Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"

27 ސެޕްޓެމްބަރު 2026 | އާދީއްތަ 05:54

ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ މުހައްމަދު ޖަލީލް ވިދާޅުވެއްޖެ. މަޖިލިސް އިންތިޚާބުގައި ނިލަންދޫ ދާއިރާއަށް ނުފޫޒު ފޯރުވައި ޕާޓީގެ އުސޫލުތަކާ ޚިލާފަށް ކަންކަން ކޮށްފައިވާކަން ފާހަގަކުރައްވަމުން، ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އެހެންކަމުން، ސަރުކާރުގެ އިސްރާފު ބޮޑުވުމާއި އިންތިޚާބުތަކާ ދިމާކޮށް އޮޅުވާލުންތައް ގެންގުޅޭތީ މިހާރު މި ވެރިކަމަށް ތާއީދު ނުކުރައްވާ ކަމަށް ޖަލީލް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 05:54
ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޖަލީލް

ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޖަލީލް | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު މުޅިން ގެއްލިފައިވާކަމަށް ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވެއްޖެ އެވެ.

ނިލަންދޫއަށާއި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޖަލީލް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

Advertisement - newsAdvertisement

ޕާޓީ ނިޒާމު ފެށުނީއްސުރެ ޕީޕީއެމް ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ޖަލީލް ވިދާޅުވީ، އެއްވެސް ރައީސަކު ވެރިކަމަށް ގެންނަވަން ނުކުރައްވާހާ މަސައްކަތް ރައީސް މުއިއްޒު ގެންނެވުމަށްޓަކައި ކުރައްވާފައިވާނެ ކަމަށެވެ. އަދި މިއީ އަމިއްލައަށް ޚަރަދުކުރައްވައިގެން ރިޔާސީ އިންތިޚާބަކަށް މަސައްކަތް ކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި، އެހާވެސް ބޮޑަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވެސް ޖަލީލް ފާހަގަކުރެއްވި އެވެ.

ނަމަވެސް މިހާރު މި ވެރިކަމަށް އެއްވެސް ވަރަކަށް ތާއީދުނުކުރައްވާ ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާތީ ކަމަށް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ހިނގި ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ސިޔާސަތުތައް ކަމުނުގޮސްގެން އެކަން ރައީސަށް ވެސް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ، ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވުމާއި ޝާނާއިޝައުކަތު ބޮޑުކުރުމަށް މަސައްކަތް ކުރާތަން މި ވެރިކަމުގައި ފެންނަމުންދާ ކަމަށެވެ. ހަމައެއާއެކު ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވުން ވެސް މިއީ މި ވެރިކަމަށް އެއްވެސް ވަރަކަށް ތާއީދުނުކުރައްވާ އަނެއް ސަބަބު ކަމަށް ޖަލީލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވަކި މީހަކަށް ތަފާތު ކުރުމެއް ނެތި، ހަމަހަމަ އުސޫލުން ކަންކަން ހިނގާނެކަމަށް އުއްމީދު ކުރެއްވި ނަމަވެސް، ކަންކަން ހިނގައި ދިޔައީ އެހެނެއް ނޫން ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ރައީސް މުއިއްޒުގެ ކޮއްކޮ ނިލަންދޫ ދާއިރާގެ ގޮނޑިއަށް ހޮއްވެވުމަށް ޕްރައިމަރީގެ ވެސް މާ ކުރިން ސަރުކާރުން މަސައްކަތް ފެށިކަން ޖަލީލް ފާހަގަކުރެއްވި އެވެ. އަދި ޕާޓީގެ އަސާސީ ޤަވާއިދާ ވެސް ޚިލާފަށް އެކަމުގައި ކަންކަން ހިނގާދިޔަ ގޮތާމެދު ނުހަނު ބޮޑު ކަންބޮޑުވުންތަކެއް ހުރިކަމަށް ޖަލީލް ވިދާޅުވި އެވެ.

ނުވިތާކަށް، އިންތިޚާބާ ދިމާކޮށް ވޯޓު ލިސްޓު ވެސް އޮޅުވާލި ކަމަށާއި، އެކަން ވެސް ސާބިތު ކޮށްދެއްވާފައިވާނެކަމަށް ޖަލީލް ވިދާޅުވި އެވެ.

މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު މުޅިން ގެއްލިފައިވާކަމަށް ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވެއްޖެ

މި ސަރުކާރުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްނުދާ ކަމަށާއި ކައުންސިލު އިންތިޚާބާ ދިމާކޮށް އެތައް މަސައްކަތެއް މި ސަރުކާރުން ފަށާފައިވީ ނަމަވެސް، ނަތީޖާއެއް ނެރެވޭ ސްޕީޑުގައި މަސައްކަތެއް ނުކުރެވޭ ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި މަސައްކަތެއް ނުހިނގާއިރު، އިންތިޚާބާ ދިމާކޮށް ކަޑަޖަހާ އުސޫލުން ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅުނު ރަށެއްގެ ގޮތުގައި ނިލަންދޫ އޮތް ނަމަވެސް ޑިމޮކްރަސީއާއެކު ޕާޓީ ނިޒާމު ތައާރަފްވެގެން ދިޔަ ފަހުން ވަރަށް ބޮޑަށް ބައިބައިވުން އައިސްފައިވާ ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުމުހައްމަދު ޖަލީލު ފ. ނިލަންދޫ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް

27 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް
26 ސެޕްޓެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި

26 ސެޕްޓެމްބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި
26 ސެޕްޓެމްބަރު 2026

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

26 ސެޕްޓެމްބަރު 2026
މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
26 ސެޕްޓެމްބަރު 2026

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

25 ސެޕްޓެމްބަރު 2026

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

25 ސެޕްޓެމްބަރު 2026
ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން
24 ސެޕްޓެމްބަރު 2026

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

24 ސެޕްޓެމްބަރު 2026
ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026
ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް