Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލްގެ އެއްބަސްވުން އައުކުރަން އާޓެޓާ އެއްބަސްވެއްޖެ

23 ސެޕްޓެމްބަރު 2026 | ބުދަ 03:35

އާސެނަލްގެ އެއްބަސްވުން އާޓެޓާ އައު ކުރާނީ ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށް ބުނެފައިވޭ. އެހެންކަމުން، 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑު ކުރާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2026 | ބުދަ 03:35
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، އެ ކުލަބުގެ އެއްބަސްވުން އައުކުރަން އެއްބަސްވެއްޖެ އެވެ. 

މީޑިއާތަކުގަައި ބުނެފައިވާ ގޮތުން މި މަހުގެ ކުރީ ކޮޅު އާސެނަލް އިން ވަނީ، އާޓެޓާ އާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ފަށައިފަ އެވެ. ގިނަ މަޝްވަރާތަކަކަށް ފަހު، މިހާރު އާޓެޓާ ވަނީ އާސެނަލްގެ އެއްބަސްވުން އައުކުރަން އެއްބަސްވެފައިކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މީގެ އިތުރުން އާސެނަލްގެ އެއްބަސްވުން އާޓެޓާ އައުކުރާނީ ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން، 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑު ކުރާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އައު އެއްބަސްވުމާ އެކު، އާސެނަލްގައި އާޓެޓާ އަށް ލިބޭ މުސާރަ ވެސް ބޮޑުވެގެން ދާނެ އެވެ. އާސެނަލްގައި މިހާރު އާޓެޓާ އަށް ލިބެނީ އަހަރަކު 10 މިލިއަން ޕައުންޑާއި، އިތުރު ފަސް މިލިއަން ޕައުންޑުގެ ބޯނަސް އެކެވެ. 

އައު އެއްބަސްވުމާ ބެހޭ ގޮތުން އެންމެ ފަހުން އާޓެޓާ ދެއްކި ވާހަކައަށް ބަލާއިރު، އޭނާ ވަނީ އާސެނަލްގެ ސަޕޯޓަރުން ކަންބޮޑުނުވުމަށް އެދިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އާސެނަލްގައި ހުންނަން ބޭނުންވާ ކަމަަށް ވެސް އާޓެޓާ ބުނެފައިވެ އެވެ. އާސެނަލްގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އާޓެޓާ ބުނީ، މިހާރު އޮތް ޓީމާ އެކު ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަަމަށެވެ. 

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އާސެނަލް އިން ކުރިއެރުންތަކެއް ހޯދަމުން އައިސް، މިދިޔަ ސީޒަންގައި އާސެނަލް އިން ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. ޕްރިމިއާ ލީގުގެ އިތުރުން އާޓެޓާ ވަނީ އާސެނަލް އާއެކު އެފްއޭ ކަޕް އާއި އެފްއޭ ކޮމިއުނިޓީ ޝީލްޑު ވެސް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް އާސެނަލް ކުޅެފައިވެ އެވެ.

އާސެނަލްމިކޭލް އާޓެޓާ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ބްރައިޓަން އަތުން ހިތްދަތި ގޮތަކަށް ބަލިވެ، އާސެނަލް އަށް ލީޑު ފުޅާނުކުރެވުނު

20 ސެޕްޓެމްބަރު 2026
ބްރައިޓަން އަތުން ހިތްދަތި ގޮތަކަށް ބަލިވެ، އާސެނަލް އަށް ލީޑު ފުޅާނުކުރެވުނު
07 ސެޕްޓެމްބަރު 2026

ފަހަތުންް އަރައި ޗެލްސީ ބަލިކޮށް، ޗެމްޕިއަން އާސެނަލް ކުރިއަށް

07 ސެޕްޓެމްބަރު 2026
ފަހަތުންް އަރައި ޗެލްސީ ބަލިކޮށް، ޗެމްޕިއަން އާސެނަލް ކުރިއަށް
01 ސެޕްޓެމްބަރު 2026

އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި

01 ސެޕްޓެމްބަރު 2026
އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
22 އޯގަސްޓު 2026

ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް

22 އޯގަސްޓު 2026
ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް
18 އޯގަސްޓު 2026

އާސެނަލް އޮތީ ކާމިޔާބީ ތަކުރާރު ކުރަން ތައްޔާރުވެފައި: އާޓެޓާ

18 އޯގަސްޓު 2026
އާސެނަލް އޮތީ ކާމިޔާބީ ތަކުރާރު ކުރަން ތައްޔާރުވެފައި: އާޓެޓާ
17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
16 އޯގަސްޓު 2026

ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކުރަން އާސެނަލް އޮތީ ކެތްމަދުވެފައި: އާޓެޓާ

16 އޯގަސްޓު 2026
ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކުރަން އާސެނަލް އޮތީ ކެތްމަދުވެފައި: އާޓެޓާ
01 ޖޫން 2026

އާސެނަލް އަށް ކުރިމަތިވީ ހިތްދަތި ބައްޔެއް، ނަމަވެސް ކުޅުންތެރިންނާ މެދު ފަޚުރުވެރިވަން: އާޓެޓާ

01 ޖޫން 2026
އާސެނަލް އަށް ކުރިމަތިވީ ހިތްދަތި ބައްޔެއް، ނަމަވެސް ކުޅުންތެރިންނާ މެދު ފަޚުރުވެރިވަން: އާޓެޓާ
31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް