Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓްރީ އޮފް އެންވަޔަރަމަންޓް

ހަޑި ހުތުރު ބަސްތައް ބޭނުންކޮށް، އެކި ފަރާތްތަކަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި މައާފަށް އެދެން މިނިސްޓަރު ޝަރީފް ބޭނުންފުޅެއް ނުވި

28 އެޕްރީލު 2026 | އަންގާރަ 08:08

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ލާދީނީއޭ ގޮވުމުގެ އިތުރުން، ޤާނޫނު އަސާސީ އެކުލަވާލި ޑްރާފްޓިން ކޮމެޓީގެ މުޤައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) އަށް ވެސް ޝަރީފް ވަނީ ފުރައްސާރަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2026 | އަންގާރަ 08:08
އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޝަރީފް.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޝަރީފް. | ރައީސް އޮފީސް

ވަޒީރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން، އެކި ފަރާތްތަކަށް ފުރައްސާރަކޮށް އަދި ހަޑި ހުުތުރު ބަސްތައް ސޯޝަލް މީޑިއާގައި ބޭނުން ކޮށްފައިވާ މައްސަލައިގައި، މައާފަށް އެދުމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ދެކޮޅު ހައްދަވައިފި އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް މި މަހުގެ ތެރޭގައި ގެންނެވި ބަދަލުގެ ތެރޭގައި، އެންވަޔަރަމަަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޝަރީފް އެވެ. މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޝަރީފް ވަނީ ތިމާވެށީގެ ކަންކަމުގައި މަސައްކަތް ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އެކްސްގައި ޝަރީފް ކުރައްވާފައިވާ ބައެއް ކޮމެންޓުތަކާ ގުޅިގެން އޭނާ އަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ލާދީނީއޭ ގޮވުމުގެ އިތުރުން، ޤާނޫނު އަސާސީ އެކުލަވާލި ޑްރާފްޓިން ކޮމެޓީގެ މުޤައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) އަށް ވެސް ޝަރީފް ވަނީ ފުރައްސާރަ ކޮށްފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި އެކި ލީޑަރުންނަށް ނިސްބަތްކޮށް ވެސް ޝަރީފް ވަނީ ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަށް ފުރައްސާރަ ކޮށްފައިވާއިރު، އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަކީ ޓެރަރިސްޓެއް ކަމަށް ވިދާޅުވެފައިވެ އެވެ. މި ޕޯސްޓުތަކާ ގުޅިގެން ފާޑު ކިޔުން އަމާޒުވާން ފެށުމާ އެކު، ޝަރީފް ވަނީ ފަހުން އެ ޕޯސްޓުތައް ޑިލީޓު ކުރައްވައިފަ އެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކުރުމުން ޝަރީފް ވަނީ، މައުޟޫއާ ނުގުޅޭ ސުވާލެއް ކަމަށް ވިދާޅުވެ ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. ޝަރީފް ވިދާޅުވީ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު އެކަމަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، ހޯމަ ދުވަހު ރައީސް މުޢިއްޒުއާ އެ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޝަރީފް އަކީ އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅާ ކަމަށެވެ.

ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވެސް މިނިސްޓަރު ޝަރީފް ވަނީ އެކަމަށް ޖަވާބެއް ދެއްވުމަށް، އަދި މައާފަށް އެދިވަޑައިގެންނެވުމަށް ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި އެއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމަށާއި، މިނިސްޓަރަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށް ދެންނެވުމުން މިނިސްޓަރު ވަނީ ދުރު ޖަވާބެއް ދެއްވައިފަ އެވެ. 

އެގޮތުން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަކީ "މޮންސްޓާ" އެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވިއިރު، ކުރީގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ މޯދީ އަކީ ޓެރަރިސްޓެއް ކަމަށެވެ. 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީމިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފްއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2025

އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް

10 އޮކްޓޯބަރު 2025
އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
07 އޮކްޓޯބަރު 2024

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

07 އޮކްޓޯބަރު 2024
މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު
07 އޮކްޓޯބަރު 2024

ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް

07 އޮކްޓޯބަރު 2024
ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް
07 އޮކްޓޯބަރު 2024

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ

07 އޮކްޓޯބަރު 2024
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ
02 ޖުލައި 2024

މަޖިލީހުގެ ރެކޯޑް ތަކުން މޯދީ އަށް ފާޑުކީ ބައި ރާހުލް ގާނދީގެ ވާހަކައިން އުނިކޮށްފި

02 ޖުލައި 2024
މަޖިލީހުގެ ރެކޯޑް ތަކުން މޯދީ އަށް ފާޑުކީ ބައި ރާހުލް ގާނދީގެ ވާހަކައިން އުނިކޮށްފި
25 ޖޫން 2024

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

25 ޖޫން 2024
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
10 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

10 ޖޫން 2024
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
09 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ކަމަށް 3 ވަނަ ފަހަރަށް ނަރެންދްރަ މޯދީ ހުވާކުރައްވައިފި

09 ޖޫން 2024
އިންޑިއާގެ ބޮޑުވަޒީރު ކަމަށް 3 ވަނަ ފަހަރަށް ނަރެންދްރަ މޯދީ ހުވާކުރައްވައިފި
09 ޖޫން 2024

އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު

09 ޖޫން 2024
އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް