Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހަތުންް އަރައި ޗެލްސީ ބަލިކޮށް، ޗެމްޕިއަން އާސެނަލް ކުރިއަށް

7 ސެޕްޓެމްބަރު 2026 | ހޯމަ 06:24

މޮޅާ އެކު އާސެނަލް އިން މި ވަނީ ލީގުގައި މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދާފައި. އެ ޓީމު ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ތިން މެޗުން ލިބެނީ ނުވަ ޕޮއިންޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2026 | ހޯމަ 06:24
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާާ ފާޅުކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 އިންނެވެ. މެޗުގައި ޗެލްސީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އާސެނަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވެފައި އެވެ. 

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ މޯގަން ރޮޖާސް އެވެ. އެއީ ޖޮރެލް ހަޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގެ ނަތީޖާ އާސެނަލް އިން ހަމަހަމަ ކުރީ 25 ވަނަ މިނެޓުގައި ކައި ހަވާޓްޒް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ހަވާޓްޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެކްލަން ރައިސް އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ މާާޓިން އޮޑެގާޑް އެވެ. އެއީ ކްރިސްޓޯސް ޒޯލިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާ އެކު އާސެނަލް އިން މި ވަނީ ލީގުގައި މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ތިން މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ. ސިޓީ އިން ކުރި ހޯދަނީ ލަނޑުގެ ތަފާތުންނެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންއާސެނަލްޗެލްސީ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި

01 ސެޕްޓެމްބަރު 2026
އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި
31 އޯގަސްޓު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް ޗެލްސީ އަށް ބަދަލުވެއްޖެ

31 އޯގަސްޓު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް ޗެލްސީ އަށް ބަދަލުވެއްޖެ
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
31 އޯގަސްޓު 2026

ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި

31 އޯގަސްޓު 2026
ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި
22 އޯގަސްޓު 2026

ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް

22 އޯގަސްޓު 2026
ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް
18 އޯގަސްޓު 2026

އާސެނަލް އޮތީ ކާމިޔާބީ ތަކުރާރު ކުރަން ތައްޔާރުވެފައި: އާޓެޓާ

18 އޯގަސްޓު 2026
އާސެނަލް އޮތީ ކާމިޔާބީ ތަކުރާރު ކުރަން ތައްޔާރުވެފައި: އާޓެޓާ
17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
16 އޯގަސްޓު 2026

ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކުރަން އާސެނަލް އޮތީ ކެތްމަދުވެފައި: އާޓެޓާ

16 އޯގަސްޓު 2026
ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކުރަން އާސެނަލް އޮތީ ކެތްމަދުވެފައި: އާޓެޓާ
03 އޯގަސްޓު 2026

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި

03 އޯގަސްޓު 2026
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް