Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ސެޒެއިރު ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

22 ސެޕްޓެމްބަރު 2026 | އަންގާރަ 06:22

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މެޗުގައި މާރާމާރީ ހިންގި މައްސަލަ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް. ނަމަވެސް، އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ފުލުހުން ބުނެފައި ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ސެޕްޓެމްބަރު 2026 | އަންގާރަ 06:22
މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު

މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު | އިމޭޖަސް.އެމްވީ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓެންޓް ކޯޗު އަޙުމަދު ސުޒެއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެސިސްޓެންޓް ކޯޗު ލޫޝިއާނޯ ސިގޭރާ ބާބޯސާ އަށް ހަމަލާ ދިން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށައިފި އެވެ.

ދިވެހި ޕްްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް އާއި މާޒިޔާ ބައްދަލު ކުރި މެޗުގައި ހިނގައިދިޔަ ކަމެއްގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. އެކަމުގެ ތެރޭގައި މާޒިޔާ އެސިސްޓެންޓް ކޯޗު ސުޒެއިރު ވަނީ، ނިއު ރޭޑިއަންޓުގެ އެސިސްޓެންޓް ކޯޗު ލޫޝިއާނޯގެ މޫނު މަތީގައި ޖަހައިފަ އެވެ. އެ މެޗުގައި ސުޒެއިރު އަށް ރަތް ކާޑު ވެސް ދެއްކި އެވެ.

މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު ހަމަލާދިން މައްސަލަ، ނިއު ރޭޑިއަންޓް އިން ހުށަހަޅައިފި
Raajje.mv

މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު ހަމަލާދިން މައްސަލަ، ނިއު ރޭޑިއަންޓް އިން ހުށަހަޅައިފި

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މެޗުގައި މާރާމާރީ ހިންގި މައްސަލަ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ފުލުހުން ބުނެފައި ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. 

އެ މެޗުގައި ސުޒެއިރުގެ އިތުރުން މާޒިޔާގެ ހަސަން ޝިފާޒު އާއި ނިއު ރޭޑިއަންޓްގެ އަބްދުﷲ މައިސާން އަށް ވެސް ރަތް ކާޑު ދެއްކި އެވެ. އަދި ނިއު ރޭޑިއަންޓްގެ ޔާޔާ ބިލީޓީ އާއި އީތަން އިބްރާހީމް ޒަކީ އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ނިއު ރޭޑިއަންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސުޒެއިރުގެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ޖިސްމާނީ ގޮތުން އަނިޔާ ދިނުމަކީ، ނުވަތަ ހަމަލާ ދިނުމަކީ ފުޓުބޯޅައިގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް އެ ކުލަބުން ބުނެފައިވެ އެވެ. އެކަމުގެ ސަބަބުން ފުޓުބޯޅައިގައި އޮންނަން ޖެހޭ ރައްކާތެރިކަން އަދި ސަލާމަތްތެރިކަމަށް ހީނަރުކަން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސުޒެއިރުގެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައިވާކަން ފާާހަގަކޮށް ނިއު ރޭޑިއަންޓް އިން ބުނީ، ސުޒެއިރުއާ ދެކޮޅަށް އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެ ކުލަބުން ގޮވާލާ ކަމަށެވެ. ހަމައެހެންމެ އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަން ޔަޤީން ކުރަން ބޭނުންވާ ކަމަށް ވެސް ނިއު ރޭޑިއަންޓް އިން ބުނެފައިވެ އެވެ. 

އެ މެޗުގައި ނިއު ރޭޑިއަންޓް އިން ވަނީ 3-2 އިން މާޒިޔާ ބަލިކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން ނިއު ރޭޑިއަންޓް އަށް މާޒިޔާ ބަލި ކުރެވުނު ފުރަތަމަ ފަހަރެވެ. ހަމައެހެންމެ، 2022 ވަނަ އަހަރުގެ ލީގުގެ ފަހުން، މާޒިޔާ ލީގުގެ މެޗަކުން ބަލިވި މިއީ ފުރަތަމަ ފަހަރެވެ.

ދިވެހި ޕްރިމިއާ ލީގުމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްދިވެހި ފުލުހުންގެ ޚިދުމަތްއަޙުމަދު ސުޒެއިރު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

21 ސެޕްޓެމްބަރު 2026
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
21 ސެޕްޓެމްބަރު 2026

ދިއްދޫ ބަލިކޮށް، ބިސް ބުރުން ފުރަތަމަ މޮޅު ހޯދައިފި

21 ސެޕްޓެމްބަރު 2026
ދިއްދޫ ބަލިކޮށް، ބިސް ބުރުން ފުރަތަމަ މޮޅު ހޯދައިފި
21 ސެޕްޓެމްބަރު 2026

ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

21 ސެޕްޓެމްބަރު 2026
ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ
21 ސެޕްޓެމްބަރު 2026

ގައްދޫ ބަލިކޮށް އީގަލްސް އިން ދެ ވަނަ މޮޅު ހޯދައިފި

21 ސެޕްޓެމްބަރު 2026
ގައްދޫ ބަލިކޮށް އީގަލްސް އިން ދެ ވަނަ މޮޅު ހޯދައިފި
20 ސެޕްޓެމްބަރު 2026

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

20 ސެޕްޓެމްބަރު 2026
ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
19 ސެޕްޓެމްބަރު 2026

3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި

19 ސެޕްޓެމްބަރު 2026
3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި
19 ސެޕްޓެމްބަރު 2026

މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު ހަމަލާދިން މައްސަލަ، ނިއު ރޭޑިއަންޓް އިން ހުށަހަޅައިފި

19 ސެޕްޓެމްބަރު 2026
މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު ހަމަލާދިން މައްސަލަ، ނިއު ރޭޑިއަންޓް އިން ހުށަހަޅައިފި
17 ސެޕްޓެމްބަރު 2026

ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު

17 ސެޕްޓެމްބަރު 2026
ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު
17 ސެޕްޓެމްބަރު 2026

ދިއްދޫ ކައިރިން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

17 ސެޕްޓެމްބަރު 2026
ދިއްދޫ ކައިރިން ވިކްޓަރީ އަށް އުނދަގޫ މޮޅެއް
17 ސެޕްޓެމްބަރު 2026

މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި

17 ސެޕްޓެމްބަރު 2026
މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް