Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޝައުފާ އަށް އިސްތިއުފާ ދޭން ކޮމިޝަނުން އެންގި ކަމަށް ރިޕޯޓު ކޮށްފައިވޭ

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2025 | ހޯމަ 18:39
ފާތިމަތުު ޝައުފާ

ފާތިމަތުު ޝައުފާ

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ނަމަށް ބަދަލުކުރުމާއެކު ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަގާމުގައި ހުންނެވި ފާތުމަތު ޝައުފާ މަގާމުން ވަކިކޮށްފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ބެލެވޭ ކަމަށް މި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މުވައްޒަފަކު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގެ ރަށަށް ނިސްބަތްވާ ޝައުފާ މަގާމުން ވަކި ކުރީ ފޯނުން ގުޅާ އަނގަބަހުން ކަމަށް އޭނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ކަަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޝައުފާ އައްޔަން ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ.

ޝައުފާ މަގާމުން ވަކިކުރި ގޮތާމެދު ގާނޫނީ އެތައް ސުވާލެއް އުފެދިފައިވާ އިރު، އޭނާ މަގާމުން ވަކި ކުރި ސަބަބު ބަޔާން ކޮށް ރަސްމީ އެއްޗެއް ސިވިލް ސާވިސް ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ މަގާމުން ވަކި ކުރީ މިނިސްޓަރު ތޯރިގް އެދިވަޑައިގަަތުމުންނެވެ.

"މިހާރު" ނޫހަށް ސިވިލް ސާވިސް ކޮމިޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި "ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ޝައުފާ މަގާމުން ވަކިކޮށްފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓު ބަދަލުވުމާ ގުޅިގެން ޕީއެސްގެ މަގާމަށް އަލުން އިއުލާނު ކޮށްގެން ބޭފުޅަކު ހޮވުމަށް މިނިސްޓަރު ތޯރިގް އިބްރާހިމް ބޭނުވާތީ؛" އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ޝައުފާ ވަކި ކުރުމަށް ފަހު ވަގުތީ ގޮތުން މިނިސްޓްރީ ހިންގާނެ ފަރާތެއް ހަމަ ޖެއްސުމަށް އެ ކޮމިޝަނުން 3 ފެބުރުއަރީގެ ތާރީޚުގައި ފޮނުވި ސިޓީގައި ފެބްރުއަރީ 3 ވަނަ ދުވަހު ޝައުފާ މަގާމުން ވަކި ކުރީ ސިވިލް ސާވިސްގެ ގަވައިދުގެ 100 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ބުނެފައިވެއެވެ.

ހަވާލާދީފައިވާ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި ވަޒީފާ އިން ވަކި ކުރަން ބޭނުން ނަމަ ވަޒީފާ އިން ވަކި ކުރަން ވާނީ ޕްރޮބޭޝަންގައި ހުންނަ މުވައްޒަފަކު ވަކި ކުރުމަށް ގަވައިދުގައިވާ ގޮތުގެ މަތިން ކަމުގައެވެ.

މީގެ އިތުރުން މި މާއްދާގެ (ނ) ގައި ބުނަނީ (ށ) ގައި އެހެން އޮތް ކަމުގައި ވިޔަސް ވަޒީފާ އާ ބެހޭ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން ވަޒިފާ އިން ވަކި ކުރުމުގެ އިޚްތިޔާރު ލިބިގެން ވާ ކަމަށެވެ.

ޝައުފާ ވަޒީފާ އިން ވަކި ކުރުމުގައި އޭނާ ވަޒީފާ އިން ވަކި ކުރިކަން އެންގުން ފިޔަވައި، ވަޒީފާ އާ ބެހޭ ގާނޫނުގެ ދަށުން ވަކި ކުރަން ޖެހޭ ސަބަބައެއް ބަޔާން ކޮށްފައި ނުވާކަން ވަނީ އިތުބާރު ހުރި ގޮތެއްގައި މި ނޫހަށް އެނގިފައެވެ.

ސިވިލް ސާވީސްގެ ގާނޫނުގައި ސިވިލް ސާވިސްގެ ޚިދުމަތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި މެރިޓް އުސޫލުން ކަންކަން އިންތިޒާމު ކުރަން ޖެހޭ ޚިދުމަތެއް ކަމުގައި ބުނެފައިވީ ނަމަވެސް ޝައުފާ މަގާމުން ވަކި ކުރުމުގައި ސިވިލް ސާވިސްގެ ގާނޫނަށް ވެސް އަދި ވަޒީފާ އާ ބެހޭ ގާނޫނަށް އަމަލުކުރިކަން ހާމަވާން ނެތް އިރު، އޭނާ މަގާމުން ވަކި ކުރީ މިނިސްޓަރު އޭނާ އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާތީ ކަމަށް އެނގިފައިވާ ކަމުގައި މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ގާނޫނަށް އަމަލު ކުރުމުގެ ބަދަލުގައި ސިޔާސީ ނުފޫޒުން ޝައުފާ މަގާމުން ދުރުކުރިކަން ހާމަވާ އަނެއް ކަމަކީ، އޭނާ މަގާމުން ވަކި ކުރުމުގެ ކުރިން "އަމިއްލަ އަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ވެސް ޝައުފާ އަށް ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި؛" ކަމަށް "މިހާރު" ނޫހުގައި ރިޕޯޓުކޮށްފައިވުމެވެ.

މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ މިކަމަކީ ސީދާ ސިޔާސީ ނުފޫޒުން ގާނޫނަށް އަދި ސިވިލް ސަވިސް ގަވައިދަށް ވެސް ބެލުމެއް ނެތި "މީހަކަށް ދެރައެއް ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް،" ކަމަށެވެ.

"މިނިސްޓަރު ތޯރިގް ބޭނުންފުޅު ވަނީ މަގާމު ގެއްލުނު އެންވަޔަރަންމަންޓު ގެ ޕީއެސް އަށް އަލުން މަގާމު ދޭން، އެހެންވެ މަގާމު ހުސްކޮށްފައި އިއުލާނު ކުރީ؛" ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

މިކަން މިހެން ހިނގާފައިވާ އިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރު 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީގެ މަޤާމަށް ހޮވުނު ފަތުހުﷲ އިސްމާއިލް ވަޒީފާ އަށް ނުކުތުމަށް ހުރަސް އެޅިކަން ރެކޯޑްތަކުން ފެންނަން އެބައޮތެވެ.

އެ މަޤާމަށް ހޮވުނުކަމުގެ ސިޓީ 20 ޖެނުއަރީ 2015 ގައި އޭނާ އަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ފަތުހުﷲ ގެ ވަޒީފާ އަށް ހުރަސް އަޅުއްވާ 25 ޖެނުއަރީ 2015 ގައި މުއިއްޒު ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅުއްވާފައެވެ. އެ ސީޓީގައި މުއިއްޒު ވިދާޅުވީ ފަތުހުﷲ އަކީ ޕީޕީއެމް އާއި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު މީހެއް ކަމަށާއި ޕީޕީއެމްއާ ސަރުކާރުގެ ސިޔާސަތުތަކަށް ދެކޮޅު ހެދުމުގެ ކަންކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ މަޤާމަށް އޭނާ ހަމަޖެއްސުމަށް ދެކޮޅު ކަމަށެވެ.

ޤާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު އައްޔަންކުރާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ މެރިޓް އުސޫލުން ސިވިލް ސަރވިސް ކޮމިޝަނުންކަން ބަޔާންކޮށްފައިވާއިރު މުއިއްޒު ވަނީ ފަތުހުﷲ އަށް ފޯނުން ގުޅުއްވާ ހައުސިންގް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ނުނިކުމެވޭނެ ކަމަށް ވިދާޅުވެ އިންޒާރު ވެސް ދެއްވާފައެވެ.

ފާތިމަތު ޝައުފާމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްމިނިސްޓްރީ އޮފް ޓުއަރިޒަމްމިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީތާރިގް އިބްރާހީމް ސިވިލް ސަވިރސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު