުންފުންޏަކަށް 99 އަހަރަށް ރަސްމާލެ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ރައްޔިތުން ކުރާ ތުހުމަތުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައި ވައުދާ އެއްގޮތަށް އަމަލު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވާ ކަމަށެވެ.

ޑރ އިޔާޒް، ރައީސް ޑރ. މުއިއްޒު ޓެގުކުރައްވައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ ޤައުމުގެ އިސްތިގުލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާޠިނެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވީ ދިގު މުއްދަތަކަށް ރާއްޖޭގެ ބައެއް ބޭރު ބަޔަކަށް ކުއްޔަށް ދިނުމަކީ، ޤައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، އަދި އެކަމުގެ ފުރަގަހުގައި އަޑި ނޭނގޭ އެތައް ކަމެއް ހުރި ކަމަށް ތުހުމަތުކުރެވެމުން ދާއިރު، އެ ކަންކަމުގެ ހަގީގަތް ބަޔާންކޮށް ސާފު ކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"އެއްވެސް ކަމެއް ނުފޮރުވާ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި. ވައުދާ އެއްގޮތަށް އަމަލު ކުރެއްވުމަށް ރައީސަށް އިލްތިމާސްކުރަން،" ޑރ. އިޔާޒް ވިދާޅުވި އެވެ.

ރަސްމާލެ ދިނުމާ ދެކޮޅަށް އިލްމުވެރިން އަޑުއުފުލަން ފެށުމާއެކު މި ސަރުކާރަށް ތާއީދު ކުރައްވައި ރައީސް މުއިއްޒު ޕްރޮމޯޓުކުރުމުގެ މަސައްކަތް ވެސް ކުރައްވާ ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ވެސް ވަނީ ރަސްމާލެ ދިނުމާ ދެކޮޅަށް އެކްސްގައި ލިޔުއްވާފަ އެވެ.

ޒަމްޒަމް ފާރިޝް ވިދާޅުވީ ރަސްމާލެ ބިން ވިއްކާލި ވާހަކަ ދެކެވޭތީ އީގަލް ހިލްސްގެ ވެބްސައިޓު ބަލާލައިފިން ކަމަށެވެ. އެ ސައިޓުގައި އެވާގޮތަށް ރަސްމާލެ އެއްބަސްވުން އޮތް ނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން އެ ބިން އެއޮތީ ދިވެހީން އަތުން ތާއަބަދަށް ގެއްލިގެން ގޮސްފައި ކަމަށެވެ.

އޭނާ ވިދާޅުވީ ވާރުތަވާ ތަރިކައެއްގެ ގޮތުގަ ބޭރު ބައެއްގެ އަތް މައްޗަށް ދިވެހި ޤައުމުގެ ސަރަހައްދުން އެއްވެސް އެއްޗެއް ދިނުމަކީ، 99 އަހަރަށް އެއްބަސްވުމެއް ހެދުމުގެ އެއްވެސް ބޭނުމެއް، މާނައެއް އޮތް ކަމެއް ނޫން ކަމަށާއި އޭރުން ދެން އެ އަނބުރާ ދިވެހިންނަށް ލިބޭނެ ގޮތެއް ވިސްނާ ވިސްނާ ނޭނގުނު ކަމަށެވެ.

ކޮންމެއަކަސް އާއްމު ރައްޔިތުންނަށްފަހު، އިލްމުވެރިން މިކަމުގައި ބަސްވިދާޅުވާން ފެށުމަކީ ވެސް ހެޔޮ ފާލެކެވެ. ދެން އޮތީ އެ ވާހަކަތަކާއެކު، ޝެއިޚް ފަޒްލޫން އެ ވިދާޅުވާގޮތައް ޤައުމުގެ އަމްނާއަމާންކަމާއި އިސްތިގުލާލު ގެއްލިގެން ދިއުމުގެ ކުރިން މިކަމާ ދެކޮޅު ހެދުމެވެ.

ރަސްމާލެ އީގަލް ހިލްސް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރަން ޖެހޭނެ، ފިލާތިބެ ރާއްޖޭގެ މުސްތަގުބަލު ރަހުނުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ނޯންނާނެ: ޑރ. ޖަމީލް

27 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރަން ޖެހޭނެ، ފިލާތިބެ ރާއްޖޭގެ މުސްތަގުބަލު ރަހުނުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ނޯންނާނެ: ޑރ. ޖަމީލް
27 ސެޕްޓެމްބަރު 2026

މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި

27 ސެޕްޓެމްބަރު 2026
މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!
26 ސެޕްޓެމްބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް

26 ސެޕްޓެމްބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް
26 ސެޕްޓެމްބަރު 2026

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

26 ސެޕްޓެމްބަރު 2026
ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު މުއްތަލިބުގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ: ޒަރިޔަންދު

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު މުއްތަލިބުގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ: ޒަރިޔަންދު
26 ސެޕްޓެމްބަރު 2026

މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން

26 ސެޕްޓެމްބަރު 2026
މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން
26 ސެޕްޓެމްބަރު 2026

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2026
ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް