Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންވަޔަރަމަންޓް މިނިސްޓްރީ

ތިމާވެއްޓަށް ނުބަލާ މަޝްރޫއުތައް ހިންގުން އެއީ ޑަބަލް ސްޓޭންޑަރޑް ނޫންތޯ އެހުމުން މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު!

މިނިސްޓަރު ވިދާޅުވީ، އީއައިއޭ މަރުޙަލާ ނިންމާފައި ނޫނީ، މޝްރޫއު ފަށާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް. ހޯރަފުއްޓާއި، ތުރާކުނުގެ ވާހަކަ އަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވަކި ޚާއްސަ ރަށްތަކެއް ފާހަގަ ކުރުމުން "ޑަބަލް ޗެކް" ކޮށްލަން ޖެހޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 08:19
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް. | ރައީސް އޮފީސް

ތިމާވެއްޓާ ނުބަލާ ރާއްޖޭގައި މަޝްރޫއުތައް ހިންގުމަށް ފަހު، ތިމާވެށީގެ ހައްގުގައި ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރުމަކީ ޑަބަލް ސްޓޭންޑަރޑް ނޫންތޯ ސުވާލު ކުރުނުން، އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް އަށް ޖަވާބެއް ނުދެއްވުނެވެ. 

ރައީސް އޮފީހުގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވަނީ، މި ސަރުކާރުން ތިމާވެށީގެ ޤާނޫނާ ޚިލާފަށް ކަންކަން ކުރަމުން އަންނާތީ، އެކަމާ ގުޅިގެން މިނިސްޓަރާ ސުވާލު ކޮށްފަ އެވެ. އެގޮތުން މަޝްރޫއުތައް ފެށުމުގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހަދަން ޖެހޭ ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާއިރު، ބައެއް މަޝްރޫއުތައް ފަށާއިރު އެ ރިޕޯޓު ހަދާފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ހއ.ހޯރަފުއްޓާއި، ހއ.ތުރާކުނުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިއިރު، އީއައިއޭ ރިޕޯޓު ފެންނަން ނެތް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

މި ސަރުކާރުން ތިމާވެއްޓާ ބެހޭ ޤަވާއިދަށް އެކި ފަހަރު މަތިން ބަދަލު ގެނެސް، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޚާއްސަ ހުއްދައިގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް، ރާއްޖެ އިން ބައިނަލްއަޤުވާމީ މައިދާނުގައި ތިމާވެށީގެ ހައްގުގައި ވަރަށް ގަދައަށް ވަކާލާތު ކުރާ ކަމަށާއި، ތިމާވެށީގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ތަކުގައި ސޮއި ކުރާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ މިއީ ޑަބަލް ސްޓޭންޑާޑް ތޯ ޤަބޫލު ކުރަންތޯ މިނިސްޓަރާ ވަނީ ސުވާލު ކޮށްފަ އެވެ.

ނަމަވެސް، އެ ސުވާލަށް މިނިސްޓަރު ޝަރީފް ޖަވާބެއް ދެއްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ، އީއައިއޭ މަރުޙަލާ ނިންމާފައި ނޫނީ، މަޝްރޫއު ފަށާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ހޯރަފުއްޓާއި، ތުރާކުނުގެ ވާހަކަ އަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވަކި ޚާއްސަ ރަށްތަކެއް ފާހަގަ ކުރުމުން "ޑަބަލް ޗެކް" ކޮށްލަން ޖެހޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އީއައިއޭ އެސެސްމަންޓެއް ނުލައި މަޝްރޫއު ފަށާފައިވާ ނަމަ، އެއީ ކުށްވެރި ވާނެ ކަމެއް ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އީއައިއޭ ރިޕޯޓަކީ އާންމުންގެ ކޮމެންޓަކަށް ހުޅުވާލާ އެއްޗެއް ކަމެއް ޔަޤީން ނުވާ ކަމަށެވެ. 

ތި ދެ ރަށް، ދެން އަޅުގަނޑު ޖެހޭނީ ސްޕެސިފިކަލީ ބަލާލަން. އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ، އީއާރުއޭ އަކުންނެއް އީއައިއޭ ޕްރޮސެސް ނުނިންމައެއް މަސައްކަތް ފައްޓަފާނެހެން. އީއައިއޭ މަރުޙަލާ ނުނިންމައޭ ތި ދަންނަވާ ދެންނެވުން އަޅުގަނޑަކަށް މުޅިއަކުން ޤަބޫލުކުރަން ވަރަށް އުނދަގޫ. ދެން ޑިޒިޝަން ސްޓޭޓްމަންޓެއް ނުލައި މަސައްކަތް ފައްޓާފައި އޮތް ކަމަށް ވަންޏާ، އޭގަ ކުށްވެރި ވާނެ. އެކަމަކު އަޅުގަނޑު ޑަބަލް ޗެކް ވެސް ކޮށްލަ ދޭނަން. 
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ފަށާ ބައެއް މަޝްރޫއު ތަކުގައި އީއައިއޭ ފުރިހަމަ ކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން އަދި ޝަކުވާ އަބަދު ވެސް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ފަށާ މަޝްރޫއު ތަކުގައި އީއައިއޭ ފުރިހަމަ ނުކުރާ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީމިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޑި ހުތުރު ބަސްތައް ބޭނުންކޮށް، އެކި ފަރާތްތަކަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި މައާފަށް އެދެން މިނިސްޓަރު ޝަރީފް ބޭނުންފުޅެއް ނުވި

ހަޑި ހުތުރު ބަސްތައް ބޭނުންކޮށް، އެކި ފަރާތްތަކަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި މައާފަށް އެދެން މިނިސްޓަރު ޝަރީފް ބޭނުންފުޅެއް ނުވި

28 އެޕްރީލު 2026
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު