Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޮއިންޓް ޓާސްކްފޯސް

3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:18

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހަކު 18 ގައުމެއްގެ ފައިސާއާ އެކު ހައްޔަރުކޮށް، އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައި. އަތުލައިގަތް ފައިސާގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ ހިމެނޭއިރު، މީގެ ޖުމުލަ އަގު 3.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނޭ. މި އޮޕަރޭޝަނަކީ ރާއްޖެއިން ގަވާއިދާ ހިލާފަށް ބޭރު ފައިސާ ބޭރުކުރުން ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ހިންގި ހަރަކާތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:18
ސީރިއަލް ޕެކެޓުތަކެއްގައި 3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވާފައި

ސީރިއަލް ޕެކެޓުތަކެއްގައި 3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވާފައި | މޯލްޑިވްސް ޕޮލިސް ސާރވިސް

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި އެވެ. 

މި އޮޕަރޭޝަން ހިންގާފައިވަނީ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ފުލުހުން ބުނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ 6 މީހުން ހައްޔަރުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބާ ކަމަށެވެ. އަދި އެމީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ބޭރު ފައިސާ މިހާރު ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

މީގެ އިތުރުން އަތުލައިގަތް ފައިސާގެ ތަފްސީލަށް ބަލާއިރު، ޖުމުލަ 18 ގައުމެއްގެ ފައިސާ މީގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނެ އެވެ. މި ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާ (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޖޮއިންޓް ޓާސްކްފޯސްގެ އޮޕަރޭޝަނެއްގައި 3.86 މިލިއަން ރުފިިޔާގެ ބޭރު ފައިސާ އަތުލައިގެންފައިވާއިރު، ޑޮލަރުގެ ތާށިކަން ބޮޑުވެ، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެން ދަނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ޑޮލަރު ބޭރު ކުރާތީ ކަމަށް ސަރުކާރުން ބުނެ އެވެ. މިމައްސަލަ ހައްލު ކުރުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. 

ޖޮއިންޓް ޓާސްކްފޯސްކަޅު ބާޒާރުދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި

17 ސެޕްޓެމްބަރު 2026
މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި
14 ސެޕްޓެމްބަރު 2026

ހޯމް މިނިސްޓަރު: ބިދޭސީން ކަންމަތީ ފިހާރަ ހިންގަނީ ޑޮލަރުގެ ކަޅުބާޒާރު ހިންގަން

14 ސެޕްޓެމްބަރު 2026
ހޯމް މިނިސްޓަރު: ބިދޭސީން ކަންމަތީ ފިހާރަ ހިންގަނީ ޑޮލަރުގެ ކަޅުބާޒާރު ހިންގަން
14 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް

14 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް
09 ސެޕްޓެމްބަރު 2026

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި

09 ސެޕްޓެމްބަރު 2026
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި
08 ސެޕްޓެމްބަރު 2026

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި

08 ސެޕްޓެމްބަރު 2026
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި
07 ސެޕްޓެމްބަރު 2026

ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ

07 ސެޕްޓެމްބަރު 2026
ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ
06 ސެޕްޓެމްބަރު 2026

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

06 ސެޕްޓެމްބަރު 2026
ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
06 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

06 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
05 ސެޕްޓެމްބަރު 2026

ގެއްލިގެން ހޯދަމުން ދިޔަ 25 އަހަރުގެ އަންހެން މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

05 ސެޕްޓެމްބަރު 2026
ގެއްލިގެން ހޯދަމުން ދިޔަ 25 އަހަރުގެ އަންހެން މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ
03 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި

03 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް