Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފުލުހުންގެ ހިދުމަތް

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

21 ސެޕްޓެމްބަރު 2026 | ހޯމަ 17:49

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ނިންމައި، ހަ މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ބައެއް މީހުން ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފުލުހުން ވަނީ ނިންމާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 21 ސެޕްޓެމްބަރު 2026 | ހޯމަ 17:49
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި | ޕޮލިސް މީޑިޔާ

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ހޯމަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ސްޓާރލައިން، ކ. މާފުށި، އަބްދުﷲ ނިހާދު (30އ)، ގްރީންޕާރކް، ކ. މާފުށި، އިބްރާހީމް ސުނީޒް (41އ) އާއި ވާރޭވިލާ، ކ. މާފުށި، އަހުމަދު އަހުނަފް އަސްފާޤު (24އ) އާއި ފާއިޒާމަންޒިލް، ކ. މާފުށި، ހަސަން ނަބީލު (32އ) އަދި ގްރީންޕާރކް، ކ. މާފުށި، މުހައްމަދު ޝައިހާން (21އ) ގެ މައްޗަށެވެ. 

މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުން ކަަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

އެ މީހުންގެ ތެރެއިން އަބްދުﷲ ނިހާދު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 14 ވަނަ ދުވަހު ކަމަށާއި، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ކަމަށާއި،  އިބްރާހީމް ސުނީޒް ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އަހުމަދު އަހުނަފް އަސްފާޤު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 19 ވަނަ ދުވަހު އެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނި އެވެ. 

މީގެ އިތުރުން، މުހައްމަދު ޝައިހާން އޮގަސްޓު 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އަދި ހަސަން ނަބީލު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނި އެވެ. 

ހަމައެއާއެކު، މި މައްސަލައާ ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު، މާރާމާރީ ހިންގި ސީން އިން ހައްޔަރުކޮށްފައިވާ، ހެވަން، ކ. މާފުށި، މުހައްމަދު ޝާބިން ޝުޖާޢު (18އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައަކީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވުމުން އެކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފައިވާ މައްސަލައެކެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

21 ސެޕްޓެމްބަރު 2026
ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ
20 ސެޕްޓެމްބަރު 2026

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

20 ސެޕްޓެމްބަރު 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި
20 ސެޕްޓެމްބަރު 2026

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

20 ސެޕްޓެމްބަރު 2026
ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
20 ސެޕްޓެމްބަރު 2026

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

20 ސެޕްޓެމްބަރު 2026
އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް
19 ސެޕްޓެމްބަރު 2026

3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި

19 ސެޕްޓެމްބަރު 2026
3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި
17 ސެޕްޓެމްބަރު 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

17 ސެޕްޓެމްބަރު 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
17 ސެޕްޓެމްބަރު 2026

މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި

17 ސެޕްޓެމްބަރު 2026
މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި
14 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް

14 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް
09 ސެޕްޓެމްބަރު 2026

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި

09 ސެޕްޓެމްބަރު 2026
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް