Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮނޑުދޮށް ހިމާޔަތްކުރުން

ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް ދަނީ އެކުލަވާލަމުން: މިނިސްޓަރ

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ގައުމީ ސިޔާސަތު އެކުލަވާލުމުގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހާމަކޮށްފައި. މި ސިޔާސަތުގެ ދަށުން ލ. އަތޮޅުގެ ބައެއް ރަށްތަކާއި އައްޑޫ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މެއި 2026 | އަންގާރަ 07:53
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް | ރައީސް އޮފީސް

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތް ކުރުމާ ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް  ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ލ އަތޮޅުގައިވެސް އެކަމާ ގުޅުންހުރި މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދެއެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން. މި މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އަދި ހަމަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެބަ ކުރިއަށް ގެންދަން. ލ. އަތޮޅު 3 ރަށް، އެއީ ގަން، އިސްދޫ، ފޮނަދޫ އަދި އައްޑޫ އަތޮޅު މީދޫ. އަމަލީ މަސައްކަތުގެ ތެރެއިން ޑީޓެއިލް ޑިޒައިންގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ފަށާ ބައެއް މަޝްރޫއު ތަކުގައި އީއައިއޭ ފުރިހަމަ ކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން އަދި ޝަކުވާ އަބަދު ވެސް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ފަށާ މަޝްރޫއު ތަކުގައި އީއައިއޭ ފުރިހަމަ ނުކުރާ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ސަރުކާރުން ތިމާވެއްޓާ ބެހޭ ޤަވާއިދަށް އެކި ފަހަރު މަތިން ބަދަލު ގެނެސް، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޚާއްސަ ހުއްދައިގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް، ރާއްޖެ އިން ބައިނަލްއަޤުވާމީ މައިދާނުގައި ތިމާވެށީގެ ހައްގުގައި ވަރަށް ގަދައަށް ވަކާލާތު ކުރާ ކަމަށާއި، ތިމާވެށީގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ތަކުގައި ސޮއި ކުރާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އަލީ ޝަރީފުގޮނޑުދޮށް ހިމާޔަތްގަންލ.އިސްދޫފުނަދޫއައްޑޫ މީދޫ

އިތުރަށް ކިޔާލަން

18 މެއި 2026

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

18 މެއި 2026
ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
27 އެޕްރީލު 2026

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އެޕްރީލު 2026
ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
27 ފެބުރުއަރީ 2026

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެނެސްފި

27 ފެބުރުއަރީ 2026
އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެނެސްފި
23 ފެބުރުއަރީ 2026

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު